ދިވެހިރާއްޖެ
ނަމްބަރ: IUL)415/PRIV/2018/3)
އިޢުލާން
މިއަހަރުގެ ބޮޑުޢީދު ތިނަދޫގައި ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ސްކޫލްތަކާއި ކޮލެޖްތައް އަދި ޖަމިއްޔާ ޖަމާޢަތްތަކާއި މި އިދާރާ ގުޅިގެން ގިނަ ޙަރަކާތްތަކެއް ހިންގުމަށް ބޭނުންވެއެވެ. މިކަމާއި ގުޅިގެން މިހާތަނަށް އެކި ފަރާތްތަކާއެކު ކުރެވިފައިވާ މަޝްވަރާތަކުން ލިބިފައިވާ ޚިޔާލުތަކާއެކު، ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ޙަރަކާތްތައް ތިރީގައި މި ދަންނަވަނީއެވެ.
1- ފުޓްސެލް މުބާރާތް
2- ޢީދު ސައި
3- ކޯޑި ނެގުން، މާލި ނެށުން އަދި ބޮޑުމަސް ދުއްވުން
4- ކުޑަކުދިންގެ ހަވީރު
5- އެއްގުއްޓާ ރޭސް (ތަފާތު އެކި ކަންކަން ހިމެނޭގޮތަށް)
6- ހޭންޑް ބޯލް މުބާރާތް
މިކަމުގައި ބައިވެރިވެ މިފަދަ ޙަރަކާތެއް ރާވާ ހިންގުމަށް ޝަޢުޤުވެރިވާ މަތީގައި ދެންވިފައިވާ ފަރާތްތަކުން މިހިނގާ ޖުލައި މަހުގެ 24 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:30 އަށް މިއިދާރާގެ ޖަލްސާކުރާ މާލަމަށް ވަޑައިގެންނެވުމުން މަޢުލޫމާތު ސާފުކުރެއްވޭނެއެވެ. ޕްރޮޕޯސަލް ހުށަހެޅުމަށް ދެވޭ މުއްދަތުގައި ހުށަހެޅޭ ޕްރޮޕޯސަލްތަކަށް ބެލުމަށްފަހު ޙަރަކާތް ހިންގުމަށް ޙަވާލުކުރެވޭނެއެވެ.
05 ޒުލްްގައިދާ 1439
17 ޖުލައި 2018