ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)202-A/1/2018/67
ޕަބްލިޝްކުރި ތާރީޚް: 18 ޖުލައި 2018
ޕަބްލިޝްކުރި ގަޑި: 11:31
ސުންގަޑި: 29 ޖުލައި 2018 00:00
މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

 

އިޢުލާން

މި އޮތޯރިޓީގެ މިދަންނަވާ މަގާމުތަކަށް މުވައްޒަފުން ހޯދުމަށް އިޢުލާން ކުރަމެވެ.

01. މަގާމް

ކޮމްޕިއުޓަރ ޓެކްނީޝަން

މަޤާމް ނަމްބަރު

J-282183

ބޭނުންވާ އަދަދު

1

މަޤާމް ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

އެމްއެސް 1

މަގާމުގެ ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މަޤާމު އޮތް އޮފީހުގެ ނަމާއި ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން އަދި ވަޒީފާ އަދާކުރަންޖެހޭ ތަން

ވަޒީފާ އަދާކުރަންޖެހޭ ތަން

މޯލްޑިވްސް ޓްރާންސްޕޯޓު އޮތޯރިޓީ / ކ.މާލެ

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން/ޔުނިޓް

އިންފޮމޭޝަން ޓެކްނޮލޮޖީ ސެކްޝަން / ހާރޑްވެއަރ އެންޑް ނެޓްވާރކިންގ ޔުނިޓް

މުސާރައާއި އިނާޔަތްތައް

މުސާރަ

-/5,610 ރުފިޔާ

ސަރވިސް އެލަވަންސް

-/2,000 ރުފިޔާ

ސަޕޯޓިވްކޯ އެލަވަންސް

-/700 ރުފިޔާ

އިތުރު އިނާޔަތްތައް

  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  • ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު

މަސައްކަތް:

  1. އޮތޯރިޓީގެ މަސައްކަތްތަކުގައި ބޭނުންކުރާ ސަރވަރތަކާއި، ފަޔަރވޯލްތަކާއި، ކޮމްޕިއުޓަރުތަކާއި، ފޮޓޯކޮޕީ މެޝިންތަކާއި، ޕްރޮޖެކްޓަރތަކާއި، ޕްރިންޓަރތަކާއި ސްކޭނަރ އަދި ކެމެރާ ފަދަ ތަކެތި ސަލާމަތާއި ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  2. ކޮމްޕިއުޓަރ ނެޓްވާރކް ހަދައި މަސައްކަތްތަކަށް ފަސޭހަކޮށްދިނުން.
  3. އޮތޯރިޓީގެ މަސައްކަތްކައް ހަރުދަނާކޮށް ރަނގަޅުކުރުމަށް ބޭނުންވާ މެޝިނަރީޒް ދެނެގަނެ އެތަކެތި ހޯދުމަށް މަސައްކަތްކުރުން.
  4. ކޮމްޕިއުޓަރތަކަށް ދިމާވާ ހާރޑްވެއަރ މައްސަލަތައް ދެނެގަނެ ޙައްލުކޮށްދިނުން.
  5. ކޮމްޕިއުޓަރ ސިސްޓަމްތައް އަޕްގްރޭޑްކޮށް ބެލެހެއްޓުން
  6. ކޮމްޕިއުޓަރ ސިސްޓަމްތަކާއި ސާރވާފަދަ ތަކެތި އިންސްޓޯލްކުރުން
  7. ޓެލެފޯން ސިސްޓަމްތަކާއި، ޕީއޭބީއެކްސް ސަލާމަތާއި ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  8. ފޯނާއި އެކްސްޓެންޝަން ބޭނުންކުރުމުގައި ދިމާވާ މައްސަލަތައް ޙައްލުކޮށްދިނުން.
  9. ލިޔެކިޔުންތައް ފަސޭހައިން ހޯދޭނޭގޮތަކަށް ރައްކާތެރިކަމާއެކު ފައިލްކޮށް ބެލެހެއްޓުން.

މަޤާމުގެ ޝަރުތުތައް

އަސާސީ ޝަރުތު

  • ކޮމްޕިއުޓަރ ސައިންސް އަދި އިންފޮމޭޝަން ޓެކްނޮލޮޖީ އާއި ގުޅޭ ތަޢުލީމީ ރޮގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 05 ނުވަތަ 06 ގެ ސަނަދެއް ޙާސިލްކޮށްފައިވުން

01. މަގާމް

އެސިސްޓެންޓް ލައިސަންސިންގ އޮފިސަރ

މަޤާމް ނަމްބަރު

J-247726

ބޭނުންވާ އަދަދު

1

މަޤާމް ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

ޖީއެސް 3

މަގާމުގެ ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

މަޤާމު އޮތް އޮފީހުގެ ނަމާއި ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން އަދި ވަޒީފާ އަދާކުރަންޖެހޭ ތަން

ވަޒީފާ އަދާކުރަންޖެހޭ ތަން

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ / ކ.މާލެ

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން/ޔުނިޓް

ލައިސަންސިންގ އެންޑް ރަޖިސްޓްރޭޝަން ސެކްޝަން / ލައިސަންސިންގ ޔުނިޓް

މުސާރައާއި އިނާޔަތްތައް

މުސާރަ

-/4,465 ރުފިޔާ

ސަރވިސް އެލަވަންސް

-/1,500 ރުފިޔާ

ސަޕޯޓިވްކޯ އެލަވަންސް

-/700 ރުފިޔާ

އިތުރު އިނާޔަތްތައް

  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  • ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު

މަސައްކަތް:

  • ޑްރައިވިންގ ލައިސަންސް ހަދަން ހުށަހަޅާ ފަރާތްތަކުގެ މައުލޫމާތުތައް ވެރިފައިކޮށް ސިސްޓަމަށް އެންޓަކުރުން.
  • ޑްރައިވިންގ ލައިސަންސް ހަދަން ހުށަހަޅާ ފަރާތްތަކުގެ ތިއަރީ ޓެސްޓްދިނުން.
  • ޑްރައިވިންގ ލައިސަންސް ހަދަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތިއަރީ ޓެސްޓުން ފާސްވާ ފަރާތްތަކަށް އަމަލީ އިމްތިހާނު ދިނުމަށްޓަކައި އެފަރާތްތަކުގެ ލިސްޓް ތައްޔާރުކޮށް ޗެކްކުރުމަށްފަހު އެޕްލިކޭޝަންފޯމްތައް ލިސްޓާ އެޓޭޗްކޮށް އެގްޒަމިނަރުންނާ ލިސްޓް ޙަވާލުކުރުން.
  • ޑްރައިވިންގ ލައިސަންސްއާއި އޮޕަރޭޓިންގ ހުއްދަ ހެދުމަށް ހުށަހަޅާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމް ޗެކްކޮށް ވެރިފައި ކުރުމަށްފަހު ލައިސަންސް ކާޑު ޕްރިންޓްކުރުމާއި އޮޕަރޭޓިންގ ހުއްދަ ހެދުން.
  • ނިމިފައިހުރި ޑްރައިވިންގ ލައިސަންސްކާޑްތަކާއި އޮޕަރޭޓްކުރުމުގެ ހުއްދަތަކުގެ ލިސްޓް ތައްޔާރުކޮށް ޕެކް ކުރުމަށްފަހު ޑެލިވަރީ ކައުންޓަރާ ހަވާލުކުރުން.
  • ޓްރާންސްޕޯޓް އޮތޯރިޓީއާއި އަތޮޅުތަކުން ދޫކުރާ ޑްރައިވިންގ ލައިސަންސްއާއި އޮޕަރޭޓްކުރުމުގެ ހުއްދައިގެ ތަފާސް ހިސާބް ބެލެހެއްޓުން.
  • ޑްރައިވިންގ ލައިސަންސްއަށްއެދި ހުށަހަޅާ ފަރާތްތަކުގެ އެޕްލިކޭޝަންފޯމްތައް ފަސޭހައިން ފެންނާނެހެން ފައިލްކުރުން.
  • ޑްރައިވިންގ ލައިސަންސްއާއި ގުޅޭ ގޮތުން އޮފީހަށްލިބޭ އެންމެހައި ލިޔެކިޔުންތަކަށް ޖަވާބުދިނުން. އަދި ލައިސަންސާއި ބެހޭ އެންމެހައި ޑޮކިއުމެންޓްސްތައް ދުވަހުން ދުވަހަށް ފައިލްކުރުން.
  • ޑްރައިވިންގް ސްކޫލްގެ ލައިސަންސްދޫކުރުން އަދި ޑްރައިވިންގ ސްކޫލްތަކުގައި މަސައްކަތްކުރާ އިންސްޓްރަކްޓަރުންގެ ހުއްދަހަދައި ރިކޯޑްބެލެހެއްޓުން.
  • ޓެކްސީ ސެންޓަރުގެ ލައިސަންސްދޫކުރުން އަދި ޓެކްސީޑްރައިވަރުންގެ ޓެކްސީކުރުމުގެ ހުއްދަހެދުން.
  • ޑްރައިވިންގ އެގްޒަމިނަރުންގެ އެގްރިމެންޓްހެދުމާއި އެގްޒަމިނަރުންނަށް ދޭންޖެހޭ ފައިސާގެ ރިޕޯޓްތައްޔާރުކޮށް ފައިސާއާބެހޭ ސެކްޝަނަށްފޮނުވުން.

މަޤާމުގެ ޝަރުތުތައް

އަސާސީ ޝަރުތު

  • ސާނަވީ ނުވަތަ އެއާއި އެއް ފެންވަރުގެ އިމްތިޙާނަކުން 02 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއި އެކު، އޭގެ އިތުރުން ' ސެކަންޑްރީ ސްކޫލް' ނުވަތަ ' ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސާރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސާރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިއިދާރާގެ ވެބްސައިޓް www.transport.gov.mv  އަދި މިއޮތޯރިޓީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭ ގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ،  އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސާރވިސް އަށް / ސަރުކާރަށް ހިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތައުލީމީ ސެޓްފިކެޓް ކޮޕީ،

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

-          ޙާސިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

-          މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

-          ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން.

-          ކޮމްޕިއުޓަރ އަށް އަހުލުވެރިވެފައިވާ މިންވަރަށް ބަލައިގެން.

އިންޓަވިއު (އިމްތިހާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ އެބައިވެސް ހިމެނުން)

އިންޓަރވިއު ކުރުން:

 

 

 

 

ޝޯޓްލިސްޓް ކުރުން:

 

- މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުއާއެކު ޕްރެކްޓިކަލް އެއް ދޭނެއެވެ. އަދި އިންޓަރވިއު އޮންނާނީ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ ( ހުރަވީ ބިލްޑިންގ ގެ 01  ވަނަ ފަންގިފިލާ) ގައެވެ. އިންޓަރވިއު ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 29 ޖުލައި 2018 އިން ފެށިގެން 29 އޮގަސްޓް 2018 އާ ދެމެދު، މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގައެވެ.

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ފެންވަރާއި ތަޖުރިބާއަށް ބަލައި ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާރކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

މިމަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 29 ޖުލައި 2018 ގެ 14:00 ގެ ކުރިން، މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]  މެދުވެރިކޮށްވެސް ބަލައިގަނެވޭނެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ ، އެކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު:

-     ސިވިލް ސަރވިސްގެ ވަޒީފާ އަށް އެދޭ ފޯމް މި އޮތޯރިޓީގެ ކައުންޓަރުން ބަންދު ނޫން ކޮންމެ ދުވަހަކު 08:00 ން 14:00 އަށް ލިބެން ހުންނާނެއެވެ.

-  މީގެއިތުރުންވެސް މަޢުލޫމާތެއް ސާފްކުރައްވަން ބޭނުންވެލައްވާނަމަ، މި އޮތޯރިޓީގެ ގެ ނަމްބަރު: 3343420 / 3343421 އަށް ގުޅުއްވުން ނުވަތަ [email protected]   އަށް މެއިލް ކުރެއްވުން އެދެމެވެ.

 

 05 ޛުލްޤައިދާ       1439

 18 ޖުލައި           2018

18 ޖުލައި 2018