ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)23-ES/23/2018/160
ޕަބްލިޝްކުރި ތާރީޚް: 22 ޖުލައި 2018
ޕަބްލިޝްކުރި ގަޑި: 15:32
ސުންގަޑި: 02 އޮގަސްޓް 2018 13:30
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ސެކިއުރިޓީ އޮފިސަރ

 

އިޢުލާން

މި މިނިސްޓްރީގެ ތިރީގައި މިދަންނަވާ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހެކެވެ.

މަޤާމު

ސެކިއުރިޓީ އޮފިސަރ

މަޤާމުގެ ނަންބަރު

J251786

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

އެސް.އެސް 2

މަޤާމުގެ ކްލެސިފިކޭޝަން

ސަޕޯޓް ސްޓާފް ގްރޭޑް 2

ޑިވިޝަން / ސެކްޝަން

އެޑްމިނިސްޓްރޭޝަން ޑިވިޝަން

މަޤާމު އޮތް އޮފީސް

މިނިސްޓްރީ އޮފް ހެލްތު

ވަޒީފާ އަދާކުރަންޖެހޭ ތަން

މިނިސްޓްރީ އޮފް ހެލްތު

މުސާރަ

-/3470 ރުފިޔާ

ސަރވިސް އެލަވަންސް

-/1000 ރުފިޔާ

ސަޕޯޓިންގ ކޯ އެލަވަންސް

-/1200 ރުފިޔާ

އެހެނިހެން އެލަވަންސް

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. މިނިސްޓްރީ ހިނަގަމުން އަނަން ޢިމާރާތުގެ އެތެރެއާއި ބޭރުގެ ސެކިޔުރިޓީ ބެލެހެއްޓުމާއި، ރަސްމީ ދުވަސް ދުވަހު ހެނދުނު 7:30 ގެ ކުރިން އޮފީސް ހުޅުވުމަށްޓަކައި ތަޅުދަނޑި ކަޅުތުއްކަލާ ކޮށިން ގެނައުމާއި، ރޭގަނޑު އޮފީސް ބަންދުކުރުމަށްފަހު ކަޅުތުއްކަލާ ކޮއްޓަށް ތަޅުދަނޑި ގެންދިއުން. އަދި ސަރުކާރު ބަންދު ދުވަސް ދުވަހު ހެނދުނު 9:00 ގެ ކުރިން އޮފީސް ހުޅުވާ ތަޅުދަނޑި ކަޅުތުއްކަލާ ކޮށިން ގެންނަށްވާނެއެވެ.
  2. ޑިއުޓީ ރޯޓާގައިވާ ގޮތުގެ މަތިން ކޮންމެ ދުވަހެއްގެ ހެނދުނު 6:00 ގައި އޮފީހުގެ ދިދަނެގުމާ، ހަވީރު 6:00 ގައި ދިދަ ތިރިކުރުން.
  3. ޑިއުޓީ ރޯޓާގައިވާ ގޮތުގެ މަތީން ރަސްމީގަޑީގައި އޮފީހުގެ ރިސެޕްޝަން އޭރިޔާގައި ސެކިޔުރިޓީ ބެލެހެއްޓުމާއި، ރިސެޕްޝަނިސްޓުން އަންގާ ގޮތެއްގެ މަތީން ބައްދަލުވުންތައް، ވެރިންގެ އެޕޮއިންޓްމަންޓް ތަކަށާއި އަދި އެކި ބޭނުންތަކުގައި މިނިސްޓްރީއަށް އަންނަ ފަރާތްތަކަށް އެމީހުންދާންވީތަން އަންގައި ދިނުން.
  4. މިނިސްޓްރީ ހުޅުވިފައި ހުންނަ ކޮންމެ ވަގުތެއްގައި ހުޅަނގު ފަރާތު ބޮޑުދޮރުކާރީގައި ޑިއުޓީ ރޯޓާއި އެއްގޮތަށް ޑިއުޓީ އަދާކުރުން. އެގޮތުން ރަސްމީގަޑީގައި އެކި ބޭނުންތަކުގައި އަންނަ މީހުން މިނިސްޓްރީއަށް ވައްދަންވާނީ ރިސެޕްޝަން ދޮރުންނެވެ. އަދި ނުރަސްމީގަޑީގައި މިނިސްޓްރީގެ މުވައްޒަފުން ފިޔަވައި އެހެންބަޔަކު އޮފީހަށް ވައްދަށްވާނީ އެމީހަކު ބައްދަލުކުރަންއައި މުވައްޒަފެއްގެ ހުއްދަލިބިގެންނެވެ. މިފަދަ މީހުހް އެކަނި ފޮނުވުމުގެ ބަދަލުގައި އެމީހަކު  ބައްދަލުކުރަން އައި މުވައްޒަފަކާ ހަމަޔަށް އެމީހަކު ގެންގޮސްދިނުން.
  5. މިނިސްޓަރުގެ ކާރުކޮޅު ބޭއްވުމަށް ކަނޑައެޅިފައިވާ ތަނުގައި އެހެން ވެހިކަލެއް ޕާކް ކުރުވިޔަ ނުދީ ބެލެހެއްޓުމާއި، މިނިސްޓަރ އޮފީހަށް ވަޑައިގަންނަވާ ކޮންމެ ވަގުތެއްގައި ބޭރު ގޭޓް ކުރިމަތިން ކާރުކޮޅު ވަނުމަށް ޖާގަ ދައްކައި މިނިސްޓަރާއި، ސްޓޭޓްމިނިސްޓަރުން އޮފީހަށް ވެންނެވުމަށް ހުޅަނގު ފަރާތު ބޮޑުދޮރުފަތް ހުޅުވައިދިނުމާއި އޮފީހުން ނުކުންނަވާ ގަޑީގައި ދޮރުފަތް ހުޅުވައިދޭންވާނެއެވެ.
  6. މިނިސްޓްރީގެ މުވައްޒަފުން ފިޔަވައި އެހެންބަޔަކު ރަސްމީގަޑީގައި މިނިސްޓްރީގެ ޑިވިޝަންތަކަށް ވައްދަންވާނީ އެމީހަކު ވެއްދުމަށް ހުއްދަލިބިގެންނެވެ. އަދި ރަސްމީގަޑި ނިމެންދެން ޑިއުޓީ ރޯޓާއާއި އެއްގޮތަށް އެތަނުގައި ޑިއުޓީކުރަންވާނެއެވެ.
  7. މިނިސްޓްރީއާއި، މިނިސްޓްރީގެ ދަށުން ހިނަގަމުންދާ ތަންތަނުގެ ތަނޅުދަނޑިތައް ކަޅުތުއްކަލާ ކޮށިން ގެނެސް އޮފީހުގެ ސެކިއުރިޓީ ޖަގަހައިގައި ހުންނަ ތަޅުދަނޑިލާ އަލަމާރީގައި ބަހައްޓައިގެން ތަޅުދަނޑިތައް ބެލެހެއްޓުމާއި، ތަޅުދަނޑި ނެގުމަށް ހުއްދަ ދީފައިވާ މުވައްޒަފުންނަށް ތަޅުދަނޑި ދޫކުރުމާއި އެތަނެއް ހުޅުވުމަށްފަހު އަނބުރާ ތަޅުދަނޑި ގެނައުމުން ތަޅުދަނޑިއާ ޙަވާލުވެ ބެލެހެއްޓުން.
  8. ރަސްމީ ގަޑީގައި މުވައްޒަފުންގެ ވެހިކަލްތައް ޕާކުކުރަނީ ކަނޑައެޅިފައިވާ ސަރަހައްދުގައިތޯ ބެލުމާއި، މިނިސްޓްރީގެ ވެހިކަލްތައް ޕާރކުކުރުމަށް އޮންނަ ސަރަހައްދުގައި ރޭގަނޑު މުވައްޒަފުންގެ ވެހިކަލްތައް ފާރކު ނުކުރުމާއި، މިނިސްޓްރީގެ ވެހިކަލްތައް ބޭރަށް ނެރޭގަޑީގައާއި، ރޭގަނޑު ވެހިކަލްތައް ވައްދާ ގަޑީގައި ޑްރައިވަރުންނަށް އެހީތެރިވުން.
  9. ނުރަސްމީގަޑީގައި އޮފީސް ހުޅުވަންވާނީ އެޑްމިން ޑިވިޝަނުން އަންގަވާ ގޮތެއްގެ މަތިންނެވެ. އަދި ސެކިއުރިޓީން އަމިއްލައަށް އޮފީހުގެ އެއްވެސް ބަޔެއް ހުޅުވުމަކީ މަނާކަމެކެވެ. މީގެ އިތުރުން ޑިއުޓީގައި ހުރެފައި އޮފީހުން ބޭރަށްދާންވާނީވެރިއެއްގެ ހުއްދަލިބިގެންނެވެ.
  10. މިނިސްޓްރީ އާއި މިނިސްޓްރީގެ ދަށުގައިވާ ތަންތަނުން އެކިފަރާތްތަކަށް އަވަހަށް ފޮނުވަންޖެހޭ ތަކެއްޗާއި، ސިޓީ، މެމޯ، ނޯޓް ފަދަ ލިޔުންތައް ރައްދުކުރުން.
  11. އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.

މަޤާމުގެ ޝަރުތުތައް

  1. ލިޔަންކިޔަން އެނގުން

   ނުވަތަ

  1. މަގާމަށް ބޭނުންވާ ތަމްރީނެއް/ލައިސެންސެއް/ހުއްދައެއް ހާސިލްކޮށްފައިވުން

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ www.health.gov.mv ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6.ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7.ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

8.މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

  (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 02 އޮގަސްޓް 2018 ގެ 13:30 ގެ ކުރިން، މިނިސްޓްރީ އޮފް ހެލްތް ގެ ކައުންޓަރަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ، 2018 ވަނަ އަހަރުގެ އޮގަސްޓް މަހު މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ  ބިލްޑިންގ) ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10  ލިބޭފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ. 

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނީ 3014325 ނަންބަރު ފޯނަށެވެ.

 

                                        

22 ޖުލައި 2018