ދިވެހިރާއްޖެ
| 
 އެސިސްޓެންޓް ރިސޯސް މޮބިލައިޒޭޝަން އޮފިސަރ (1 އަހަރު ދުވަހުގެ މުއްދަތަށް)  | 
 ނަންބަރ: (IUL)13-HR/13/2018/142  | 
||
| 
 ތާރީޚް : 19 ޖުލައި 2018  | 
|||
| 
 އޮފީސް / ވަޒީފާ އަދާކުރަންޖެހޭ ތަން:  | 
 މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ، ކ. މާލެ  | 
 ބޭނުންވާ ޢަދަދު: 
  | 
 
 02 (ދޭއް)  | 
| 
 މުސާރަ  | 
 
 - ވަޒީފާގެ އަސާސީ މުސާރައަކީ 4,700.00 ރުފިޔާ އެވެ. އަދި އެލަވަންސްގެ ގޮތުގައި 2,629.00 ރުފިޔާ ލިބޭނެއެވެ. 
 - ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން 
 - ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. 
  | 
||
| 
 މަޤާމްގެ ޝަރުތު:  | 
 މަތީ ސާނަވީ އިމްތިހާން ނިންމާފައިވުން  | 
||
| 
 މަސްއޫލިއްޔަތު:  | 
 
 1. ކޮމެންޓް ހޯދުމަށް އެކިއެކި އޮފީސްތަކުން ލިބޭ އެގްރީމެންޓް/އެމް.އޯ.ޔޫ/ރިޕޯޓް ފަދަ ލިއުންތަކަށް މި މިނިސްޓްރީގެ ކަމާބެހޭ ޑިވިޜަންތަކުން ކޮމެންޓް ހޯދާ އެފަރާތްތަކަށް ފޮނުވުން. 
 2. އެކިއެކި އެހީދޭ ފަރާތްތަކުން ރާއްޖެއަށް ލިބެންހުރި އެހީގެ ބާވަތާ، ފަރާތްތައް ދެނެގަނެ، އެހީ ހޯދުމުގެ މަސައްކަތް ކުރުން. 
 3. ޑިވިޜަނުން ކުރާ މަސައްކަތާގުޅުންހުރި ކަންކަމުގާ އަންނަ ވަފްދު ތަކަށް ޑިވިޜަނުން އަދާކުރަންޖެހޭ ރޯލް އަދާކުރުން. 
 4. މަޝްރޫޢުތަކަށްފައިސާ ހޯދުމަށާ އަހަރީޖަލްސާ ތަކުގައި ބައިވެރިވުމަށް މިނިސްޓްރީގެ ވެރިން/ގަވަނަރުން ކުރައްވާދަތުރުފުޅުތަކުގެ އިންތިޒާމު ޑެސްކު އޮފިސަރުން ލައްވާ ރޭވުމުގައި އެހީތެރިވުން. 
 5. ހިލޭ އެހީއާ ލޯނުއެހީގެ ދަށުން ހިންގަމުން ދާ މަޝްރޫޢުތަކާއި އަދި ހިންގުމަށް ރޭވިފައިވާ މަޝްރޫޢުތަކުގެ ސްޓޭޓަސް އަޕްޑޭޓް ކުރުމާއި، މަޝްރޫޢުތަކަށް ދިމާވެފައިވާ މައްސަލަތައް ޑިވިޜަންގެ ވެރިންގެ ސަމާލުކަމަށް ގެނައުމާއި، ޑިވިޜަންގެ ވެރިންގެ ލަފާގެ މަތިން މައްސަލަ ހައްލުކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރުން. 
 6. ހިލޭ އެހީއާ ލޯނުއެހީގެ ދަށުން އަލަށް ފެށުމަށް ރާވާފައިވާ މަޝްރޫޢު ތަކަށް ފައިސާ ހޯދުމަށްޓަކައި ލިބޭ ހުށަހެޅުންތަކަކީ އެހީދޭ ފަރާތްތަކުގެ ސިޔާސަތަށް ފެތޭ މަޝްރޫޢެއްތޯ ބަލާ، ދައުލަތުގެ ސިޔާސަތަށް ފެތޭ މަޝްރޫޢެއްތޯ ބެލުމާއި ފަންޑިންގ އޮޕްޝަންތަކާ، ރިސްކުތައް ބެލުމަށް މިޑްލް އޮފީހަށް ފޮނުވުން. 
 7. އަހަރީ ރިޕޯރޓަށް އަދި ޑިވިޜަން ބަޖެޓަށް ބޭނުންވާ މަޢުލޫމާތު ތައްޔާރުކުރުން. 
 8. ޑިވިޜަން މެދުވެރިވެގެން ދަޢުލަތުން ނަގާ ދަރަންޏަކީ ޑިވިޜަނުން ކަނޑައަޅާފައިވާ ޑެޓް ސްޓްރެޓެޖީއާއި އެއްގޮތަށް ނެގޭ ދަރަންޏެއްތޯ ބެލުމާއި، ޑެޓް ސްޓްރެޓެޖީ އާއި ޚިލާފަށް ނެގޭ ދަރަންޏެއްނަމަ އޭގެ ހުރި ރިސްކްތައް ވެރިންގެ ސަމާލުކަމަށް ގެނައުމާއި ލޯނު އެޕްރެއިސަލް އަށްފަހު ނެގޯސިއޭޝަންގެ ލިޔެކިއުންތައް ލިބުމުން އެއަށް ސްޓޭކްހޯލްޑަރުންގެ ކޮމެންޓްސް ހޯދާ، ނެގޯސިއޭޝަން ޕެކޭޖް ފައިނަލް ކުރުންް. 
 9. ނެގޯސިއޭޝަން ބާއްވާ ދުވަސް ފައިނަލް ވުމުން އެއަށް ބޭނުންވާ ހުއްދަތައް ހޯދާ، ޓީމް ފައިނަލްކޮށް ނެގޯސިއޭޝަންގެ އެންމެހާ ކަންތައް އިންތިޒާމްކުރުންް. 
 10. ލޯނާއި ހިލޭއެހީގެ އެގްރީމެންޓުތަކުގައި ސޮއިކުރުމަށް ބޭނުންވާ ޤާނޫނީ ހުއްދައަށް އެޓަރނީ ޖެނެރަލ އޮފީހުގެ ލަފާހޯދާ، ދެއްވާ ލަފަޔާއެއްގޮތަށް ޤާނޫނީ ހުއްދައިގެ އޮރިޖިނަލް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ހޯދުމަށް މަސައްކަތް ކުރުން. 
 11. ލޯނު ސޮއިކުރުމުގެ ރަސްމިއްޔާތުގެ އިންތިޒާމް ކަމާގުޅޭ ސެކްޝަންތަކާ ގުޅިގެން ރޭވުން 
 12. އަލަށް ސޮއިކުރެވޭ ލޯން އެގްރީމަންޓްތައް އިފެކްޓިވް ކުރުމަށް ކުރާ މަސައްކަތްތައް ކުރުން 
 
  | 
||
| 
 މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް:  | 
 - މަޤާމުގެ ދާއިރާގައި މަސައްކަތްކޮށްފައިވާ މިންވަރު - ގިނަ ވަގުތު މަސައްކަތުގައި އުޅޭވޭ ފަރާތްތައް - ކޮމްޕިއުޓަރަށް އަހުލުވެރިވާ މިންވަރު - ދިވެހި އަދި އިނގިރޭސި ބަހުން މުޢާމަލާތްކުރުމުގެ ހުނަރު  | 
||
| 
 ހުށަހަޅަންޖެހޭ ލިޔުންތައް:  | 
 - ފުރިހަމަކުރެވިފައިވާ އެޕްލިކޭޝަން ފޯމް (މި ފޯމް މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ). - ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓް) އަދި ޓްރާންސްކްރިޕްޓް. ސެޓިފިކެޓް ލިބިފައިނުވާނަމަ މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑުން ދޫކުރާ ލިޔުން. - ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ - ވަނަވަރު / އައި.ޑީ ކާޑުގެ ކޮޕީ /ސްކޫލް ލީވިންގ ސެޓްފިކެޓް  | 
||
| 
 ސުންގަޑި:  | 
 30 ޖުލައި 2018 (ހޯމަ) ދުވަހުގެ 13:30 ގެ ނިޔަލަށް  | 
||
| 
 އިތުރު މަޢުލޫމާތު:  | 
 މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3349315/3349335/3349169/3349252 ނަންބަރ ފޯނާއެވެ. މި މަޤާމަށް އިންޓަވިއު ކުރެވޭނީ މަޤާމުގެ ޝަރުތު ހަމަވާ، ތަޢުލީމީ ފެންވަރު އެންމެ މަތީ 10 ފަރާތަކާއެވެ. އަދި ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް އީ-މެއިލްގެ ޒަރީއާއިން އެންގޭނެއެވެ. އަދި އިޢުލާންގެ މުއްދަތު ހަމަވާތާ 2 ހަފްތާގެ ތެރޭގައި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު މި މިނިސްޓްރީގައި އޮންނާނެއެވެ.  | 
||