ދިވެހިރާއްޖެ
ކ.ހުރާ ޖިމަށް ބޭނުންވާ ބައެއް ތަކެތި ގަތުން
މި ކައުންސިލުން ޢިމާރާތްކޮށްފައިވާ ޖިމަށް ބޭނުންވާ ބައެއް ތަކެތި ގަތުމަށް ކޮށްފައިވާ މިއިދާރާގެ ނަންބަރ: IUL)334/334/2018/35
(05 ޖުލައި 2018) އިޢުލާނަށް އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށައަޅާފައި ނުވާތީ އެ އިޢުލާނު ބާޠިލްކޮށް އަލުން އިޢުލާނު ކުރަމެވެ.
ކ.ހުރާ ޖިމަށް ބޭނުންވާ ތަކެތި ވިއްކުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 30 ޖުލައި 2018ގެ 14:00ގެ ނިޔަލަށް މިއިދާރާގެ ނަންބަރ
6640074 ނުވަތަ 7993018 އަށް ގުޅުއްވާ މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު، 31 ޖުލައި 2018 ވާ އަންގާރަ ދުވަހުގެ 13:30 އަށް ހުރާ
ކައުންސިލްގެ އިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށައެޅުމަށް، ހުށައަޅާ ފަރާތްނޫން އެހެން ފަރާތެއް
ދުރުވާނަމަ، އަންދާސީ ހިސާބު ހުށައަޅާފަރާތުން ހުއްދަދީފައިވާކަން އެނގޭނެ ލިޔުމާއި އައިޑީކާޑުގެ ފޮޓޯކޮޕީއަކާއެކު ދުރުވުމަށް ދަންނަވަމެވެ.
ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.