ދިވެހިރާއްޖެ
މިލަދުންމަޑުލުއުތުރުބުރީގޮއިދޫކައުންސިލްގެއިދާރާ Secretariat of the Goidhoo Council North Miladhunmadulu
Goidhoo ގޮއިދޫ
Republic of Maldives ދިވެހިރާއްޖެ
ނަންބަރ: IUL)273/273/2018/19)
އިޢުލާން
ވަޒީފާގެ ފުރުޞަތު
މަޤާމް: |
އެޑްމިނިސްޓްރޭޓިވް އޮފިސަރ |
|||||||||||||||||||||||||||||
ރޭންކް: |
ޖީ. އެސް 03 |
|||||||||||||||||||||||||||||
މަޤާމް ނަންބަރ: |
J-241661 |
|||||||||||||||||||||||||||||
ކްލެސިފިކޭޝަން : |
އޮފިސަރ ގްރޭޑް 01 |
|||||||||||||||||||||||||||||
އޮފީސް / އިދާރާ |
މިލަދުންމަޑުލުއުތުރުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާ |
|||||||||||||||||||||||||||||
ޑިވިޜަން: |
މިލަދުންމަޑުލުއުތުރުބުރީ ގޮއިދޫ ކައުންސިލް އިދާރާގެ ކޯޕަރޭޓިވް އެފެއާޒް |
|||||||||||||||||||||||||||||
ޔުނިޓް: |
ކޯޕަރޭޓިވް އެފެއާޒް ޔުނިޓް |
|||||||||||||||||||||||||||||
މަގާމުގެ ގިންތި: |
ދާއިމީ |
|||||||||||||||||||||||||||||
މަސައްކަތް ކުރަންޖެހޭ ތަން: |
މިލަދުންމަޑުލުއުތުރުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާ |
|||||||||||||||||||||||||||||
މުސާރަ: |
4465.00 ރުފިޔާ |
|||||||||||||||||||||||||||||
ސާރވިސްއެލަވަންސް: |
1500.00 ރުފިޔާ |
|||||||||||||||||||||||||||||
ސަޕޯޓިނގް ކޯ އެލަވަންސް |
700.00 ރުފިޔާ |
|||||||||||||||||||||||||||||
އުޖޫރަ އާއި އިނާޔަތްތައް: |
· ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ހިދުމަތް · ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ · ދިވެހިރާއްޖޭގެ ޕެންޝަނާއި ބެހޭ ޤާނޫންގެ ދަށުން ލިބިދޭ ޕެންޝަން ކޮންޓްރިބިއުޝަން · ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބަންދުދުވަހުގެ ފައިސާ |
|||||||||||||||||||||||||||||
ބޭނުންވާ ޢަދަދު: |
01 ( އެކެއް ) |
|||||||||||||||||||||||||||||
ތަޢުލީމާއި ތަޖްރިބާ : |
ސާނަވީ ނުވަތަ އެ އާއި އެއް ފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން " ޑީ " ލިބިފައިވުމާއި އެކު އޭގެ އިތުރުން " ސެންކަންޑަރީ ސްކޫލް " ނުވަތަ " ހަޔަރ ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުންގައި" " ދިވެހި " މިމާއްދާއިން ދަށްވެގެން " ސީ " ގްރޭޑް ލިބިފައިވުން. |
|||||||||||||||||||||||||||||
މަޤާމްގެ މަސްޢޫލިއްޔަތު: |
01–ދުވަހުން ދުވަހުން އިދާރާގެ ޔައުމިއްޔާތައް ލިޔެއް އިދާރާ އާއި ހަވާލުވެ ހުރި ވެރިޔާ ލައްވާ ސޮއި ކުރައްވާ ފައިލް ކުރުން. 02–ހާޒިރީ ބެލެހެއްޓުމާއި ހާޟިރީޕޯޓް ތައްޔާރު ކުރުން. 03–މުވަށްޒަފުންގެ ޗުއްޓީ ރެކޯޑް ބެލެހެއްޓުމާއި ޗުއްޓީޗިޓް ހެދުމާއި ދާއިމީ އަދި ވަގުތީ މުވައްޒަފުންގެ ރަޖިސްޓްރީ ބެލެހެއްޓުން. 04–އޮފީހަށް ފޮނުވާ ތަކެތި އެންޓްރީކުރުމާއި އެތަކެތި އެކާމައި ބެހޭ ފަރާތްތަކާއި ހަވާލު ކުރުން. 05–މިއިދާރާއިން ފޮނުވަންޖެހޭ ސިޓީ ، މެސެޖްތައް ވެރިންގެ ލަފާގެ މަތިން ޖަވާބު ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން. 06–އިދާރާއަށް އަންނަ ފޯންކޯލްތައް ނެގުމާއި އެފޯންތައް ޕާސްކުރަންޖެހޭ ފަރާތްތަކަށް ޕާސްކުރުން. 07-ދަތުރު ހާޟިރީ ބެލެހެއްޓުން. 08-ރައްވެހީންގެ ރަޖިސްޓްރީ ހެދުން. 9-އުފަންދުވަހުގެ ރަޖިސްޓްރީ އަދި އުފަންދުވަހުގެ ސެޓްފިކެޓް ހަދައިދިނުން. 10-ވިހާމަރުވާ ބެލެހެއްޓުން. 11-ބިދޭސީންގެ ދަފްތަރު ބެލެހެއްޓުން. 12-ހާއްޞައެހީ އަށް ބޭނުންވާ ފަރާތްތަކުގެ ދަފްތަރު ބެލެހެއްޓުން. 14-އެކަނިވެރި މައިންބަފައިންގެ ދަފްތަރާއި 65 އަހަރުވީ މީހުންގެ ދަފްތަރު ބެލެހެއްޓުން. 15-ފައިލްކުރުން. 16-އެއްގަމުގައި ދުއްވާ އުޅަނދުތަކުގެ ދަފްތަރު ބެލެހެއްޓުން. 18-މިއިދާރާއިން ކުރިޔަށްގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.
|
|||||||||||||||||||||||||||||
ފޯމް ހުށަހަޅަންޖެހޭ ތާރީޙާއި ވަގުތު |
ވަޒީފާއަށް އެދޭ ފޯމު މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސާވިސް ކޮމިޝަނުގެވެބްސައިޓުންwww.csc.gov.mv މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 31 ޖުލައި 2018 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، މިއިދާރާއަށެއެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީ-މެއިލްއެޑްރެހަކީ[email protected] އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.
|
|||||||||||||||||||||||||||||
ހުށަހަޅަންޖެހޭލިޔުންތައް: |
1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް) 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް 4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން. 5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛ )ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ) (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސްފުރިހަމަކުރިކަމުގެލިޔުމުގެކޮޕީ. (ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. 1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. 2.ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ. 3.މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. |
|||||||||||||||||||||||||||||
ވަޒީފާއަށްއެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
|
|||||||||||||||||||||||||||||
މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ |
މަޤާމަށް އައްޔަން ކުރުމަށް ، ވަޒީފާއަށް އެދި ފައިވާ މީހާއަށް ކުރައިޓީއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓުގެ ޖުމްލަ %45 ( ސާޅިސް ފަހެއް ) އިންސައްތައަށް ވުރެ މަތީ ވާން ޖެހޭނެއެވެ. |
|||||||||||||||||||||||||||||
ޝޯޓް ލިސްޓްކުރުން: |
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
|||||||||||||||||||||||||||||
އިންޓަވިއުކުރުން: |
މިމަގާމަށްމީހަކު ހޮވުމަށް ބޭއްވޭއިންޓަރވިއު އޮންނާނީ 02 އޮގަސްޓް 2018 ވާ ބުރާސްފަތި ދުވަހުގެ ރޭ 20:30 ށ. ގޮއިދޫ ކައުންސިލް އިދާރާގައެވެ. |
މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ +9606540043 ނަންބަރުފޯނާއެވެ. ފެކްސްނަންބަރަކީ+9606540043 އެވެ.
19 ޖުލައި 2018