ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)305/305/2018/79
ޕަބްލިޝްކުރި ތާރީޚް: 18 ޖުލައި 2018
ޕަބްލިޝްކުރި ގަޑި: 10:05
ސުންގަޑި: 01 ޖަނަވަރީ 1970 05:00
މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޅަށް ވަންނަ މުށިމަސްގަނޑު ދޮށުން މައިމަސް ބޭނުން

އިޢުލާން

 

ފަޅަށް ވަންނަ މުށިމަސްގަނޑު ދޮށުން މައިމަސް ބޭނުން

ބައެއް ފަރާތްތަކުން ރަށުގެ ފަޅަށް ވަންނަ މުށިމަސްގަނޑު ދޮށުން މައިމަސް ބާނަމުން ގެންދާތީ، އެކަމުގެ ޝަކުވާ އަންނަނީ މިއިދާރާއަށް ލިބެމުންނެވެ. ފަޅަށް ވަންނަ މުށިމަސްގަނޑު ކައިރިން މައިމަސް ބޭނުމަކީ މުށިމަސްގަނޑު ގިނަދުވަހު ފަޅުގައި އޮތުމަށް ހުރަސް އެޅޭކަމެއް ކަމަށް ވަނީ ފާހަގަ ކުރެވިފައެވެ.

މިދުވަސްވަރަކީ ރަށުގެ އިރުމަތީ ފަރާތު ފަޅުތެރެއަށް މުށިމަސްވަދެފައިވާ ދުވަސްވަރަކަށްވެފައި، މުށިމަސްގަނޑު ގިނަދުވަހު ފަޅުގައި އޮތުމަކީ ރަށުގެ ގިނަ ރައްޔިތުންނަށް އޭގެ ފައިދާއާއި މަންފާ ކުރާނެ ކަމެއް ކަމުގައި ދެންނެވީމެވެ. މިހެންކަމުން ތިރީގައި ދެންނެވިފައިވާ ކަންކަމަށް ސަމާލުކަންދެއްވާ އެކަންކަން އެއްވެސް ފަރާތަކުން ނުކުރެއްވުން އެދި ދެންނެވީމެވެ.

  1. ފަޅަށް ވަދެފައި އޮންނަ މުށިމަސްގަނޑުގައި ދާއެޅުން.
  2. ފަޅަށް ވަދެފައި އޮންނަ މުށިމަސްގަނޑު ގަނޑަށް ޖަސްތު ޖަހައި، ބުޅިފަތި އަޅުވައި ދިރޭ އެމާއި މުޅަކޮށްފައި ހުންނަ އެން އުކައިގެން މަސް ބޭނުން.

މިކަންކަމަކީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގަވާއިދުގެ 2 ވަނަ މާއްދާއިންވެސް މަނާކުރައްވާފައިވާ ކަންކަން ކަމުގައި ދެންނެވީމެވެ.

  1. މުށިމަސްގަނޑުގެ ކައިރިން މައިމަސް ބޭނުން.

ވީމާ، މަތީގައި ދެންނެވިފައިވާ ކަންކަމަށް ސަމާލުކަންދެއްވާ، މިއިޢުލާނުން މަނާކުރެވިފައިވާ ކަންތައްތައް އެއްވެސް ފަރާތަކުން ނުކުރެއްވުން އެދި ޢާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

                  05 ޛުލްޤާއިދާ 1439

                   18 ޖުލައި 2018

18 ޖުލައި 2018