ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)142-A1/142/2018/37
ޕަބްލިޝްކުރި ތާރީޚް: 17 ޖުލައި 2018
ޕަބްލިޝްކުރި ގަޑި: 10:59
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ރައްޔިތުންނަށް ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ހަދިޔާކުރެއްވި ކަދުރު ބެހުމާބެހޭ

ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމަކަށް ވީހިނދު، ދިވެހިރާއްޖޭގެ ރައްޔިތުންނަށް ބެއްސެވުމަށް ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ދެއްވާ ކަދުރު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް 16 ޖުލައި 2018 ވީ ހޯމަ ދުވަހު ވަނީ ޙަވާލުކުރައްވާފައެވެ.

މާލެ ސިޓީއާއި، އައްޑޫ ސިޓީއާއި، ފުވައްމުލަކު ސިޓީ އަދި އަތޮޅުތަކުގެ ރަށްރަށަށް ކަދުރު ބަހާނީ، ކޮންމެ ގޭބިސީއަކަށް 1 ޕަކެޓް ކަދުރު ދޭ އުޞޫލުންނެވެ. ގޭބީސީތަކަށް ކަދުރު ބަހާނީ، އެ ގޭބީސީއެއްގެ ސައްޙަކަން އަންގައިދޭ ލިޔުމެއް ގެންނެވުމުން، އެ ލިޔުމުގެ ސައްޙަކަމަށް ބެލުމަށްފަހު، ސައްޙަ ލިޔުމަކަށް 1 ޕަކެޓް ކަދުރެވެ.

ހ. ގޭބީސީއެއްގެ ސައްޙަކަމަށް ކަނޑައަޅާ ލިޔުމަކީ ކުއްޔަށް ހިފައިގެން ދިރިއުޅޭ ތަނުގެ ދެފަރާތުން ސޮއިކޮށްފައިވާ އެއްބަސްވުމުގެ އަސްލު ނުވަތަ އެގޭބިސީއެއް ނިސްބަތްވާ ޢިމާރާތުގެ ގޯތީގެ ރަޖިސްޓްރީގެ އަސްލު ނުވަތަ ގޭގެ ޢިމާރާތުގެ ގޯތީގެ ރަޖިސްޓްރީގެ އަސްލު؛

ށ. ކަދުރާ ޙަވާލުވާ ބޭފުޅެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު؛

މިގޮތުން، މާލެއާއި، ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކަދުރު ބަހާނީ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް މެދުވެރިކޮށް ހުކުރު ދުވަސް ނޫން ކޮންމެ ދުވަހަކު ހެނދުނު 09:00 އިން 18:00 އަށެވެ. އަދި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކަދުރު ބަހާނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން މެދުވެރިކޮށެވެ. އަދި ރަށްރަށަށް ނުވަތަ އަތޮޅުތެރެއަށް ކަދުރު ބަހާނީ، އަތޮޅު ކައުންސިލްތަކުންނާއި، ރަށު ކައުންސިލްތައް މެދުވެރިކޮށެވެ. އެހެންކަމުން، ރަސްމީ ބަންދު ނޫން ދުވަސްތަކުގެ ހެނދުނު 9:00 އިން 13:00 އަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް ކަދުރާ ޙަވާލުވުމަށް ކައުންސިލްތަކުން ފޮނުއްވުމަށް ދަންނަވަމެވެ.

ކަދުރު ބަހާނީ 17 ޖުލައި 2018 ވަނަ ދުވަހުން ފެށިގެން ލިބިފައިވާ ކަދުރު ހުސްވަންދެންނެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާނު ކުރަމެވެ.

04 ޛުލްޤައިދާ 1439

17 ޖުލައި 2018

 

ނޯޓް: ދިވެހިރާއްޖޭގެ ރައްޔިތުންނަށް ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ހަދިޔާކުރެއްވި ކަދުރު ބެހުމުގެ އުޞޫލު މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިޢުކުރެވިފައި ވާނެއެވެ.

17 ޖުލައި 2018