ކުއްޔަށް ދިނުން
ނަންބަރު: (IUL)374-C/374/2018/84
ޕަބްލިޝްކުރި ތާރީޚް: 17 ޖުލައި 2018
ޕަބްލިޝްކުރި ގަޑި: 15:32
ސުންގަޑި: 29 ޖުލައި 2018 11:00
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސްލިޕްވޭ ހެދުމަށް ބިން ކުއްޔަށް ދޫކުރުން

އިޢުލާނު

ސްލިޕްވޭ ހެދުމަށް ބިން ކުއްޔަށް ދޫކުރުން

ނިލަންދޫ އިޤްތިޞާދީ ސަރަޙައްދުގެ ގޮތުގައި ކަނޑައަޅާފައިވާ ބިމުން ސްލިޕްވޭގެ މަސައްކަތަށް ކުއްޔަށް ބިން ދޫކުރުމަށް މިކައުންސިލުން 2018 ޖުލައި 03 ގައި ކޮށްފައިވާ ނަންބަރު (IUL)374-C/374/2018/79 އިޢުލާނާއި ގުޅިގެން ކަނޑައެޅިފައިވާ ޢަދަދަށް މަޢުލޫމާތު ސާފު ކުރުމަށް މީހުން ވަޑައިގެންފައި ނުވާތީ އެއިޢުލާނު ބާޠިލްކޮށް އަލުން އެބިން ކުއްޔަށް ދޫކުރުމަށް އިޢުލާނު ކުރަމެވެ.

ވީމާ، ބިން ހޯއްދުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2018 ޖުލައި 29 ވަނަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު، 2018 އޮގަސްޓް 06 ވަނަ ދުވަހުގެ 11:00 އަށް ބިޑް ހުށަހެޅުއްވުން އެދެމެވެ. ބިޑް ހުށަހަޅުއްވާނީ މިއިދާރާއިން ދޫކުރާ ފޯމުގައެވެ. ބިޑް ހުށަހަޅުއްވާއިރު އެންމެ ކުޑަ އަގެއްގެ ގޮތުގައި ހުށަހެޅޭނީ ބިމުގެ އަކަފޫޓަކަށް މަހަކު 15 (ފަނަރަ) ލާރިއެވެ.

ހަމަޖެހިފައިވާ ގަޑިއަށް ވަޑައިގެން މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކަށް ބިޑް ހުށަހެޅުއްވުމުގެ ފުރުޞަތެއް ނޯންނާނެއެވެ. އަދި ބިޑް ހުށަހަޅުއްވަންޖެހޭ ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ބިޑްތައް ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ. ބިޑް އޮންނަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި "ސްލިޕްވޭ ހެދުމަށް ބިން ކުއްޔަށް ހިފުންއެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

19 ޝައްވާލު 1439

03  ޖުލައި  2018                                                     

މުޙައްމަދު ޖަލީލު

ފ. ނިލަންދޫ ކައުންސިލްގެ ރައީސް

17 ޖުލައި 2018