ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)301/301/2018/42
ޕަބްލިޝްކުރި ތާރީޚް: 19 ޖުލައި 2018
ޕަބްލިޝްކުރި ގަޑި: 13:16
ސުންގަޑި:
31 ޖުލައި 2018 13:00
މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމް ކައުންސިލް އިދާރާއަށް ވޮޗަރުން ބޭނުންވެއްޖެ
އިޢްލާން
މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމް ކައުންސިލް އިދާރާއަށް ވޮޗަރުން ބޭނުންވެއްޖެއެވެ.
މަޤާމު: ވޮޗަރ
ބޭނުންވާ ޢަދަދު: 01
މުސާރަ: 3100.00 ރުފިޔާ.
އެލަވަންސް: 1000.00 ރުފިޔާ އަދި ބަންދު ދުވަހުގެ ފައިސާ ވަޒީފާއާއި ބެހޭ ޤާނޫނުގައިވާ ގޮތުގެ މަތީން.
ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް އުޞޫލުން
ކޮންޓްރެކްޓް މުއްދަތު: 2 އަހަރު ދުވަސް
މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ތަން: މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމް ކައުންސިލްގެ އިދާރާ
މަޤާމުގެ އަސާސީ ޝަރުތުތައް:
- އަސާސީ ފެންވަރަށް ލިޔަންކިޔަން އެނގުން
- ޞިއްޙަތު ސަލާމަތުން ހުރި މީހެއްކަމުގައިވުން އަދި ކައުންސިލުން ދައްކާ މަސައްކަތް ކުރެވޭނެޤަބިލްކަން ހުރިކަން ސާބިތުކޮށްދިނުން.
- ކައުންސިލް އިދާރާގެ ނުވަތަ ރ.އަނގޮޅިތީމްގެ އެހެން މުއައްސަސާއެއްގައި ވޮޗަރުކަން ނުވަތަ މަސައްކަތުމީހެއްގެ ވަޒީފާގައި އުޅެ ތަޖްރިބާ ލިބިފައިވުން.
- އުމުރުން 18 އަހަރާއި 55 އަހަރާއި ދެމެދުގެ މީހެއްކަމުގައިވުން.
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
- ކައުންސިލް އިދާރާގެ ސެކިއުރިޓީ ބެލެހެއްޓުން ( ހަވީރު 4 އިން ހެނދުނު 8 އަށް (8 ގަޑިއިރުގެ ޝިފްޓްޑިއުޓީ)
- ދިދަ ނެގުމާއި ދިދަ އެރުވުން
- ކައުންސިލުން އަންގާ އެހެނިހެން، ހުނަރު ބޭނުންނުވާ ޒާތުގެ މަސައްކަތް ކުރުން
- ކައުންސިލް އިދާރާގެ ގޯތި ތެރޭގައި ބަގީޗާ ހެއްދުމާއި ގަސްކޮށާ ރީތި ކުރުން
- ކައުންސިލުން އަންގާ ކައުންސިލުގެ އިޙްތިސާސް ހިމެނޭ ތަންތަނުގައި ސެކިއުރިޓީ ބެލެހެއްޓުމާއި އެތަންތަނުގައި މަސައްކަތް ކުރުން
- ކައުންސިލުން އަންގާ އެހެނިހެން މަސައްކަތް ކުރުން
ވަޒީފާއަށް އެންމެ ޤާބިލް މީހަކު ހޮވުމުގައި ބެލޭނެ ކަންކަން:
- ވަޒީފާއަށް އެންމެޤާބިލް މީހަކު ހޮވުމުގައި ތިރީގައި އެވާ ގޮތުގެ މަތީން މާކްސް ދެވޭނެއެވެ.
- ލިބިފައިވާ ތަޢްލީމާއި ތަމްރީން 15%
- މަސައްކަތުގެ ތަޖްރިބާ 30%
- މަސައްކަތުގެ ހުނަރާއި ޤަބިލްކަން ސާބިތު ކޮށްދިނުން 55%
އެޕްލިކޭޝަން ފޮނުވަންވީ އެންމެ ފަހު ތާރީޚް:
- މި ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމް ހުށަހަޅުއްވާނީ 31 ޖުލައި 2018 ވާ ބުރާސްފަތި ދުވަހުގެ 1:00 ގެ ކުރިން ރ.އަނގޮޅިތީމް ކައުންސިލް އިދާރާއަށެވެ. މި ވަޒީފާއަށް އެދޭ ފޯމް މި ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ.
ހުށައަޅަންޖެހޭ ލިޔުންތައް
- ވަޒީފާއަށް އެދި ހުށައަޅާ ފޯމް
- ވަޒީފާއެއްގައި އުޅޭނަމަ އެ ވަޒީފާއެއްގައި އުޅޭ ކަމުގެ ލިޔުން
- މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ
- ވަޒީފާއަށް އެދި ހުށައަޅާ ފަރާތުގެ ވަނަވަރު ( ގުޅޭނެ ނަންބަރާއިއެކު)
- ލިބިފައިވާ ތަޢްލީމީ ސެޓްފިކެޓްގެ ކޮޕީ /އަޞްލާއިއެކު ( ވަޒީފާއަށް އެދި ހުށައަޅާއިރު ސެޓްފިކެޓްތައް އެކްރެޑިޓް ކުރާކަން ނުޖެހޭނެ)
- ލިބިފައިވާ މަސައްކަތުގެ ތަޖްރިބާގެ ސިޓީތަކުގެ ކޮޕީ/އަޞްލާއިއެކު
އިންޓަވިއު ކުރުން:
- މި ވަޒީފާއަށް ކުރިމަތި ލައްވާ ފަރާތްތަކަށް ބޭއްވޭ އިންޓަވިއު އޮންނާނީ 01 އޮގަސްޓް 2018 އާއި 21 އޮގަސްޓް 2018 އާއި ދެމެދު މި ކައުންސިލް އިދާރާގައެވެ.
06 ޒުލްޤައިދާ 1439
19 ޖުލައި 2018