ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)305/305/2018/77
ޕަބްލިޝްކުރި ތާރީޚް: 17 ޖުލައި 2018
ޕަބްލިޝްކުރި ގަޑި: 10:19
ސުންގަޑި: 19 ޖުލައި 2018 12:00
މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކެންސަރ ސްކްރީނިންގ ޕްރޮގްރާމެއް ހިންގުމާއި ގުޅޭ

އިޢުލާން

ކެންސަރ ސްކްރީނިންގ ޕްރޮގްރާމެއް ހިންގުމާއި ގުޅޭ

ރ.އަތޮޅު ކައުންސިލާއި މޯލްޑިވްސް ކެންސަރ ސޮސައިޓީ އާއި ގުޅިގެން ބާއްވާ ކެންސަރ ސްކްރީނިންގ ޕްރޮގްރާމެއް 2018 ޖުލައި 21 ވާ ހޮނިހިރު ދުވަހު ރ.އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިޕްރޮގްރާމްގެ ދަށުން ކެންސަރ ބައްޔަށް ސްކްރީން ކުރައްވަން ބޭނުންވާ ބޭފުޅުން 18 ޖުލައި 2018 ވާ ބުދަދުވަހުގެ ހެނދުނު 8:00 ން ފެށިގެން 19 ޖުލައި 2018 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ރ.މާކުރަތު ސިއްޙީ މަރުކަޒަށް ޙާޟިރުވެ ނަން ނޯޓް ކުރެއްވުން އެދެމެވެ. ނަން ނޯޓު ކުރެއްވުމަށް ވަޑައިގަންނަވާއިރު އައިޑީ ކާޑު ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދެމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

                  04 ޛުލްޤާއިދާ 1439

                   17 ޖުލައި 2018

17 ޖުލައި 2018