ދިވެހިރާއްޖެ
ސުރުޚީގައި ދެންނެވިފައިވާ މުބާރާތަކީ ބައިނަލް އަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުން އިސްނަގައިގެން އަދި ޔޫ.އެން.ޑީ.ޕީގެ އެހީއާއެކު ހުޅުވާލެވޭ މުބާރާތެކެވެ. މި މުބާރާތަކީ ކޮރަޕްޝަނާ ދެކޮޅަށްކުރެވޭ ކެމްޕޭން ތަކުގައި ޒުވާނުން ބައިވެރިކޮށް، ކޮރަޕްޝަނާ ދެކޮޅަށް ޒުވާނުން ޙަރަކާތްތެރިވާ މިންވަރު އިތުރުކުރުމަށް ހިތްވަރުދިނުމުގެ ގޮތުން ދިވެހި ޒުވާނުންގެ މެދުގަ އާއި ޢާންމުކޮށް ހުޅުވާލައިގެން މުޖުތަމަޢު ހޭލުންތެރިކުރުމަށްޓަކައި ބޭނުންކުރާނެ އެނިމޭޝަނާއި ވީޑިއޯ ޕަބްލިކް ސާވިސް އެނައުންސްމަންޓް އުފެއްދުމުގެ މުބާރާތެކެވެ.
މުބާރާތުގައި ރަޖިސްޓަރީކުރުމާއި ޕީ.އެސް.އޭ ހުށެހެޅުމުގެ މުއްދަތު އިތުރުކުރެވިފައިވާ ކަމުގައި ދަންނަވަމެވެ.
މުބާރާތަށް ކަނޑައެޅިފައިވާ އިނާމު ތަކަކީ:
- އެއްވަނައަށް ހޮވޭ ފަރާތަކަށް -/ 12,000 ރުފިޔާ އާއި ވީޑިއޯ ކެމެރާއެއް
- ދެވަނައަށް ހޮވޭ ފަރާތަކަށް -/ 9,000 ރުފިޔާ
- ތިންވަނައަށް ހޮވޭ ފަރާތަކަށް -/ 7,000 ރުފިޔާ
މި މުބާރާތާބެހޭ މަޢުލޫމާތާއި ގަވާއިދު އަދި މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިކަން ފާޅުކުރުމާއި ބައިވެރިވުމުގެ ފޯމު ކޮމިޝަނުގެ ވެބްސައިޓުން (www.acc.gov.mv) ނާއި ކޮމިޝަނުގެ އޮފީހުން ލިބިވަޑައިގަންނަވާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ކޮމިޝަނުގެ ނަންބަރު 3015200 / 3015257 ފޯނަށެވެ.