ވަޒީފާގެ ފުރުޞަތު
ނަންބަރު: H4-SM/2018/02
ޕަބްލިޝްކުރި ތާރީޚް: 16 ޖުލައި 2018
ޕަބްލިޝްކުރި ގަޑި: 14:20
ސުންގަޑި: 24 ޖުލައި 2018 13:30
ތުލުސްދޫ ޞިއްޙީ މަރުކަޒު، ކ. ތުލުސްދޫ
ދިވެހިރާއްޖެ
މަސައްކަތު

 

މިމަރުކަޒުގައި މިދަންނަވާ މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހެކެވެ.

މަޤާމު

މަސައްކަތު

މަޤާމުގެ ނަންބަރު

J-254133

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

އެސް.އެސް.1

މަޤާމުގެ ކްލެސިފިކޭޝަން

ސަޕޯރޓް ސްޓާރފް ގްރޭޑް 1

ޑިވިޝަން / ސެކްޝަން

އެޑްމިނިސްޓްރޭޝަން ސެކުޝަން

މަޤާމު އޮތް އޮފީސް

ތުލުސްދޫ ޞިއްޙީމަރުކަޒު/ ކ.ތުލުސްދޫ

ވަޒީފާ އަދާކުރަންޖެހޭ ތަން

ތުލުސްދޫ ޞިއްޙީމަރުކަޒު/ ކ.ތުލުސްދޫ

މުސާރަ

-/3100 ރުފިޔާ

ސަރވިސް އެލަވަންސް

1000/- ރުފިޔާ

އެހެނިހެން އެލަވަންސް

1-      ސަޕޯޓިންގ ކޯ އެލަވަންސް -/1200 ރުފިޔާ

2-      ސިވިލް ސާރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާ ގެ ޙިދުމަތް

3-      ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަނާބެހޭ ޤާނޫނުގެ ޚިދުމަތް .

4-      ސިވިލް ސާރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

5-      ސިވިލް ސާރވިސްގެ މުވައްޒަފުންނަށް   ރިސްކް އެލަވަންސް

6-      ސިވިލް ސާރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ޝިފްޓް ޑިއުޓީ އެލަވަންސް.

މީގެ އިތުރުން މަޤާމަށް ކަޑައެޅިފައިވާ އެހެނިހެން އިނާޔަތްތައް.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ޞިއްޙިމަރުކަޒު ސަރަހައްދު ކޮށްމެދުވަހަކު މަދުވެގެން އެއްފަހަރު ކުނިކަހާ ސާފްކޮށް ބެލެހެއްޓުމާއި ،ޞިއްހީމަރުކަޒުގެ އިމާރާތްތައް ސާފްކޮށް ބެލެހެއްޓުން.
  2. ޞިއްޙީމަރުކަޒުގެ ގޯތިތެރެ ފެހިކޮށް ބޭއްވުމަށްޓަކައި ގަސްހައްދާ ބެލެހެއްޓުން، ފެންދީ ބެލެހެއްޓުމާއި ގަސްހައްދާފައިވާ މުށިތައް / ބާލިދި ފަދަ ތަކެއްޗަށް ކޮށްމެ ދުވަހަކު ފެންދިނުން.
  3. ހިފާގެންގުޅޭ ސާމާނު ( ތަފާތު މަސައްކަތުގައި ބޭނުންކުރާ ސާމާނު ) ދަބަރު ޖެހިޔަނުދީ ސާފްކޮށް ބެލެހެއްޓުމާއި މަސައްކަތް ކުރުމަށް ބޭނުންކުރާ ސާމާނު ބޭނުންކޮށް ނިމުމަށްފަހު ކަނޑައަޅާފައިވާ ތަނުގައި ރައްކާތެރިކަމާ އެކު ބެހެއްޓުން.
  4. މަރުކަޒުގައި އުފެދޭ ކުނިބުނި ރައްކާތެރިކަމާއެކު ނައްތާލުން. ( އެފަދަކުނިބުނި އުކާލުމަށް ޚާއްޞަކުރެވިފައިވާ ސަރަހައްދުތަކަށް ގެންގޮސް އުކާލުން )
  5. ޞިއްޙީމަރުކަޒުން ހިންގާ ވަޅު / ބޯފެންވަޅު ، ތާންގި ފަދަ ތަކެތި ކްލޮރިނޭޓްކުރުމުގެ ޕްރޮގްރާމްގައި ހެލްތް އޮފިސަރުންގެ ބެލުމުގެ ދަށުން ޙަރަކާތްތެރިވުން.
  6. މަރުކަޒުގެ އިދާރީ ބޭނުމަށް މަރުކަޒަށް މީހުން ހާޟިރީކުރުމާއި އޮފީސްތަކަށް އަދި އާއްމު ފަރާތްތަކަށް ފޯރުކޮށްދޭންޖެހޭ ލިޔެކިޔުންތައް ފޯރުކޮށްދިނުމަށް ވެރިން އަންގަވާ ގޮތެއްގެ މަތިން މަސައްކަތް ކުރުން.
  7. އޮފީހުން އަންގަވާ ގޮތެއްގެ މަތިން މަރުކަޒުގެ ދިދަނަގާ ތިރިކުރުން.
  8. އެޓެންޑެންޓެއް ނެތިދާ ވަގުތުތަކުގައި އެޓެންޑެންޓާއި ޙަވާލު ކުރެވިަފއިވާ ޞިއްޙިމަރުކަޒުގެ އެތެރެ ސާފްކުރުމުގެ ކަންތައްތައް ބެލެހެއްޓުން.
  9. ލޯންޑްރީގައި މަސައްކަތް ކުރާނެ މީހަކުނެތް ޙާލަތެއްގައި އެއްޗެހި ދޮވެ ސާފްކޮށް ބެލެހެއްޓުން.
  • މީިގެ އިތުރުން އެހެން މުވައްޒަފުންގެ މަސައްކަތުގައި ބަވެރިވެ އެޙީތެރިވުމާއި / އެޑްމިން ސެކުޝަނުން އަންގަވާ ކަންތައްތައް ކުރުން

މަޤާމުގެ ޝަރުތުތައް

  1. ލިޔަން ކިޔަން އެގުން

ނޯޓް : ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ  ދަށްވެގެން ގްރޭޑް 5 ނިންމި ކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަންކިޔަން އެގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިޔުމަށް ބަލައިގެންނެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސާރވިސްގެ ވަޒީފާއަށް އެދޭ ފޯމު(މިފޯރމް ސިވިލް ސާރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިމަރުކަޒުގެ އިދާރާއިން ލިބެން ހުންނާނެއެވެ.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރ އާއި އީ މެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވެލް ކަނޑައަޅާފައިވާ ރާއްޖޭންބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ

(ށ) މަތީ ތައުލީމް ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސް ކްރިޕްޓްގެ ކޮޕީ   ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ ، އެ ސެޓްފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަރުޖިބާގެ ލިޔުންތަކުގެ ކޮޕީ.

 (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެގައި ވަޒީފާ އަދާކޮށްފައިވާ ވަޒީފާ ،އަދި ވަޒީފާގެ މުއްދަތާއި ވަޒީފާގެ މަސްޢޫލިއްޔަތު ބަޔާންކޮށް   އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ ،  ވަޒީފާއަދާކުރިމުއްދަތާއި ވަޒީފާގެ މަސްޢޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގާދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

1.ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

ވަޒީފާއަށް އެދޭފޯމު ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 08:00 ން މެނދުރު ފަހު 14:00 ށް ތުލުސްދޫ ޞިއްޙީމަރުކަޒު އޮފީހުން ލިބިލައްވާނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 24 ޖުލައި 2018 ވާ އަންގާރަ ދުވަހު 13:30 ގެ ކުރިން، ތުލުސްދޫ ޞިއްޙީމަރުކަޒުގެ އިދާރީ ސެކުޝަނަށެވެ.

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު

(ހ) މިމަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ 29 ޖުލައި 2018 އާއި 06 އޮގަސްޓް 2018 އާއި ދެމެދު ތުލުސްދޫ ޞިއްޙީމަރުކަޒުގެ އިދާރީ ސެކުޝަނުގައެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން  ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް   ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

%25

އިތުރު މަޢުލޫމާތު

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6640090 ނަންބަރު ފޯނަށެވެ. ( ރަސްމީ ބަންދު ނޫން ކޮށްމެ ދުވަހެއްގެ ހެދުނު 8:00 އިން 14:00 އަށް ބޭނުންފުޅުވާ މަޢުލޫމާތު ލިބިވަޑައި ގަންނަވާނެއެވެ.

16 ޖުލައި 2018