ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)305/305/2018/82
ޕަބްލިޝްކުރި ތާރީޚް: 19 ޖުލައި 2018
ޕަބްލިޝްކުރި ގަޑި: 11:19
ސުންގަޑި: 18 އޮގަސްޓް 2018 16:00
މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުތަކާއި ގޯޅިތަކަށް ނުކުމެފައިވާ ގަސްތައް ކޮށުމާއި ގުޅޭ

އިޢުލާން

މަގުތަކާއި ގޯޅިތަކަށް ނުކުމެފައިވާ ގަސްތައް ކޮށުމާއި ގުޅޭ

މިއިދާރާގެ ނަންބަރު: (IUL)305/305/2018/68 (28 ޖޫން 2018) އިޢުލާނާއި ހަވާލާދީ ދަންނަވަމެވެ.

30 ޖޫން 2018 ވީ ހޮނިހިރު ދުވަހުން ފެށިގެން ކޮންމެ ހޮނިހިރު  ދުވަހަކު ރަށުގެ މަގުތަކަށް ނުކުމެފައިވާ ގަސްތައް ކޮށުމުގެ މަސައްކަތް މިކައުންސިލުން ދަނީ ކުރަމުންނެވެ. މަގުތަކަށް ނުކުމެފައިވާ ގަސްތައް ކޮށުމަށް ފެށިފައިވާ މި ޕްރޮގްރާމްގެ މަސައްކަތް 1439 ވަނަ އަހަރުގެ ޢަލްޙާ ޢީދަށް ނިންމާލުމަށްޓަކައި ހޮނިހިރު ދުވަސް ފިޔަވާ ހަފުތާގެ އެހެން ދުވަސްތަކުގައިވެސް މިމަސައްކަތް ކުރާގޮތަށް ހަމަޖެހިފައިވާ ވާހަކަ ދެންނެވީމެވެ. މިގޮތުން ޙާއްސަކޮށް މިމަސައްކަތް ކުރެވޭނީ ހަފުތާގެ ހޮނިހިރު، ހޯމަ، އަންގާރަ، ބުދަ، މިދުވަސްތަކުގައެވެ. އަދި މަސައްކަތް ކުރިޔަށްދާ މިންވަރު ބަލާ މިނޫން ދުވަސްތަކުގައިވެސް މިމަސައްކަތް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

މިމަސައްކަތުގައި ހެޔޮއެދޭ އެންމެހާ ފަރާތްތަކުން ބައިވެރިވެލައްވާ އެހީތެރިވެދެއްވުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ވާހަކަ ދެންނެވީމެވެ. އަދި މިހާރުވެސް މިމަސައްކަތަށް އާންމުންގެ ފަރާތުން ލިބެމުންދާ ތަރުޙީބު ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

                  06 ޛުލްޤާއިދާ 1439

                   19 ޖުލައި 2018

19 ޖުލައި 2018