ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)306/306/2018/24
ޕަބްލިޝްކުރި ތާރީޚް: 15 ޖުލައި 2018
ޕަބްލިޝްކުރި ގަޑި: 12:12
ސުންގަޑި: 23 ޖުލައި 2018 13:30
މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރީސްކޫލް މަޤާމްތަަކަށް މުވައްޒަފުން ހޯދުމާގުޅޭ

 

ވަޒީފާގެ ފުރުޞަތު

            މިކައުންސިލުގެ ބެލުމުގެ ދަށުން ހިންގާ ރަސްމާދޫ ޕްރީސްކޫލްގެ  ގަޑިތަކަށް ބަދަލު ގެނެވިފައިވާތީ، މުވައްޒަފުންގެ މުސާރަ އޮނިގަނޑަށް ބަދަލު ގެނެވިފައިވާތީ، މި ބަދަލުތަކާއެކު ޕްރީސްކޫލަށް މުވައްޒަފުން ހޯދުމަށް އަލުން އިއުލާންކުރަމެވެ.

 

މަޤާމް:

ޕްރީސްކޫލް ޓީޗަރ

ބޭނުންވާ ޢަދަދު

2

މަޤާމް އޮތް އޮފީސް

މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ

ވަޒީފާގެ ބާވަތް

ވަގުތީ (02 އަހަރުގެ ކޮންޓްރެކްޓަށް)

މަސައްކަތުގައި ހޭދަކުރަންޖެހޭ ގަޑިއިރު:

04 ގަޑިއިރު (ހެނދުނު 08:45 ން މެންދުރު 12:45 އަށް)

ސެކްޝަން

މުނިސިޕަލް ސަރވިސް ސެކްޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން

ރަސްމާދޫ ޕްރީސްކޫލް / ރ. ރަސްމާދޫ

މުސާރަ

1200.00 (މަހަކަށް)

ސާރވިސް އެލަވަންސް

1885.00 (މަހަކަށް)

އެހެނިހެން އިނާޔަތްތައް

އިތުރުގަޑީގައި މަސައްކަތްކުރާނަމަ އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. އަދި ރަމަޟާން މަހު ކަނޑައެޅިފައި އޮންނަ އުޞޫލުން ރަމަޟާން އެލަވަންސް ލިބޭނެއެވެ.  

 

މަޤާމުގެ އަސާސީ ޝަރުތު:

 

  1. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު،ސާނަވީ އިމްތިހާނަކުން 02 މާއްދާއިން ދަށްވެގެން ޑީ ފާސް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން

 

މަޤާމުގެ މަސްއޫލިއްޔަތު

 

 

 

 

 

 

1-         ޕްރީސްކޫލްގެ ދަރިވަރުންނަށް ކިޔަވައިދިނުމާއެކު، ކިޔަވައިދިނުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ޤަވާއިދުން ކުރުން

2-         ޕްރީސްކޫލްގެ އިދާރީގޮތުން ކުރަންހުރި ކަންކަން ކުރުން

3-         ކިޔަވައިދިނުމަށް ކްލާސްތެރެ ތައްޔާރުކުރުމާއި، ކްލާސްތެރެ ކުދިންނާއި ރަށްޓެހި މާހައުލަކަށް ހެދުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ޤަވާއިދުން ކުރުން

4-         މީގެއިތުރުންވެސް ވަޒީފާއާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ފަރުވާތެރިކަމާއެކު ކުރުން

 

 

މަޤާމް:

މަސައްކަތު

ބޭނުންވާ ޢަދަދު

1

މަޤާމް އޮތް އޮފީސް

މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ

ވަޒީފާގެ ބާވަތް

ވަގުތީ (01 އަހަރުގެ ކޮންޓްރެކްޓަށް)

މަސައްކަތުގައި ހޭދަކުރަންޖެހޭ ގަޑިއިރު:

04 ގަޑިއިރު (ހެނދުނު 08:45 ން މެންދުރު 12:45 އަށް)

ސެކްޝަން

މުނިސިޕަލް ސަރވިސް ސެކްޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން

ރަސްމާދޫ ޕްރީސްކޫލް / ރ. ރަސްމާދޫ

މުސާރަ

1000.00 (މަހަކަށް)

ސާރވިސް އެލަވަންސް:

1070.00 (މަހަކަށް)

އެހެނިހެން އިނާޔަތްތައް

އިތުރުގަޑީގައި މަސައްކަތްކުރާނަމަ އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. އަދި ރަމަޟާން މަހު ކަނޑައެޅިފައި އޮންނަ އުޞޫލުން ރަމަޟާން އެލަވަންސް ލިބޭނެއެވެ. 

މަޤާމުގެ އަސާސީ ޝަރުތު:

  1. ލިޔަންކިޔަން ދަތުމާއިއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު ނުވަތަ ޤާބިލުކަން ސާބިތުކޮށްދިނުން

 

މަޤާމުގެ މަސްއޫލިއްޔަތު

 

1-      ޕްރީސްކޫލް ގަޑިތައް ފެށުމުގެ ކުރިން ކްލާސް ރޫމްތައް، ސާފުކޮށް ތައްޔާރުކުރުން

2-      ޕްރީސްކޫލް އިމާރާތުގެ ހުރިހާ ކްލާސް ރޫމްތަކަކާއި، ކުދިން ކުޅިވަރު ކުޅުމަށް  ގާއިމުކޮށްފައިވާ ތަކެއްޗަކާއި، ޕްރީސްކޫލް މުޅި ގޯތިތެރެ އެއްކޮށް ސާފުކޮށް ބެލެހެއްޓުން

3-      ޕްރީސްކޫލްގެ ފަރުނީޗަރާއި ، މެސިނަރީތައް ފޮޅާ ސާފުކުރުން .

4-      ޕްރީސްކޫލް ކްލާސްތަކުގެ ދަރިވަރުން ފާހާނާއަށް ގެންގޮސް ގެނައުން

5-      ޕްރީސްކޫލްގެ ބަގީޗާއާއި ގަސްތަކަށް ފެންދީ ބެލެހެއްޓުން .

6-      ޕްރީސްކޫލްގެ ގޯތިތެރެއާއި ގޯތި ހިމެނޭ ސަރަހައްދު ނޮޅައި ކުނިކަހާ ސަފުކޮށް ބެލެހެއްޓުން .

7-      ޕްރީސްކޫލްގެ ގޯތިތެރެއާއި ގޯތި ހިމެނޭ ސަރަހައްދުގެ ހިރަފުސް ބޯވިޔަނުދީ ފެންޖަހާ ބެލެހެއްޓުން.

8-      މީގެ އިތުރުންވެސް ވަޒީފާ އާއިގުޅިގެން ޙަވާލުކުރެވޭ މަސައްކަތް  ފަރުވާތެރިކަމާއެކު ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

1-      ތައުލީމާއި ތަޖުރިބާ

2-      މި މަޤާމުތަކުގެ މަސްޢޫލިއްޔަތުތައް އަދާކުރުމުގައި އެންމެ މަދުވަގެން 01 އަހަރު ދުވަހުގެ މުއްދަތެއްގައި ދެމިހުރެވޭނެ ފަރާތަކަށްވުން

3-      އަދި މިވަޒީފާތަކަށް މުވައްޒަފުން ނެގުމުމުގައި މިހާރު ޕްރީސްކޫލްގައި މަސައްކަތް ކުރަމުންދާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

 

 

 

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު:   

އިއުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތުގެ 10 ދުވަހުގެ ތެރޭގައި މިމަޤާމަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން އެންގޭނެއެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

01-  މައުލޫމާތު ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް .( އެޕްލިކޭޝަން ފޯމު ރަސްމީ ގަޑީގައި ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ.)

02-   ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފް ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

03-  ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތައް އަދި ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމް ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތައުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ. (މިފަދަ ސެޓްފިކެޓްތައް އެކްރެޑިޓްކުރަން ނުޖެހޭނެއެވެ.)ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ނ) ސިވިލް ސާރވިސްގެ ޓްރެއިނިންގ އިންސްޓިޓިޔުޓުން ހިންގާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

04-  ފުރިހަމަކޮށްފައިވާ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

05-   މަސައްކަތު ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. (ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

06-  ވަޒީފާއަށް އެދޭފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.

07-   ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި، އީމެއިލް އެޑްރެހާއެކު)

 

މަގާމަށް އެދެންވީ ގޮތާއި ސުންގަނޑި:

2018 ޖުލައި 23 ވާ (ހޯމަ) ދުވަހުގެ 13:30 ގެ ކުރިން މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ އަށް ހުށަހެޅުއްވުން އެދެމެވެ.

 

އިތުރު މަޢުލޫމާތު ހޯދެއްވުމަށް ގުޅުއްވާނީ މިއިދާރާގެ ނަންބަރު: 6580049 ފޯނާއެވެ.

 

           

             ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.               

                 15 ޖުލައި 2018

15 ޖުލައި 2018