ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)BAH-AHR/BAH/2018/22
ޕަބްލިޝްކުރި ތާރީޚް: 16 ޖުލައި 2018
ޕަބްލިޝްކުރި ގަޑި: 11:01
ސުންގަޑި: 25 ޖުލައި 2018 13:00
ބ.އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު ( ކޭޝިއަރ )

             ބ. ތުޅާދޫ ޞިއްޙީމަރުކަޒުގެ  ކޭޝިއަރގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މަޤާމު

ކޭޝިއަރ

މަޤާމުގެ ނަންބަރު

J-279059

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

ޖީ.އެސް.3 .

މަޤާމުގެ ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން

ބ. ތުޅާދޫ ޞިއްޙީމަރުކަޒު / ބ. ތުޅާދޫ 

މުސާރަ

-/4465ރ ( ހަތަރުހާ ހަތަރުސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ )

ސަރވިސް އެލަވަންސް

-/1500ރ ( އެއްހާސް ފަސްސަތޭކަ ރުފިޔާ)

އެހެނިހެން އެލަވަންސް:

- ސަޕޯޓިންގް ކޯ އެލަވަންސް (މަހަކު -/700 ރުފިޔާ)

- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުންއިތުރުގަޑީގެ ފައިސާ އާއި އެހެނިހެން އެލަވަންސްތައް.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

މައިގަނޑު މަސައްކަތްތައް

  1. ޞިއްޙީމަރުކަޒުގެ ބަޖެޓަށް ލިބޭ ފައިސާއިން ކުރަންޖެހޭ ޚަރަދުތައް މާލިއްޔަތާބެހޭ ގަވާއިދާ އެއްގޮތަށް ކުރުން
  2. އާސަންދަ، އެލައިޑް އިންވޮއިސްތައް ތައްޔާރުކޮށް ކަމާބެހޭ ފަރާތަށް ފޮނުވަންޖެހޭ ތަރީޚަށް ފޮނުވުން
  3. އާސަންދައިގެ ދަށުން ޚިދުމަތްހޯދާ ފަރާތްތަކުގެ ބިލްތައް ހޯދާ ކަނޑައެޅިފައިއޮންނަ ތާރީޚަށް އާސަންދައަށް ނުވަތަ މަރުކަޒުން ކަނޑައަޅާ ތަނަކަށް ފޮނުވުން، އަދި ފައިސާ ނުލިބޭ ބިލްތަކަށް ފައިސާ ހޯދުމަށް މަސައްކަތްކުރުން
  4. އާމްދަނީގެ ގޮތުގައި ލިބޭފައިސާ ކަނޑައެޅިފައިވާ ދުވަހަށް ޖަމާކުރުމާއި، އޭގެ ރިކޯރޑްތައް ބެލެހެއްޓުން
  5. އާމްދަނީގެ ގޮތުގައި ލިބެންޖެހޭ ފައިސާގެ ތެރެއިން ނުލިބޭ ފައިސާ ހޯދުމަށް އިސްވެރިޔާގެ ލަފާގެމަތިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން
  6. ފައިސާ ނަގަންޖެހޭ ޗެކްތަކަށް ފައިސާ ނެގުމާއި، ، ފައިސާ ހަވާލުކުރަންޖެހޭ ފަރާތްތަކަށް ހަވާލުކުރުން
  7. ބަޖެޓުން ތައްޔާރުކުރާ ރިޕޯޓްތައް ތައްޔާރުކުރުމުގައާއި، މުސާރަޝީޓް ތައްޔާރުކުރުމުގައި އެހީތެރިވުމާއި، ފޮނުވަން ޖެހޭ ތާރީޚަށް ފޮނުވުމަށް އެހީތެރިވުން، އަދި މުސާރަ ސްލިޕް ތައް މުވައްޒަފުންނާ ހަވާލުކުރުން
  8. ފައިސާގެ ކަންތަކާއި ގުޅޭގޮތުން ފޮނުވަންޖެހޭ ލިޔެކިއުންތައް ކަމާބެހޭ ފަރާތްތަކަށް ފޮނުވުމާއި، އަދި ފައިސާއާއި ގުޅުންހުރި ލިއުންތައް ފައިލްކޮށްބެލެހެއްޓުން
  9. ފައިސާ ލިބޭ ކަންތައްތަކުގެ ރެކޯޑްތައް ބެލެހެއްޓުން
  10. ރިސެޕްޝަނިސްޓް ނެތިދާ ވަގުތު ތަކުގައި ރިސެޕްޝަނިސްޓްގެ މަސައްކަތްކުރުން

މަޤާމުގެ ޝަރުތުތައް

ސާނަވީ ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދާސްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓިފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދައްވެގެން 'ސީ' ގްރެޑް ލިބިފައިވުން

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ  www.csc.gov.mv ވެބްސައިޓުންނާއި،  ބ. އަތޮޅު ހޮސްޕިޓަލުގެ ރިސެޕްޝަނުންނާއި، ތުޅާދޫ ޞިއްޙީމަރުކަޒުގެ ރިސެޕްޝަނުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި،ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1- ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

 2-  މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.

 3-  ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

 4-  ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށްއެދޭ އިމްތިހާނަށް ބަލައިގެން

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 25 ޖުލައި 2018 ގެ 13.00 ގެ ކުރިން، ބ. އަތޮޅު ހޮސްޕިޓަލުގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] އަދި ފެކްސް 6608362 މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު  އޮންނާނީ،29 ޖުލައި 2018 އާއި 2 އޯގަސްޓް 2018 އާ ދެމެދު، ބ. އަތޮޅު ހޮސްޕިޓަލުގައެވެ

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސްލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ ބ. އަތޮޅު ހޮސްޕިޓަލުގެ 6608309 ނަންބަރު ފޯނާއެވެ. ފެކްސް ނަމްބަރަކީ، 6608362 އެވެ.އީ-މެއިލް އެޑްރެހަކީ  [email protected]އަށެވެ.

16 ޖުލައި 2018