ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)281-CA/281/2018/13
ޕަބްލިޝްކުރި ތާރީޚް: 22 ޖުލައި 2018
ޕަބްލިޝްކުރި ގަޑި: 11:41
ސުންގަޑި: 02 އޮގަސްޓް 2018 14:00
މިލަދުންމަޑުލު އުތުރުބުރީ ކޮމަންޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްލޭނިންޤް އޮފިސަރގެ މަޤާމަށް މުވައްޒަފަކު ހޯދުން

މިއިދާރާގެ އިޢުލާން ނަންބަރ  (IUL)281-CA/281/2018/10  19 ޖޫން 2018 ބާތިލް ކުރުމަށް ފަހު އަލުން އިޢުލާން ކުރަމެވެ.

         ތިރީގައި މިދަންނަވާ މަޤާމުގައި މަސައްކަތްކުރާނެ މުވައްޒަފަކު މިއިދާރާއަށް ބޭނުންވެއްޖެއެވެ.

 

  • މަޤާމް:                           ޕްލޭނިންގ އޮފިސަރ
  • މަޤާމް ނަންބަރު             J-295061             
  • ބޭނުންވާ ޢަދަދު:                  01 ( އެކެއް(
  • މަޤާމްގެ ގިންތި:                    ދާއިމީ
  • މަޤާމްގެ ރޭންކް:                    އެމް. އެސް. 1
  • މަޤާމުގެ ކްލެސިފިކޭޝަން:          ޓެކްނިކަލްއޮފިސަރގްރޭޑް 1
  • ސެކްޝަން:                       އިކޮނޮމިކް،ސޯސަލްއެންޑްމުނިސިޕަލްސަރވިސް
  • މަޤާމް އޮތް އޮފީސް:                މިލަދުންމަޑުލުއުތުރުބުރީ ކޮމަންޑޫ ކައުންސިލްގެ އިދާރާ
  • ވަޒީފާ އަދާކުރަންޖެހޭ ތަން:         މިލަދުންމަޑުލުއުތުރުބުރީ ކޮމަންޑޫ ކައުންސިލްގެ އިދާރާ
  • މުސާރަ:                           މަހަކު -/5610 ރުފިޔާ
  • ސާރވިސް އެލަވަންސް:             މަހަކު -/2000 ރުފިޔާ
  • ޓެކްނިކަލް ކޯ އެލަވަންސް 2:     މަހަކު -/700 ރުފިޔާ
  • އިތުރު ޢިނާޔަތްތައް:           ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތާއި ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން އާއި އަދި އިތުރުގަޑީގައި  މަސައްކަތްކޮށްފިނަމަ، ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

 

މަޤާމުގެ މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް:

1-     އިދާރާއިން ހިންގާ އެކިއެކި ޕްރޮޖެކްޓްތަކާއި މަސައްކަތްތަކާއި، އެހެނިހެން ކަންކަން ޕްލޭން ކުރުމުގައި އިސްވެ ހަރަކާތްތެރިވުމާއިއެކު އެފަދަ ކަންކަން ޕްލޭންކުރުމުގައި ރައްޔިތުންނަށާއި، އިދާރާއަށް އޭގެ ފައިދާ އެންމެ ފުރިހަމައަށް ލިބޭގޮތަށް ކަންކަން ރާވާ ހިންގުން.

2-     ޕްލޭނިންގ އޮފިސަރެއްގެ ހައިސިއްޔަތުން އިދާރާގެ ކަންކަން ޕްލޭންކުރުމުގައި އެފަދަ ޕްލޭންތަކުން ރައްޔިތުންނަށް ނުވަތަ އިދާރާއަށް އޭގެ ސަބަބުން ގެއްލުމެއް ލިބިދާނެ އެއްވެސްކަމެއް ޕްލޭންކުރުމުގެ ތެރޭގައި ހިމެނިފައިވޭތޯ ރަނގަޅަށް ބަލާ އެފަދަ ކަމެއް ހިމެނިފައިވާނަމަ އިދާރާ ހިންގުމާ ހުންނެވި އިސްފަރާތަކަށް އެންގުމާއިއެކު އެކަން އިސްލާހްކުރުމަށް މަސައްކަތްކުރުން.

3-     ކައުންސިލް އިދާރާއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ތަރައްޤީގެ ޕްލޭންތައް ތައްޔާރުކޮށް ހިންގުން.

4-     ކައުންސިލުން ހިންގުމަށް ރާވާ އެކިއެކި މަޝްރޫއުތަކާއި ޕްލޭންތައް ރޭވުމާއި އެކަމަށް ބޭނުންވާ ޕްރޮޕޯސަލްތައް ތައްޔާރުކުރުން. 

5-      ކައުންސިލްގެ ވާރކްޕްލޭން ތައްޔާރުކުރުމާއި ކައުންސިލްގެ ވާރކް ޕްލޭންގައި ހިމަނާފައިވާ ޕްރޮގްރާމްތައް މޮނިޓަރކޮށް އިވެލުއޭޓް ކުރުން.

6-     ސަރުކާރުން ހިންގާ ބިންހިއްކުން، ބަނދަރުހެދުން، ގިރާސަރަހައްދު ޙިމާޔަތްކުރުން، ގެދޮރު އިމާރާތްކުރުން ފެނާއި ނަރުދަމާގެ މަޝްރޫޢުތައްފަދަ، ކަންކަން ތަންފީޒުކުރުމުގައި މަސައްކަތްކުރާ އިންޖިނޭރުން ނުވަތަ ޕްރޮޖެކްޓް މެނޭޖަރުންނަށް ބޭނުންވާ އެހީތެރިކަން ދިނުން.

7-     ރަށުގެ ލޭންޑްޔޫސް ޕްލޭނާއި، ރަށުގެ ތަރައްޤީ ޕްލޭނާއި މިނޫނަސް ކައުންސިލް އިދާރާއިން ތައްޔާރުކުރަންޖެހޭ އެންމެހައި ޕްލޭންތައް ތައްޔާރުކުރުމާއި، ޕްލޭންތަކަށް އަންނަ ބަދަލުތައް އަފްޑޭޓްކޮށް ބެލެހެއްޓުން.

8-     ބޯހިމެނުންފަދަ ޕްލޭނިންގާއި ބެހޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމާއި، ކަނޑާއި އެއްގަމުގައި ދުއްވާ އުޅަނދުފަހަރާއި، ރަށުގައި އުޅޭ ބިދޭސީންގެ ރަޖިސްޓްރީއާއި މިނޫނަސް ތަފާސް ހިސާބާއި ގުޅިގެން ދަފްތަރުކޮށް ބަލަހައްޓަންޖެހޭ ރަޖިސްޓްރީތައް ބެލެހެއްޓުން.

9-     ދިވެހިރާއްޖޭގެ ޤާނޫނާއި އެއްގޮތްވާގޮތުގެ މަތިން ރަށުގެ ފަޅާއި ޤުދުރަތީ ވަޞީލަތްތަކުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފޭގޮތަށް ޕްލޭންކުރުން.

10- ރަށުގެ މަގުތައް ހެދުމާއި ރަށުގެ ބަނދަރާއި ފާލަމާއި، ފެރީޓާމިނަލްގެ ޕްލޭން ހެދުން.

11- ކުނިނައްތާލުމުގެ ޕްލޭންހެދުން.

12- ދިވެހިރާއްޖޭގެ ޤާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން ރައްގިރުން ހުއްޓުވުމަށާއި ރަށުގެ އެއްގަމު ތޮއްޓާއި ކަނޑުތޮށި މަރާމާތްކުރުމަށް ޕްލޭންތައް ހެދުން.

 

 

 މަޤާމުގެ ޝަރުޠުތައް:

  • ޕްލޭނިންގް،އެޑްމިނިސްޓްރޭޝަންއެންޑް މެނޭޖްމަންޓް،އިންފޮމޭޝަން ޓެކްނޮލޮޖީ، ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 04 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއިއެކު، ޕްލޭނިންގް،އެޑްމިނިސްޓްރޭޝަންއެންޑްމެނޭޖްމަންޓް،އިންފޮމޭޝަން ޓެކްނޮލޮޖީ، ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓްގެ ދާއިރާއެއްގައި 02 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • ޕްލޭނިންގް،އެޑްމިނިސްޓްރޭޝަންއެންޑް މެނޭޖްމަންޓް،އިންފޮމޭޝަން ޓެކްނޮލޮޖީ، ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 05 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން، ނުވަތަ
  • ޕްލޭނިންގް،އެޑްމިނިސްޓްރޭޝަންއެންޑް މެނޭޖްމަންޓް،އިންފޮމޭޝަން ޓެކްނޮލޮޖީ، ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 04 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއިއެކު، ގުޅުންހުރި އެހެންދާއިރާއަކުން ލެވެލް 04 ނުވަތަ އެއަށްވުރެ މަތީސަނަދެއް ހާސިލްކޮށްފައިވުން.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

  •  ލިބިފައިވާ ތަޢުލީމާއި ތަމްރީނު
  • މަސައްކަތުގެ ތަޖުރިބާ
  • އިންޓަރވިއު
  • ޤާނޫނުތަކާއި ޤަވާއިދުތަކަށް އަހުލުވެރިވެފައިވާ މިންވަރު
  • ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. 1.      ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް
  2. 2.      ވަޒީފާއަށްއެދޭފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. 3.      ވަޒީފާއަށްއެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. 4.      ސިވިލް ސަރވިސްއަށް/ ސަރުކާރުގެ ޙިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ ވަޒީފާއަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާއަދާކުރާ އޮފީހުގެ ލިޔުން.
  5. 5.      ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖޭއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތައުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސްގެ ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

 

  1. 6.      ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީންތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.
  2. 7.      ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓްފިކެޓުގެ ކޮޕީ.
  3. 8.      މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

(ހ) ސިވިލް ސަރވިސް އިން ބޭރުގައި ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

   (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

     ވަޒީފާއަށްއެދޭ ފޯމު މިލަދުންމަޑުލުއުތުރުބުރީ ކޮމަންޑޫ ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލްސަރވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mv   ވެބްސައިޓުން މިފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭތަކެތި ހުށަހަޅާނީ 02 އޯގަސްޓް 2018 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިލަދުންމަޑުލު އުތުރުބުރީ ކޮމަންޑޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށްއެދޭ ފޯމާއި، ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. އެޕްލިކޭޝަން ފޯމާއިއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ

 އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

 

 

 

އިންޓަރވިއު އޮއްނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 05 އޯގަސްޓް 2018 އާއި 09 އޯގަސްޓް 2018 އާއި ދެމެދު މިލަދުންމަޑުލު އުތުރުބުރީ ކޮމަންޑޫ ކައުންސިލްގެ އިދާރާ ނުވަތަ އިދާރާ ކަނޑައަޅާ ތަނެއްގައެވެ. ވުމާއެކު، މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން އެ ތާރީޚްތަކުގައި އިންޓަރވިއުއަށް ޙާޟިރުވުމަށް ތައްޔާރުވެ ތިބުން އެދެމެވެ. އިންޓަރވިއު ބާއްވާނެ ތަނާ ދުވަހަށް ބަދަލު އަތުވެއްޖެނަމަ އެކަން ހުރިހާ ފަރާތްތަކަށް އެންގޭނެއެވެ.

ޝޯޓް ލިސްޓްކުރުން:

މިވަޒީފާއަށްއެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖްރިބާއަށްބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާރކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓްކުރެވޭނެއެވެ.

މަޤާމަށް މީހުންހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

  30 އިންސައްތަ

 

އިތުރު މަޢުލޫމާތު ހޯދުން:

މިޢިއުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރަން ގުޅާނީ 6540027 ނަންބަރ ފޯނާއެވެ. އީމެއިލް ކުރާނީ [email protected] އަށެވެ.

             މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.

                     09 ޛުލްޤަޢިދާ 1439

                     22 ޖުލައި 2018

22 ޖުލައި 2018