މަޤާމު: އެސިސްޓެންޓް ޕްރޮޑަކްޝަން ޓެކްނީޝަން
|
މުސާރަ
|
މަހަކު -/6400 ރުފިޔާ
|
މަޤާމުގެ ރޭންކް
|
ޓީ.ޕީ 6
|
ބޭނުންވާ ޢަދަދު
|
01
|
މަސައްކަތް ކުރަންޖެހޭތަން
|
ޕަބްލިކް ސަރވިސް މީޑިއާ
|
ޑިޕާޓްމަންޓް
|
ޓީވީ ޕްރޮގްރާމް/ޓެކްނިކަލް ރިސޯސް މެނޭޖްމަންޓް
|
މަޤާމުގެ ބާވަތް
|
01 (އެކެއް) އަހަރު ދުވަހުގެ ކޮންޓްރެކްޓް
- މަސައްކަތުގެ ފެންވަރުބަލާ އިތުރު އަހަރަކަށް ކޮންޓްރެކެޓް އާކޮށް، ކުންފުނީގެ ސިޔާސަތާ އެއްގޮތްވާގޮތުގެ މަތިން ދާއިމީ ކުރެވޭނެއެވެ.
|
އިތުރު ޢިނާޔަތްތައް:
|
ސަރވިސް އެލަވަންސް: ވަޒީފާ އަށް ނިކުންނަ ކޮންމެ ދުވަހަކަށް -/100ރުފިޔާ
އިތުރުގަޑީގެ މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
|
މަޤާމުގެ ޝަރުތު:
|
ޖީ.ސީ.އޯ އޭ ލެވެލް އިމްތިހާނުން 2(ދޭއް) މާއްދާއިން ފާސްވެފައިވުން ނުވަތަ ޖީ.ސީ.އީ އޯލެވެލް އިމްތިހާނުން 4(ހަތަރެއް) މާއްދާއިން ފާސްވެފައިވުމާއެކު މަޤާމާއި ގުޅޭ ދާއިރާއިން 1 (އެކެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ 6 (ހައެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ވީޑިއޯ އެޑިޓްކުރުމާއި ޝޫޓިންގ އަދި ރެކޯރޑިންތަކުގައި ސައުންޑް ހެދުން
- ޚަބަރާއި ޕްރޮގްރާމްތަކަށް އަދި ބޮޑެތި އިވެންޓްތައް ރިކޯޑްކުރުމާއި އައުޓްޑޯ ޝޫޓިންގތައް ރެކޯޑްކުރުމުގެ އެންމެހާ މަސައްކަތްކުރުން
- ކޮންޓެންޓް އުފެއްދުމުގެ ބޭނުމަށް ނުވަތަ ވަގުތުން ގެނެސްދިނުމަށް ނެގޭ ކޮންމެ އަޑަކީ، ސައުންޑް ނެގުމުގެ ފަންނީ އަދި ޢިލްމީ މިންގަނޑުގެ ތެރޭގައި ނެގޭ ސައުންޑަކަށް ހެދުމަށް މަސައްކަތްކުރުން
- ތަފާތު ތަންތާނގައި ތަފާތު ޙާލަތްތަކުގައި، ބޭނުންކުރާ އެންމެހާ ތަކެތި އެންމެ ރައްކާތެރި ގޮތުގައި އުފުލުމާއި ގެންގުޅުމާއި ބެލެހެއްޓުމާއި ގެންގުޅުމުގައި ޒިންމާވުން
- ވަޒީފާއާއި ގުޅުން ހުރި މަސައްކަތް ކުރުމަށް މާލެއިން ބޭރުގައި މަސައްކަތް ކުރުން.
- ސްޓޫޑިއޯތަކާއި ލޮކޭޝަންތަކުގައި ރެކޯޑްކުރެވޭ މަލްޓި ކެމެރާ ރެކޯޑިންގ، ކަޓްސުވިޗް ބޭނުންކޮށްގެން ކޮންޓެންޓާއި އެފަދަ ތަންތަނުން ލައިވްކުރެވޭ ވީޑިއޯ ކޮންޓެންޓްރެކޯޑްކުރުމުގެ މަސައްކަތްކުރުން
|
ވަޒީފާ އަށް އެންމެ ގާބިލް ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
|
- ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ
- މަސައްކަތާއި ގުޅޭ ގޮތުން އުފެއްދުންތެރި ޚިޔާލުތަކާއި އާވިސްނުންތައް ހުރި މިންވަރު
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް އެދޭ ކަމުގެ ސިޓީއާއި ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާސްންކްރިޕްޓްތަކުގެ ކޮޕީ. (ރާއްޖެއިން ބޭރުން ހަދާފައިވާ ކޯހެއްނަމަ ސެޓްފިކެޓް ހުށަހަޅަންވާނީ ދިވެހިރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކުރުމަށް ފަހުގައެވެ.)
- ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ އާއި ޕާސްޕޯރޓް ސައިޒު ގެ 1 ފޮޓޯ
- ޕޮލިސް ރިޕޯޓް
- ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން.
|
އިންޓަވިއު ކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން:
|
- އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
|
ސުންގަޑި
|
މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 2018 ޖުލައި 25 ވަނަ ދުވަހުގެ 16:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/career އަށް ލިއުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ.
|
އިތުރު މަޢްލޫމާތު:
|
މަޢުލޫމާތު ހޯއްދެވުމަށް ,30002683000210 އާއި ގުޅުއްވުން އެދެމެވެ.
|