ވަޒީފާގެ ފުރުޞަތު
ނަންބަރު: 134-HR/I /2018/022
ޕަބްލިޝްކުރި ތާރީޚް: 15 ޖުލައި 2018
ޕަބްލިޝްކުރި ގަޑި: 14:19
ސުންގަޑި: 19 ޖުލައި 2018 14:00
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓެންޓް ރީޖަނަލް މެނޭޖަރ

ވަޒީފާގެ ފުރުޞަތު


މި ކުންފުނީގެ ތިރީގައިމިވާ މަޤާމަށް މީހުން ހޯދަން ބޭނުންވެއެވެ.

މަޤާމު:

 އެސިސްޓެންޓް ރީޖަނަލް މެނޭޖަރ

ބޭނުންވާ ޢަދަދު

 1

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް / މިފްކޯ

އަސާސީ މުސާރަ:

10,950.00 ރުފިޔާާ

އިތުރު ޢިނާޔަތްތައް:

 ސާރވިސް އެލަވަންސް: 6570.00 ރުފިޔާ

 އެސިސްޓެންޓް ރީޖަނަލް މެނޭޖަރ އެލަވަންސް: 5500.00 ރުފިޔާ

ތަޢުލީމީ ފެންވަރު /ތަޖްރިބާ:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ސެޓުފިކެޓު ފެންވަރަށް ތަޢުލީމް ޙާސިލްކޮށްފައިވުން.
  2. މެނޭޖްމަންޓް ދާއިރާއިން މަސައްކަތްކޮށް މަދުވެގެން 10 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން.
  3. ގިނަ މީހުން ގޮވައިގެން މަސައްކަތްކުރުމުގެ ތަޖްރިބާ ލިބިފައިހުރި ޤާބިލު މީހެއްކަމުގައިވުން.

މަޤާމްގެ މަސްއޫލިއްޔަތުތައް

 ކޫއްޑޫގެ ރީޖަނަލް މެނޭޖަރގެ ލަފާފުޅާއިއެކު އޮޕަރޭޝަނަލް ދާއިރާގެ ހިންގުމުގެ އެންމެހާ މަސްއޫލިއްޔަތުތައް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ.

ނ- ވަޒީފާ އަދާކުރާތަން ހުރި އަތޮޅަށް ނިސްބަތްވާ މީހުންނަށް އިސްކަންދެވޭނެއެވެ.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން.

ރ. ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލުން.                            

އިންޓަރވިއުކުރުން:

އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތަކާއެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

 ހ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ  ސާފް ކޮޕީ ދެފުށް ފެންނާނޭހެން.

 ށ- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއެކު) އާއި ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭގޮތުގެ ލިޔުމެއް.

 ނ- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

- ވަޒީފާއަށް އެދި ހުށަހަޅުއްވާނީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑްގެ ރިސެޕްޝަން ކައުންޓަރަށް.

- އީމެއިލް ކުރައްވާނަމަ reception@mifco.com.mv އަށް އީމެއިލް ކުރެވުން. އަދި ފެކްސް ކުރައްވާނަމަ 3323955 ނަމްބަރަށް ފޮނުއްވުން އެދެމެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަނޑިއަކީ  19 ޖުލައި 2018 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން.  

 

 

-   ނޯޓް: މިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް  3323932އެކްސްޓެންޝަން 300 ފޯނަށް ގުޅުއްވުން އެދެމެވެ.

02 ޒުލްޤައިދާ 1439

15   ޖުލައި  2018

15 ޖުލައި 2018