ދިވެހިރާއްޖެ
މިހޮސްޕިޓަލްގެ ނަންބަރ: (IUL)NAH/NAH/2018/15 އިޢުލާންގައި ދެންނެވިފައިވާ ޑްރައިވަރ ކަމުގެ މާޤމުގެ ޝަރުތު ބަދަލުވެފައިވާތީ އެއިއުލާން ބާތިލުކޮށް އަލުން އެވަޒީފާއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަމެވެ. އަދި ނ.ކުޑަފަރީ ސިއްޙީމަރުކަޒުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލް މީހެކެވެ.
މަޤާމު |
ޑްރައިވަރ |
މަޤާމުގެ ނަންބަރު |
J-253566 |
ބޭނުންވާ ޢަދަދު |
1 (އެކެއް) |
މަޤާމުގެ ގިންތި |
ދާއިމީ |
މަޤާމުގެ ރޭންކް |
އެސް.އެސް 2 |
މަޤާމުގެ ކްލިސިފިކޭޝަން |
ސަޕޯޓް ސްޓާފް ގްރޭޑް 2 |
ޑިވިޜަން/ސެކްޝަން |
އެޑްމިން އެންޑް ހިއުމަން ރިސޯސް ސެކްޝަން |
މަޤާމްއޮތް އޮފީސް |
ނ.ކުޑަފަރީ ސިއްޙީމަރުކަޒު |
ވަޒީފާއަދާކުރަންޖެހޭތަން |
ނ.ކުޑަފަރީ ސިއްޙީމަރުކަޒު |
މުސާރަ |
-/3470 ރުފިޔާ |
ސާރވިސްއެލަވަންސް |
-/1000 ރުފިޔާ |
އިތުރު އިނާޔަތްތައް |
|
މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް |
1- އެމްބިޔުލާންސްގައި ކުރަންޖެހޭ ދަތުރުތައް ޤަވާޢިދުން ކުރުމާއި ދަތުރުކުރާ ބަލިމީހުންނަށް އެހީވުން. 2- ކޮނެމް ދުވަހަކުވެސް އެމްބިޔުލާންސްގެ ތެލާއި ފެން ހަމަތޯބަލާ ޗެކްކޮށް މަދުވާނަމަ ތެލާއިފެން ހަމަކުރުން 3- އެމްބިޔުލާންސްގައި ގެނެވޭ ބަލިމީހުން ސްޓްރެޗަރގައި އުފުލުމާއި ބަލިމީހުންނަށްކަމޭ ހިތާ އިޙްތިރާމް ކުރުން. 4- އެމްބިޔުލާންސް ސާފްތާހިރުކޮށް ބެލެހެއްޓުމާއި ކުރަންޖެހޭ މަރާމާތުތައް ކުރުމުގައި ކަމާބެހޭ ފަރާތާއި ވާހަކަދައްކައިގެން އެކަންތައްތައް ހަމަޖެއްސުން. އަދި މަރާމާތު ކުރުމުގެ މަސައްކަތުގައި އެހީތެރިކަމާއި އެއްބާރުލުން ދިނުން. 5- ސިއްޙީމަރުކަޒަށް ހޮސްޕިޓަލުން ނުވަތަ މާލެ އިން ފޮނުވާތަކެއްޗާއި އަދި ސިއްޙީމަރުކަޒުން ހޮސްޕިޓަލަށް އަދި މާލެއަށް ފޮނުވަންޖެހޭ ތަކެތި ސިއްޙީމަރުކަޒުން އަންގާ ގޮތެއްގެމަތިން ގެނައުމާއި ގެންދިއުން. 6- އެމްބިޔުލާންސްގެ ދަތުރު ރެކޯރޑްތައް ބެލެހެއްޓުން. 7- އެމްބިޔުލާންސްގެ ޚިދްމަތް ހޯދާ ފަރާތްތަކަށް އެއްބާރުލުމާއި އެހީތެރިކަން ދިނުން. 8- އޮންކޯލްގަޑީގައިވެސް ޚިދްމަތަށް ނުކުންނަށް ޖެހިއްޖެ ޙާލަތެއްގައި އެޑިޔުޓީއެއް ފުރިހަމަގޮތުގައި އަދާކުރުން. 9- ޑިޔުޓީ ބަދަލްވާ ވަގުތު އެމްބިޔުލާންސްއަށް ގެއްލުމެއް ލިބިފައިވޭތޯ ބަލާ ޗެކްކުރުމާއި އެފަދަ ކަމެއް ފާހަގަ ކުރެވިއްޖެނަމަ އެކަން ކަމާއި ބެހޭ ފަރާތަށް ރިޕޯރޓް ކުރުން. 10- ޑިޔުޓީގަޑީގައި އަބަދުވެސް އެމްބިޔުލާންސް ފޮޅާ ސާފްކޮށް ބެލެހެއްޓުން. އަދި ހަފްތާއަކު އެއްދުވަހު އެމްބިޔުލާންސް ދޮފެ ސާފްކޮށް ކިޓްކުރުން. 11- ކަނޑައެޅިފައިވާ ޑިޔުޓީ ރޯޓާއާއި އެއްގޮތަށް ޑިޔުޓީ އަދާކުރުން. 12- އޮންކޯލް ޑިޔުޓީ އަދާކުރުން. 13- ސިއްޙީމަރުކަޒުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތުގައި ބައިވެރިވުމާއި އަދި އެހެނިހެން ސެކްޝަންތަކުން ކުރާ މަސައްކަތުގައި ޢަމަލީ ގޮތުން ބައިވެރިވެ މަސައްކަތް ކުރުން. 14- އޮފީހުގައި ކުރެވޭ މުހިއްމު މަސައްކަތްތަކަށް އެހީތެރިކަން ދިނުމާއި ސަލާމްބުނާ މުވައްޒަފުންނާއި ޗުއްޓީގައި ތިބޭ މުވައްޒަފުންގެ މަސައްކަތް ވެރިން އަންގަވާގޮތެއްގެމަތިން ކުރުން. 15- ސިއްޙީމަރުކަޒުގެ ޢާއްމުއުޞޫލުތަކާއި، ޤަވާޢިދުތަކަށް ޢާއްމުން އިޙްތިރާމް ކުރުމަށް ބާރުއަޅާ އެކަން އެގޮތުގައި ދެމެހެއްޓުމަށް މަސައްކަތް ކުރުން. 16- މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި، އެއްބާރުލުން އާލާކުރުމަށް މަސައްކަތްކުރުމާއި، މުވައްޒަފުން ގުޅިގެންކުރާ މަސައްކަތާއި އެކިއެކި އިޖްތިމާޢީ ޙަރަކާތްތަކުގައި ބައިވެރިވެ މަސައްކަތްކުރުން.
|
މަޤާމްގެ ޝަރުޠުތައް
|
މަޤާމަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ ހުއްދައެއް ހާސިލްކޮށްފައިވުން |
ވަޒީފާ އަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް |
|
ހުށަހަޅަންޖެހޭ ލިޔުންތައް |
)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ) (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. (ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
(ހ) ސިވިލް ސަރވިސްއިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެވަޒީފާއެއްއަދާކުރިމުއްދަތާއި ކުރިމަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަ ވަޒީފާއަދާކުރިމުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. |
މަޤާމަށްއެދެންވީގޮތާއި،ސުންގަޑި |
ވަޒީފާއަށް އެދޭފޯމް ނ.ކުޑަފަރި ސިއްޙީމަރުކަޒުން ލިބެންހުންނާނެއެވެ.މަޤާމަށްއެދި ހުށަހަޅަންޖެހޭތަކެތި ހުށަހަޅާނީ 30 ޖުލައި 2018 ވާ ހޯމަ ދުވަހުގެ 14:00 ގެކުރިން ނ.ކުޑަފަރި ސިއްޙީމަރުކަޒަށެވެ. އެޕްލިކޭޝަންފޯމާއެކު ހުށަހަޅަންޖެހޭހުރިހާލިޔުންތައް ހުށަހަޅާފައިނުވާނަމަ އެޕްލިކޭޝަންބާތިލްވާނެއެވެ. |
އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން: |
މިމަޤާމަށް މީހަކުހޮވުމާބެހޭ އިންޓަވިއުއޮންނާނީ 31 ޖުލައި 2018 އާއި 09 އޯގަސްޓް 2018 އާދެމެދު ނ.ކުޑަފަރި ސިއްޙީމަރުކަޒުގައެވެ. މިވަޒީފާއަށް ކުރިމަތިލާފަރާތްތަކުން އެތާރީޚްގައި އިންޓަވިއުއަށް ހާޟިރުވުމަށް ތައްޔާރުވެގެން ތިބުންއެދެމެވެ. |
ޝޯޓްލިސްޓްކުރުން |
މިވަޒީފާއަށްއެދި ހުށަހަޅާ ޝަރުތުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެގިނަނަމަ ތައުލީމީ ފެންވަރާއި، ތަޖުރިބާއަށް ބަލައި ވަޒީފާއަށްކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެމަތިންމާކްސްލިބޭ 10 ފަރާތްޝޯޓްލިސްޓްކުރެވޭނެއެވެ.
|
މަޤާމަށް މީހުންހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާބަޔަކަށް އެންމެދަށްވެގެން ލިބެންޖެހޭ ޖުމުލަ އިންސައްތަ |
%25 |
އިތުރުމަޢުލޫމާތު |
މިއިޢުލާނާއި ގުޅިގެންމަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނީ ރަސްމީގަޑީގައި 6560609 ނުވަތަ 6560037 ނަންބަރު ފޯނާއެވެ. |