ކުއްޔަށް ހިފުން
ނަންބަރު: (IUL)138-AS6/1/2018/305
ޕަބްލިޝްކުރި ތާރީޚް: 22 ޖުލައި 2018
ޕަބްލިޝްކުރި ގަޑި: 15:52
ސުންގަޑި: 29 ޖުލައި 2018 13:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މި މިނިސްޓްރީގެ ރިންގ ރޯޑް ޕްރޮޖެކްޓްގައި ބޭނުންކުރުމަށް އެސްކެވޭޓަރ ކުއްޔަށް ދޫކުރާނެ ފަރާތެއް ހޯދުމާއި ގުޅޭ

މި މިނިސްޓްރީގެ ރިންގ ރޯޑް ޕްރޮޖެކްޓްގައި ބޭނުންކުރުމަށް 01 އެސްކެވޭޓަރ ޑީސަލް އަދި އޮޕަރޭޓަރުންނާއިއެކު 30 ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

 

ބޭނުންވާ ޑަމްޕް ލޮރީގެ ތަފްސީލީ ލިސްޓް ތިރީގައިވާ ތާވަލްގައި އެވަނީއެވެ.

ބޭނުންވާ އަދަދު

ތަފްޞީލް

01

އެސްކެވޭޓަރ - 60 ކްލާސް

 

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2018 ޖުލައި 29 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ / އަމީނީމަގަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއިއެކު ގެޒެޓުގައި އެއްކަރުދާސް ކުރެވިފައިވާކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި، މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް 2018 ޖުލައި 23 ވާ ހޯމަ ދުވަހުގެ ހެނދުނު 08:00 އިން ފެށިގެން 2018 ޖުލައި 29 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

އަދި ދަންނަވަމެވެ. ބިޑް ހުށަހަޅުއްވާއިރު މި އިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާ ބިޑް ސެކިއުރިޓީ ފޯމް ފުރިހަމަ ކުރެއްވުމަށް ސަމާލުކަން ދެއްވުމަށް އެދެމެވެ.

މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 3004281 އާއި 3004378 އަށް ގުޅުއްވުން އެދެމެވެ. އަދި، އިޢުލާނާއި ގުޅިގެން އުފެދޭ ސުވާލުތައް 2018 ޖުލައި 28 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން [email protected] އަށް މެއިލް ކޮށްދެއްވުންއެދެމެވެ.

22 ޖުލައި 2018