ދިވެހިރާއްޖެ
އިޢުލާން
ކުދި އަދި މެދު ފަންތީގެ ލޯނު ސްކީމް
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ނަންބަރު: 140(IUL)101-EP/1/2013/ ހ ( 07 ނޮވެންބަރު 2013) އިޢުލާނަށް ޙަވާލާދީ ދަންނަވަމެވެ.
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން ދޫކުރުމަށް ހަމަޖެހިފައިވާ ލުއި ލޯނު ސްކީމަށް ހުށަހެޅުމަށްޓަކައި އެޕްލިކޭޝަން ފޯމު ދޫކުރުން، 07 ނޮވެންބަރު 2013 ގައި ވަނީ ފެށިފައެވެ. އަދި މި މިނިސްޓްރީއާއި، މިނިސްޓްރީގެ ވެބްސައިޓް އަދި ބޭންކް އޮފް މޯލްޑިވްސްގެ ގޮފިތަކުން އެޕްލިކޭޝަން ފޯމް ލިބިވަޑައިގަންނަވާނެއެވެ. މި ލޯނަށް އެޕްލިކޭޝަން ފޯމު ބަލައިގަންނަށް ފަށާނީ 6 ޖަނަވަރީ 2014 އިން ފެށިގެން، ބޭންކް އޮފް މޯލްޑިވްސް ގެ ގޮފިތަކުންނެވެ.
ލޯން ސްކީމާބެހޭ އިތުރު މަޢުލޫމާތު ނުވަތަ ފޯމު ފުރުއްވުމަށް އިތުރު އެހީއެއް ބޭނުންފުޅުވާނަމަ، މިމިނިސްޓްރީގައި މިހާރު ޤާއިމް ކުރެވިފައިވާ އެސް.އެމް.އީ ކައުންޓަރ އަށް ވަޑައިގަތުމުން އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ. ބަންދު ނޫން ކޮންމެ ދުވަހެއްގެ 13:30 – 15:00 އަށް މި ކައުންޓަރ ހުޅުވިފައި ހުންނާނެވާހަކަ ދަންނަވަމެވެ.
ވީމާ މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.
15 ޞަފަރު 1435