ވަޒީފާގެ ފުރުޞަތު
ނަންބަރު: FSM-ADV-2018/024
ޕަބްލިޝްކުރި ތާރީޚް: 16 ޖުލައި 2018
ޕަބްލިޝްކުރި ގަޑި: 09:37
ސުންގަޑި: 19 ޖުލައި 2018 14:00
ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މުވައްޒަފުން ބޭނުންވެއްޖެ (ސޭލްސް އެސިސްޓަންޓް)

 

މުވައްޒަފުން ބޭނުންވެއްޖެ

ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.       

މަޤާމް:

ސޭލްސް އެސިސްޓަންޓް

ބޭނުންވާ ޢަދަދު:

09

ޝަރުތުތައް:

ޖީ.ސީ.އީ އޯލެވެލް، 2 މާއްދާއިން ފާސް ވެފައިވުން، އަދި މަދުވެގެން 01 އަހަރުގެ ތަޖުރިބާ ހުރުން

މަސައްކަތުގެ ބާވަތް:

  • ކަސްޓަމަރުންނާ މުޢާމަަލާތްކުރުން
  • ކަސްޓަމަރުންނަށް ތެޔޮ ފޯރުކޮށްދިނުން

މުސާރަ:

8,000.00 ރ އާއި 9,000.00 ރ ދެމެދު

ވަޒީފާގެ ބާވަތް:

ދާއިމީ

މަސައްކަތަށް ނިކުންނަން ޖެހޭ ތަން:

އެފް އެސް އެމް އީޒީ ފީލް

 

ވީމާ، މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 19 ޖުލައި 2018 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00ގެ ކުރިން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު (އައި ޑީ ކާޑު އަދި ސެޓުފިކެޓުތަކުގެ ކޮޕީއާއި އެކު)،  އެސް ޓީ އޯ އައިފާން ބިލްޑިންގ ގެ 4 ވަނަ ފަންގިފިލާގައިވާ މި ކުންފުނީގެ ހެޑް އޮފީހަށް ހުޅަހެޅުން އެދެމެވެ. 

އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3331442 ނަންބަރަށް ގުޅުއްވުން އެދެމެވެ.

 

                        

16 ޖުލައި 2018