ދިވެހިރާއްޖެ
c
ފިނޭސްކޫލް
ހދ.ފިނޭ، ދިވެހިރާއްޖެ
ނަންބަރު: (iu)GS99/2018/025
އިޢުލާން
މަޤާމް: އެޑްމިނިސްޓްރޭޓިވް އޮފިސަރ
މަޤާމުގެ ނަމްބަރ: J-131887
ބޭނުންވާ އަދަދު: 01 (އެކެއް)
މަޤާމުގެގިންތި: ދާއިމީ
މަޤާމުގެ ރޭންކް: ޖީ. އެސް 3
މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1
ވަޒީފާ އަދާކުރަންޖެހޭ ތަން: ފިނޭ ސްކޫލް/ ހދ. ފިނޭ
މުސާރަ: -/4465 (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސް ރުފިޔާ)
ސާރވިސް އެލަވަންސް: -/1500 (ފަނަރަ ސަތޭކަ ރުފިޔާ)
އެހެނިހެން އެލަވަންސް: 1. ސަޕޯރޓިންގ ކޯރ އެލަވަންސް 2 : -/700 ރ. (ހަތްސަތޭކަ ރުފިޔާ)
2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
3. ސިވިލް ސާރވިސްގެ މުވައަޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް:
- ދޭސީންނާއި ބިދޭސީންގެ ޕާޝަނަލް ފައިލްތައް އަޕްޑޭޓްކޮށް ރައްކާތެރިކަމާއިއެކު ބެލެހެއްޓުމާއި އެފަރާތްތަކުގެ ވަޒީފާއާއި ގުޅުން ހުރި އެންމެހާ ކަންތައްތައް ސުކޫލުގެ އިސްވެރިޔާގެ ލާފާގެ މަތިން ކުރިޔަށް ގެންދިޔުން. މިގޮތުން ވަޒީފާ ދާއިމީ ނުވާ މުވައްޒަފުންގެ މަގާމުތައް ދާއިމީ ކުރުމައްޓަކައި ސުކޫލުގެ އިސްވެރިޔާގެ ލަފާގެ މަތިން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއިއެކު މަޝްވަރާކޮށް ފޮނުވަންޖެހޭ ލިޔުމެއްވާނަމަ ފޮނުވުމަށް މަސައްކަތްކުރުން .
- ސީނިޔަރ މެނޭޖްމަންޓްގެ ބައްދަލުވުންތަކުގައި ބައިވެރިވެ ބައްދަލުވުންތަކުގެ ޔައުމިއްޔާއާއި ސްކޫލުގެ ޔައުމިއްޔާ ލިޔުން.
- ކުރުމުއްދަތެއްގައި ނުވަތަ އަވަސް ގޮތެއްގައި ޖަވާބު ދިނުމަށް މެސެޖެއް ނުވަތަ ސިޓީއެއްފަދަ "އާރޖެންޓް"ލިޔުމެއް ލިބިއްޖެނަމަ ކަމުގެ މުހިންމު ކަމަށްބަލާ ވީ އެންމެ އަވަސް ފުރުސަތެއްގައި ސުކޫލުގެ ވެރިޔާއަށް ނުވަތަ އެހެނިހެންވެސް އިސްފަރާތަކާއިއެކު މަޝްވަރާކޮށް ޒިންމާދާރުކަމާއެކު ޖަވާބު ތައްޔާރުކޮށް ފޮނުވަންވާނެއެވެ.
- ކަނޑައެޅިފައިވާ ގޮތުގެ މަތިން ސްކޫލުގެ އެންމެހާ ސްޓާފުންގެ ކަންތައް ބެލެހެއްޓުން
- މުވައްޒަފުންނަށްޗުއްޓީ ދިނުމުގެ ރެކޯޑްސްބަރާބަރަށް ބަލަހައްޓާ، މުވައްޒަފަކު ޗުއްޓީއަކަށް އެދި ހުށައަޅައިފިނަމަ އިސްވެރިޔާގެ ލަފާގެ މަތިން ޗުއްޓީ ޗިޓް ތައްޔާރުކޮށް އެފަރާތަކާއި ހަވާލު ކުރުން.
- ކޮންމެ އަހަރެއް ފެށުމުން މުވައްޒަފުން ޗުއްޓީއަށް ދާގޮތުގެ ތާވަލް އެކުލަވާލުން.
- ސްޓާފުންގެ އެޕްރެއިޒަލް ފޯމުތައް ތައްޔާރުކޮށް ސްޓާފުން އެޕްރެއިޒް ކުރުމުގެ މަސައްކަތްތައް ސުކޫލުގެ އިސްވެރިޔާގެ ލަފާގެ މަތިން ރާވާ ހިންގުން.
- އެއަހަރެއްގެ އެޕްރައިޒަލް މަސައްކަތް ނިމުމުން ރިޕޯޓް ހަދައި މިނިސްޓްރީއަށް ފޮނުވުން.
- ސްކޫލުގެ އިދާރީ މަސައްކަތްތަކުގައި ބޭނުންކުރާ ފޮތްތަކާއި ފައިލްތައް ބެލެހެއްޓެނީ ރަނގަޅަށްތޯ ބަލާ ޗެކުކުރުން (މަހަކު 2 ފަހަރު)
10. ސުކޫލުގެ އިސްވެރިޔާ ނުވަތަ އިސްވެރިޔާ ކަނޑައަޅުއްވާފައިވާ ފަރާތެއްގެ އިރުޝާދުގެ މަތިން ސުކޫލުގެ ސަރުދާރާއި މަސައްކަތު މީހުން ގެ މަސައްކަތްތައް ރާވާ ހިންގާ މޮނިޓަރ ކުރުން
11. ސްކޫލުގެ ފަރާތުން ބާއްވާ އެކިއެކި މުބާރާތްތަކާއި، ރަސްމިއްޔާތުތައް އިންތިޒާމު ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
12. ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސް އެޅޭ އެއްވެސް ކަމެއް ސުކޫލު މާހައުލުން ދިމާވެއްޖެނަމަ ނުވަތަ މެދުވެރިވާނެކަމަށް ފާހަގަ ކުރެވިއްޖެނަމަ އެކަމެއް ހައްލުކުރުމަށް ކަމާ ގުޅުން ހުރި ޓީޗަރުން ނުވަތަ ސުކޫލުގެ އެހެހެނިހެން އިސްފަރާތް ވާހަކަ ދައްކައިގެން ހައްލުކުރެވޭތޯ މަސައްކަތް ކުރަންވާނެއެވެ.
13. ސިވިލް ސާވިސަސްގެ ކޯޑް އޮފް ކޮންޑަކުޓަށް އިހުތިރާމު ކުރުމާއި އޭގައި ބަޔާންކުރާ ގޮތަށް ޢަމަލުކުރުން.
14. މުވައްޒަފުންގެ ދާއިމީ ރަޖިސްޓްރީ އާއި ވަގުތީ ރަޖިސްޓްރީ އަޕްރޭޓްކޮށް ބެލެހެއްޓުން.
އިސްވެދިޔަ ކަންތައްތަކުގެ އިތުރަށް ޚާއްޞަގޮތެއްގައި ހަވާލުކުރެވޭ އާއްމުގޮތެއްގައި ދިމާނުވާޒާތުގެ ބޮޑެތި މަސައްކަތްތަކުގައި، އަދި ކުއްލިގޮތެއްގައި ހަވާލުކުރެވޭ އަވަސް ކަންތައްތަކުގައި ވެރިން އަންގަވާގޮތުގެމަތިން، ފަރުވާތެރިކަމާއެކު މަސައްކަތްކުރުން.
މަޤާމުގެ ޝަރުތުތައް:
ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން ' ޑީ ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ' ސެކަންޑަރީ ސްކޫލް ' ނުވަތަ ' ހަޔަރ ސެކަންޑަރީ ސްކޫލް ' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
ހުށަހަޅަންޖެހޭ ލިޔުންތައް
- ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލްސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv) އަދި ފިނޭސްކޫލްގެ ރިސެޕްޝަނުން ލިބެންހުންނާނެއެވެ.)
- ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަމްބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމްދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ: ނުވަތަ ކޯސްފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުންލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލުކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.
(ށ) މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.
8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.
(ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާ ކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
1. ލިބިފައިވާ ތަޢުލީމާއި ތަމްރީނު: (ކަނޑައެޅިފައިވާ އިންސައްތަ %40 )
2. ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު: (ކަނޑައެޅިފައިވާ އިންސައްތަ %5 )
3. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ: (ކަނޑައެޅިފައިވާ އިންސައްތަ )
4. ލިބިފައިވާ ހުނަރު: (ކަނޑައެޅިފައިވާ އިންސައްތަ %45 )
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
މަޤާމަށް އެދި ހުށައަޅަންޖެހޭ ތަކެތި ހުށައަޅާނީ 06 އޯގަސްޓް 2018 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން ހދ.ފިނޭ ސްކޫލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް މިސްކޫލްގެ އީމެއިލް ([email protected]) މެދުވެރިކޮށް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދުދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.
އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:
މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 07 އޯގަސްޓް 2018 އާއި 12 އޯގަސްޓް 2018 އާ ދެމެދު، ފިނޭސްކޫލްގައެވެ.
ޝޯޓް ލިސްޓްކުރުން
މި ވަޒީފާއަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
އިތުރު މަޢުލޫމާތު ހޯދުން
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މިސްކޫލްގެ ގެ ނަންބަރު 6520539 ފޯނަށް ގުޅުއްވުން އެދެމެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ.
09 ޛުލްގައިދާ 1439
22 ޖުލައި 2018