ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)306/306/2018/25
ޕަބްލިޝްކުރި ތާރީޚް: 15 ޖުލައި 2018
ޕަބްލިޝްކުރި ގަޑި: 11:59
ސުންގަޑި: 23 ޖުލައި 2018 13:30
މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވެށިފާރަވެރިޔާ މަޤާމަށް މުވައްޒަފުން ހޯދުން

 

ވަޒީފާގެ ފުރުޞަތު

މިކައުންސިލުން ކުރިއަށް ގެންދާ ވޭސްޓްމެނޭޖްމަންޓް ޕްރޮގްރާމްގެ ދަށުން ރަސްމާދޫ އިޖްތިމާޢީ ސަރަޙައްދުތައް ސާފުތާހިރުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކޮށްދޭނޭ މުވައްޒަފުން ބޭނުންވެއްޖެއެވެ. މި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާތަކަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހުންނެވެ.

މަޤާމް

ވެށިފާރަވެރިޔާ

ބޭނުންވާ ޢަދަދު

03 (ޝައުޤުވެރިކަން ފާޅުކޮށް ފޯމް ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތައް އިންޓަރވިޔުކޮށް އެންމެ މަތިން މާރކްސް ލިބޭފަރާތްތަކަށް އިސްކަންދީގެން ރޭންކުކޮށް 03 ފަރާތެއް ވަޒީފާއަށް ނެގޭނެއެވެ.(

މަޤާމް އޮތް އޮފީސް

މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ

ވަޒީފާގެ ބާވަތް

ވަގުތީ

ސެކްޝަން

މުނިސިޕަލް ސަރވިސް ސެކްޝަން / ވޭސްޓް މެނޭޖްމަންޓް ޕްރޮގްރާމް

ވަޒީފާ އަދާކުރަންޖެހޭ ތަން

ރަސްމާދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރ / ރ. ރަސްމާދޫ

ވަޒީސާ އަދާކުރަންޖެހޭ ވަގުތު

ހެނދުނު 06:30 ން  08:30 އަށް (ހެނދުނު 06:30 ން ކައުންސިލުން އެދުވަހު ސާފުކުރުމަށް އަންގާ ސަރަޙައްދެއް ސާފުކޮށް ނިމެންދެން.)

މަގާމުގެ މައިގަނޑު މަސްއޫލިއްޔަތު

1-         ކައުންސިލުން ކަނޑައަޅާ ތާވާލައި އެއްގޮތަށް (އަމިއްލަ އިލޮށިފަތި މަށަންދަތި ފަދަ ތަކެތި ބޭނުންކޮށްގެން) ރަށުގެ އިޖްތިމާއީ ސަރަޙައްދުތައް ސާފުކޮށް ބެލެހެއްޓުން

2-         ހާއްސަ މުނާޞަބަތުތަކަށާއި ރަސްމިއްޔާތުތަކަށް ވަކި ސަރަޙައްދެއް ސާފުކުރުމަށް ކައުންސިލުން އަންގައިފި ހިނދެއްގައި ކައުންސިލުން އަންގާ ގަޑިއަކަށް އެތަނެއް ސާފުކޮށް ތައްޔާރުކޮށްދިނުން

 

3-         އެދުވަހަކު ސާފުކުރާ ސަރަޙައްދެއްގެ ކުނި ކައުންސިލުން އަންގާ ގޮތެއްގެ މަތިން އެއްކޮށް، ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ މުވައްޒަފުންނަށް އަންގައިގެން ކުނިތައް ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ގެންދިޔުމުން އިންތިޒާމް ހަމަޖެއްސުން. އަދި ކޮންމެ ދުވަހަކު ނެގޭ ކުނި އެދުވަހަކު ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ގެންދެވޭކަން ކަށަވަރުކުރުން

4-         ކައުންސިލުން ކުރިއަށް ގެންދާ ވޭސްޓް މެނޭޖްމަންޓް ޕްރޮގްރާމް ތަންފީޛުކުރުމުގައި ކައުންސިލުން އަންގާ ކަންކަން ކުރިއަށް ގެންދިޔުން

 

5-         މީގެއިތުރުންވެސް ވަޒީފާއާ ގުޅިގެން މަސައްކަތުގެ ވަގުތުގައި ކުރަންޖެހޭ މަސައްކަތްތައް ފަރުވާތެރިކަމާއެކު ކުރުން

 

 

 

 

 

 

 

މަޤާމް

ރޭންކް

ކްލެފިކޭޝާން

ޝަރުޠު

މުސާރަ  (މަހަކަށް)

ސަރވިސް އެލަވަންސް

ވެށިފާރަވެރިޔާ

 

 

 

ލިޔަން ކިޔަން އެނގުން، މަގާމުގެ މައްސޫލިއްޔަތު އަދާކުރެވޭފަދަ ސިއްހަތެއްގައި ހުރުން. އަދި އުމުރުން 55 އަހަރުވެފައިވާ މީހަކު ކަމުގައި ނުވުން

 

-/700 ރުފިޔާ

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

1 -މަސައްކަތުގެ ހުނަރާއި ،ޤާބިލްކަމާއި ،ފެންވަރާއި ، ބޭނުންވާ ސިފަތައް

2- މަސައްކަތުގައި ގިނަވަގުތު އުޅޭވޭނެ ފަރާތްތަކަށް

 

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އާއި ޕްރެކްޓިކަލްސް އަދި އިމްތިޙާން ކުރުން އޮންނާނެ ތާރީޚާއި ތަން:

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިޔު އަދި ޕްރެކްޓިކަލް އޮންނާނީ ރަސްމާދޫގައެވެ.  މަޤާމަށް އެދިލައްވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް ދެވޭ  އިންޓަވިއު އޮންނާނެ ތާރީޚާއި ގަޑި އަދި ތަނާބެހޭ މައުލޫމާތު 24 ގަޑިއިރު ކުރިން ރަސްމާދޫ ކައުންސިލު އިދާރާއިން އަންގާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

01-  ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް . އެޕްލިކޭޝަން ފޯމު ރަސްމީ ގަޑީގައި ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ.

02-  ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.

03-  ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

މަގާމަށް އެދެންވީ ގޮތާއި ސުންގަނޑި:

2018 ޖުލައި 23 ވާ (ހޯމަ) ދުވަހުގެ މެންދުރު ފަހު 13:30 ގެ ކުރިން މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ އަށް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯދެއްވުމަށް ގުޅުއްވާނީ މިއިދާރާގެ ނަންބަރު: 6580049 ފޯނާއެވެ.

               

             ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.              

                           15 ޖުލައި 2018

15 ޖުލައި 2018