ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)374-C/374/2018/87
ޕަބްލިޝްކުރި ތާރީޚް: 17 ޖުލައި 2018
ޕަބްލިޝްކުރި ގަޑި: 15:37
ސުންގަޑި: 10 އޮގަސްޓް 2018 00:00
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކްލަބު ޖަމްޢިއްޔާތަކަށް ބިން ދޫކުރުން

އިޢުލާނު

ކްލަބު ޖަމްޢިއްޔާތަކަށް ބިން ދޫކުރުން

ނިލަންދޫގައި އުފެދި ހިނގަމުންދާ ކްލަބު ޖަމްޢިއްޔާތަކުގެ އިދާރީ މަރުކަޒުތައް ހިންގުމަށް ބިން ދޫކުރުމަށް ބިމުގެ ބަޖެޓުގައި ހިމަނައިގެން ހުށަހެޅި ބިން ދޫކުރުމަށް ހުއްދަ ލިބިފައިވާތީ، ކްލަބު ޖަމްޢިއްޔާތަކުގެ އިދާރީ މަރުކަޒު ހިންގުމަށް ބިން ދޫކުރުމަށް ޢާއްމުކޮށް ހުޅުވާލަމެވެ. މިގޮތުން މިފަހަރު ބިން ދޫކުރުމަށް ހަމަޖެހިފައިވަނީ ފ. ނިލަންދޫ ފުޓުބޯޅަ ދަނޑުގެ ހުޅަނގުން އުޖާލާގޭގެ ދެކުނުން އޮތް ބިމުން އެދޭ ކްލަބު ޖަމްޢިއްޔާއަކަށް 1400 އަކަފޫޓު ބޮޑުމިނުގެ ބިމެވެ.  

ވީމާ،އިދާރީ މަރުކަޒު ހިންގުމަށް ބިން ހޯދުމަށް ޝަޢުޤުވެރިކަން ހުރި ކްލަބު ޖަމްޢިއްޔާތަކުން 2018 ޖުލައި 19 އިން ފެށިގެން އޮގަސްޓް 10 ވަނަ ދުވަހުގެ ނިޔަލަށް ބިން ލިބުންއެދި މިއިދާރާއަށް ލިޔުމުން ހުށަހެޅުއްވުން އެދެމެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

04 ޛުލްޤައިދާ 1439

17  ޖުލައި  2018                                                     

17 ޖުލައި 2018