ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)280/INDIV/2018/27
ޕަބްލިޝްކުރި ތާރީޚް: 12 ޖުލައި 2018
ޕަބްލިޝްކުރި ގަޑި: 14:02
ސުންގަޑި: 22 ޖުލައި 2018 00:00
މިލަދުންމަޑުލު އުތުރުބުރީ ޅައިމަގު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރު ސަރަހައްދަށް ވެއްޓިފައިވާ 2 ރުކުގެ ވެރިފަރާތް ހޯދުން

   ބަނދަރުގެ ދެކުނުން އިޖްތިމާއީ ސަރަހައްދަށް ވެއްޓިފައިވާ 2 ރުއް ކައުންސިލްއިން މިހާރުވަނީ، އެ2 ރުކުގެ ވެރިފަރާތް އިނގެންނެތުމުން ނަގާ އެތަން ސާފުކޮށް އެސަރަހައްދު ބޭނުންކުރާ ފަރާތްތަކަށް އުނދަގޫ ނުވާގޮތަކަށް އެއްފަރާތްކުރެވިފައެވެ.

   ވީމާ، މި 2 ރުކުގެ ވެރިފަރާތެއް ވާނަމަ މިއަދުން ފެށިގެން ރަސްމީ 7 ދުވަހުގެ ތެރޭގައި ލިޔުމުން އެ2 ރުކުގެ ވެރިފަރާތްކަން ކަށަވަރުކޮށްދިނުމަށްފަހު ކައުންސިލުން އަންގާ ގޮތެއްގެ މަތިން އެސަރަހައްދުން އެ 2 ރުއް ނަގާ ގެންދިއުމަށް އަންގަމަވެ.

   އަދި އެއްވެސް ފަރާތަކުން މަތީގައި ދެންނެވިފައިވާގޮތާ ހިލާފަށް އެ2 ރުއް އެސަރަހައްދުން ނުނެގުމަށް އަންގަމެވެ. އަދި މިމުއްދަތުގެ ތެރޭގައި މި 2 ރުކުގެ ވެރިފަރާތް ނޭގުންނަމަ ކައުންސިލުން ނިންމާގޮތެއްގެމަތިން އަމަލުކުރެވޭނެއެވެ.

   މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާންކުރީމެވެ.

12 ޖުލައި 2018