ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)113-HRAD/1/2018/71
ޕަބްލިޝްކުރި ތާރީޚް: 17 ޖުލައި 2018
ޕަބްލިޝްކުރި ގަޑި: 14:24
ސުންގަޑި: 23 ޖުލައި 2018 15:30
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :މެނޭޖަރ
ބޭނުންވާ އަދަދު :1

މުސާރަ:

މަހަކު -/6،880 ރުފިޔާ (ޕްރޮބޭޝަން މުއްދަތުގައި -/5،504 ރުފިޔާ)

އެހެނިހެން އިނާޔަތްތައް:

6،000ރ– 7،000ރ  އާއި ދެމެދުގެ އަދަދެއް ލިބޭނެ.

އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހޭނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ޝަރުތު:

- ބިޒްނަސް އެންޑް މެނޭޖްމަންޓް ދާއިރާއިން ޑިގްރީ ހާޞިލް ކޮށްފައިވާ ފަރާތަކަށް ވުން އަދި މަސައްކަތާއި ގުޅޭ ދާއިރާއަކުން 02 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

- ބިޒްނަސް އެންޑް މެނޭޖްމަންޓް ދާއިރާއިން ޑިޕްލޮމާ ހާޞިލް ކޮށްފައިވާ ފަރާތަކަށް ވުން އަދި މަސައްކަތާއި ގުޅޭ ދާއިރާއަކުން 04 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

- މާލެ އާއި ހުޅުމާލެ ދެމެދު ކުރާ ބަހުގެ ޚިދުމަތް ތަކުގެ މަސައްކަތް ކޯޑިނޭޓްކޮށް ބެލެހެއްޓުން.

-  މާލެ އާއި ހުޅުމާލެ ދެމެދު ކުރާ ބަހުގެ ޚިދުމަތްތަކަށް ލިބޭ އާމްދަނީގެ ފައިސާ ދުވަހުން ދުވަހަށް ޖަމާކޮށްފައިވޭތޯ ބެލުމަށްފަހު، ރިޕޯޓް ތައްޔާރުކޮށް ޑިޕާޓްމަންޓް ވެރިޔާ އަށް ރިޕޯޓް ކުރުން.

-  ބަހުގެ ޚިދުމަތާއި ގުޅުން ހުރި އިދާރީ މަސައްކަތްތައް ރާވާ ބެލެހެއްޓުން.

- ބަހުގެ ޚިދުމަތާއި ގުޅުންހުރި އެހެނިހެން މަސައްކަތާއި މަސްޢޫލިއްޔަތު ރާވާ ހިންގުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ރޭވުން.

މަޤާމް :އިންޖިނިއަރ
ބޭނުންވާ އަދަދު :1

މުސާރަ:

މަހަކު -/ 6،880 ރުފިޔާ (ޕްރޮބޭޝަން މުއްދަތުގައި -/5،504 ރުފިޔާ)

އެހެނިހެން އިނާޔަތްތައް:

6،000ރ– 7،000ރ  އާއި ދެމެދުގެ އަދަދެއް ލިބޭނެ.

އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހޭނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

 

ޝަރުތު:

- އޮޓޯ މޮބައިލް ނުވަތަ މެކޭނިކަލް އިންޖިނިއަރިންގ ދާއިރާއިން ޑިޕްލޮމާއެއް އޮތުން އަދި މަދުވެގެން 05 އަހަރު ދުވަހު ވެހިކަލް ރިޕެއަރ ކުރުމުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

-  ބްރިޖް ޓްރާންސްޕޮޓޭޝަން ގައި ބޭނުންކުރާ ބަސްތަކުގެ މަރާމާތުގެ އެންމެހާ މަސައްކަތްތައް ރާވާ ހިންގާ އަދި މެއިންޓަނަންސްކޮށް ބެލެހެއްޓުން

 

 

މަޤާމް :ޓެކްނީޝަން
ބޭނުންވާ އަދަދު :3

މުސާރަ:

 މަހަކު -/4580 ރުފިޔާ (ޕްރޮބޭޝަން މުއްދަތުގައި -/3664 ރުފިޔާ)

އެހެނިހެން އިނާޔަތްތައް:

5،500ރ – 6،500ރ އާއި ދެމެދުގެ އަދަދެއް ލިބޭނެ.

އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހޭނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

 

ޝަރުތު:

- އިންޖިނިއަރިންގ ދާއިރާއިން ސެޓްފިކޭޓް ލެވެލް ކޯހެއް ފުރިހަމަކޮށްފައިވުން ނުވަތަ އޮޓޯ މޮބައިލް ރިޕެޔަރ ކުރުމުގެ ދާއިރާއިން މަދުވެގެން 01 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

- ބްރިޖް ޓްރާންސްޕޮޓޭޝަން ގައި ބޭނުންކުރާ ބަސްތަކުގެ އެންމެހާ މަރާމާތުގެ މަސައްކަތް އިންޖިނިއަރުންގެ އިރުޝާދުގެ ދަށުން ކުރުމާއި އަދި މަރާމާތު ކުރުމަށް ބޭނުންކުރާ ޓޫލްސްފަދަ ތަކެތި ފަރުވާތެރިކަމާއި އެކު ބެލެހެއްޓުން

މަޤާމް :އެސިސްޓެންޓް އޮފިސަރ
ބޭނުންވާ އަދަދު :25

މުސާރަ:

 މަހަކު -/5380 ރުފިޔާ (ޕްރޮބޭޝަން މުއްދަތު ހަމަވުން -/4،304ރުފިޔާ)

އެހެނިހެން އިނާޔަތްތައް:

5،500ރ – 6،500ރ އާއި ދެމެދުގެ އަދަދެއް ލިބޭނެ.

އިތުރުގަޑީގައި އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހިއްޖެނަމަ  ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ޝަރުތު:

- ޖީ.ސީ.އީ އޭލެވެލް ނިންމާފައިވުން

ނުވަތަ

- ޖީ.ސީ.އީ އޯލެވެލް ދެ މާއްދާއިން ފާސްވެފައިވުމާއި އެކު 02 އަހަރު ދުވަހު ތަޖުރިބާ ލިބިފައިވުން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

-  ކުންފުނީގެ އުޞޫލާތަކާއި އެއްގޮތްވާ ގޮތުގެ މަތިން ދަތުރުފަތުރުގެ ޚިދުމަތްތަކުގެ ފައިސާ ބަލައިގަތުމާއި ކުންފުންޏަށް ލިބޭ ފައިސާގެ ހިސާބު ، ޤާވާޢިދުތަކާއި އެއްގޮތަށް  ބެލެހެއްޓުން.

- ދަތުރުފަތުރުގެ ޚިދުމަތްތަކާއި ގުޅޭގޮތުން ތައްޔާރުކުރަންޖެހޭ ފައިސާ އާއި ގުޅުންހުރި ރިޕޯޓްތައް ތައްޔާރުކުރުން

- ޔުނިޓްގެ އެންމެހައި އިދާރީ، ޕްރޮކިޔުމަންޓް އަދި ހިޔުމަން ރިސޯސްގެ މަސައްކަތްތައް ކުންފުނީގެ އުޞޫލާތަކާއި އެއްގޮތްވާ ގޮތުގެ މަތިން ބެލެހެއްޓުން.

މަޤާމް :ޑްރައިވަރ (ބަސް)
ބޭނުންވާ އަދަދު :45

މުސާރަ:

މަހަކު -/ 4،980 ރުފިޔާ (ޕްރޮބޭޝަން މުއްދަތުގައި -/3،984 ރުފިޔާ)

އެހެނިހެން އިނާޔަތްތައް:

4،500ރ– 5،500ރ  އާއި ދެމެދުގެ އަދަދެއް ލިބޭނެ.

އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހޭނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ޝަރުތު:

- B0 ނުވަތަ B2 ކެޓަގަރީގެ ލައިސެންސް އޮތުން

- ޝިފްޓް އުޞޫލުން މަސައްކަތް ކުރެވޭނެ ފަރާތެއްކަމުގައިވުން.

-  ސިއްޙީ ޤާބިލްކަން ލިބިފައިވާ ފަރާތެއް ކަމުގައި ވުން

-  ޕެސެންޖަރުންނަށް އިޙުތިރާމާއިއެކު މުޢާމަލާތު ކުރުމުގެ ހުނަރު ލިބިފައިވުން

-  ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ލިޔަން ކިޔަން އެގުން.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

 

- ކުންފުނީގެ ކަނޑައަޅާ އުޅަނދެއްގެ އިސް މީހެއްގެ ގޮތުގެ ޒިންމާނަގައި، ކުންފުނިން އަންގާ ޝެޑިއުލާއި އެއްގޮތަށް ޕެސެންޖަރުންނާއި އުޅަނދުގެ ސަލާމަތްތެރިކަމާއި އެކު ދަތުރުކުރުން.

މަޤާމް :ބަސް އެޓެންޑަންޓް
ބޭނުންވާ އަދަދު :45

މުސާރަ:

 މަހަކު -/3970 ރުފިޔާ (ޕްރޮބޭޝަން މުއްދަތު ހަމަވުން -/3،176 ރުފިޔާ)

އެހެނިހެން އިނާޔަތްތައް:

4،500ރ– 5،500ރ  އާއި ދެމެދުގެ އަދަދެއް ލިބޭނެ.

އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހޭނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

 

ޝަރުތު:

- ގްރޭޑް 08ގެ ފެންވަރު ނުވަތަ މިފަދަ ދާޢިރާއެއްގައި އުޅެ ތަޖުރިބާ ލިބިފައިވުން.

- ޝިފްޓް އުޞޫލުން މަސައްކަތް ކުރެވޭނެ ފަރާތެއްކަމުގައިވުން.

- ޕެސެންޖަރުންނަށް އިޚުތިރާމާއިއެކު މުޢާމަލާތު ކުރުމުގެ ހުނަރު ލިބިފައިވުން

- ސިއްޚީ ޤާބިލްކަން ލިބިފައިވާ ފަރާތެއް ކަމުގައި ވުން.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

- ބަހުގެ ޚިދުމަތަށް ނަގަންޖެހޭ ފައިސާ ނެގުމުގެ މަސައްކަތާއި ބަސްތައް ސާފުކުރުން

މަޤާމް :ޕޯޓާރސް
ބޭނުންވާ އަދަދު :15

މުސާރަ:

މަހަކު -/ 3,840 ރުފިޔާ (ޕްރޮބޭޝަން މުއްދަތުގައި -/3،072 ރުފިޔާ)

 

އެހެނިހެން އިނާޔަތްތައް:

4،500ރ– 5،500ރ  އާއި ދެމެދުގެ އަދަދެއް ލިބޭނެ.

އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހޭނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ޝަރުތު:

-  ގްރޭޑް 08ގެ ފެންވަރު ނުވަތަ މިފަދަ ދާޢިރާއެއްގައި އުޅެ ތަޖުރިބާ ލިބިފައިވުން

-  ޝިފްޓް އުޞޫލުން މަސައްކަތް ކުރެވޭނެ ފަރާތެއްކަމުގައިވުން.

-  ސިއްޚީ ޤާބިލްކަން ލިބިފައިވާ ފަރާތެއް ކަމުގައި ވުން

-  ޕެސެންޖަރުންނަށް އިޙުތިރާމާއިއެކު މުޢާމަލާތު ކުރުމުގެ ހުނަރު ލިބިފައިވުން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

- ބަހަށް މުދާ އަރުވައި ބޭލުމުގެ އެންމެހައި މަސައްކަތް ކުރުން.

-  މަސައްކަތް ކުރުމުގައި މުދަލާއި ތަކެއްޗަށް ގެއްލުން ނުލިބޭ ގޮތަށް ފަރުވާތެރިކަމާއި އެކު މަސައްކަތްކުރުން.

- ސުޕަވައިޒަރުންގެ އިރުޝާދާއި އެއްގޮތަށް މުދަލަށް ސަމާލުވެ މަސައްކަތް ކުރުން.

 މަސައްކަތްކުރަންޖެހޭ ތަން:

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

މަސައްކަތްކުރަންޖެހޭ ވަގުތު:

ދަންފަޅި އުޞޫލުން (ދުވާލަކު 08 ގަޑިއިރު)

ސުންގަޑި                

2018 ޖުލައި 23 ވާ ހޯމަ ދުވަހުގެ 15:30ގެ ކުރިން.

 

 

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި:

 

- މަޤާމަށް އެދިހުށަހަޅާ ފޯމް

- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރާއި އެކު ވަޒީފާގައި އުޅުނުކަމުގެ ލިޔެކިޔުންތައް

 

ހުށަހަޅަންޖެހޭ އޮފީސް:

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (ޕޯޓް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު)

ވަޒީފާއަށް  އެދޭ  ފޯމް  މިކުންފުނީގެ ރިސެޕްޝަންގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.  އަދި މި  ކުންފުނީގެ ވެބްސައިޓް www.port.com.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު: 3329339 ފެކްސް: 3325293

އީމެއިލް: [email protected]

 

ނޯޓް: މި އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކު ގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އަދި ބަޔާންކުރެވިފައިވާ މަޢުލޫމާތުތައް ފުރިހަމަނުވާ ސިޓީ، ފެކްސް އަދި އީމެއިލްތައް ބާޠިލްކުރެވޭނެ އެވެ.

17 ޖުލައި 2018