ޢާންމު މަޢުލޫމާތު
ނަންބަރު: 371-B2/2018/35
ޕަބްލިޝްކުރި ތާރީޚް: 15 ޖުލައި 2018
ޕަބްލިޝްކުރި ގަޑި: 14:25
ސުންގަޑި: 23 ޖުލައި 2018 11:00
ނިލަންދެއަތޮޅު އުތުރުބުރީ ބިލެތްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފ. ބިލެއްދޫ ކައުންސިލް އިދަރާގެ ގޯތިތެރޭގައި ޕާކިން ޝެޑަކާއި ނޯޓިސްބޯޑުގެ މަސައްކަތާއި،ދިދަ ޕޯސްޓަކާއި ވަށާފާރުގެ މަސައްކަތާއި، ފެންތާންގިއެއް ބެހެއްޓުމުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުން

   އިޢުލާން

ފ. ބިލެއްދޫ ކައުންސިލް އިދަރާގެ ގޯތިތެރޭގައި ޕާކިން ޝެޑަކާއި ނޯޓިސްބޯޑުގެ މަސައްކަތާއި،ދިދަ ޕޯސްޓަކާއި ވަށާފާރުގެ މަސައްކަތާއި، ފެންތާންގިއެއް ބެހެއްޓުމުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2018 ޖުލައި 23 ވާ ހޯމަ ދުވަހުގެ  މެންދުރު 11.00 ށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 2018 ޖުލައި 31 ވާ އަންގާރަ  ދުވަހުގެ މެންދުރު 11.00 ށް މި އިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެވޭނީ  -/500 ރުފިޔާގެ ފީއެއް ދެއްކުމުންނެވެ.

އަންދާސީ ހިސާބު ހުށަހަޅަންވާނީ ސިޓީ އުރައެއްގައި ބަންދުކޮށް ސިޓީއުރައިގެ ބޭރުގައި " ފ. ބިލެއްދޫ ކައުންސިލް އިދަރާގެ ގޯތިތެރޭގައި ޕާކިން ޝެޑަކާއި ނޯޓިސްބޯޑުގެ މަސައްކަތާއި،ދިދަ ޕޯސްޓަކާއި ވަށާފާރުގެ މަސައްކަތާއި، ފެންތާންގިއެއް ބެހެއްޓުމުގެ މަސައްކަތު އަންދާސީ ހިސާބު " މިހެން ލިޔުމަށްފަހުގައެވެ.

ތިރީގައިމިވާ ހާލަތްތަކުގައި އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަން:

   - މަޢުލޫމާތު ސާފްކުރުމަށް ހާޟިރުނުވާ ބޭފުޅުންގެ އަންދާސީ ހިސާބުތައް

   - ފެކްސް މެދުވެރިކޮށް ހުށަހަޅާ އަންދާސީ ހިސާބުތައް

   - ގަޑިޖެހުމަށްފަހު ގެންނަ އަންދާސީ ހިސާބުތައް

   - މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް

   - މަޢުލޫމާތު ފުރިހަމަކޮށް ސޮއިކޮށްފައިނުވާ އަންދާސީ ހިސާބުތައް

   - މިއިދާރާއިން އަންދާސީ ހިސާބު ހުށަހެޅުމަށް ދޫކުރާ ފޯމުގައި ނޫންގޮތަކަށް ހުށަހަޅާ އަންދާސީ ހިސާބު

15 ޖުލައި 2018