ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)138-PS2/138/2018/98
ޕަބްލިޝްކުރި ތާރީޚް: 15 ޖުލައި 2018
ޕަބްލިޝްކުރި ގަޑި: 11:38
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާ ބެހޭ އުސޫލަށް ގެނެވޭ ފުރުތަމަ އިސްލާހު

ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާ ބެހޭ އުސޫލަށް ގެނެވޭ ފުރުތަމަ އިސްލާހު

      

   ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދަޢުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާ ބެހޭ އުޞޫލުގެ 8 ވަނަ މާއްދާގެ (ހ) ވަނީ އިސްލާހުކުރެވިފައެވެ. ގެނެވުނު ބަދަލާއިއެކު، އިސްލާހުކުރެވިފައިވާ "ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދަޢުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާ ބެހޭ އުޞޫލު" ތިރީގައި ދެންނެވިފައި އެވަނީއެވެ.

 

   ތައާރަފް 

1.

 

 

މިއުސޫލަކީ ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ދޫކޮށްލާފައިވާ ބިންތައް އެންމެ އެކަށީގެންވާ ގޮތެއްގައި ބޭނުންކުރެވޭނެ ގޮތް ހެދުމަށްޓަކައި، ރައްޔިތުންގެ މަންފާއަށް ބޭނުންކުރުމަށްޓަކައި ސަރުކާރުން ކަނޑައަޅާފައިވާ ބިންތައް ފިޔަވައި ބާކީ ހުރި ބިންތައް ވިއްކޭނެ އިޖުރާޢަތުތައް ކަނޑައެޅުމަށް ޤާނޫނު ނަންބަރު 2002/1 "ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު" ގެ ދަށުން އެކުލަވާލާފައިވާ އުސޫލެކެވެ.

 

 

 

 

 

ނަން

2.

 

 

މިއުސޫލަށް ކިޔަނީ "ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ދަޢުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާ ބެހޭ އުސޫލު" މިހެންނެވެ.

 

 

 

 

 

މަޤްޞަދު

3.

(ހ)

 

މި އުސޫލުގެ މަޤްޞަދަކީ ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ދަޢުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކޭނެ އުސޫލެއް ޤާއިމްކޮށް، ޖާގައިގެ ތަނަވަސްކަންކުޑަ ގޯތިތަކުގައި ދިރިއުޅޭ ފަރާތްތަކަށް ލުޔެއް ހޯދައިދިނުމެވެ.

 

 

 

 

 

ބިން ގަތުމަށް ފުރުޞަތު ހުޅުވައިލުން

4.

 

 

މިއުސޫލުގެ ދަށުން ބިން ގަތުމަށް ފުރުޞަތު ހުޅުވާލައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އިޢުލާން ކުރަންވާނެއެވެ.

 

 

 

 

 

ބިން ވިއްކުމަށް ކުރާ އިޢުލާން

5.

 

 

މިއުސޫލުގެ 4 ވަނަ މާއްދާގެ ދަށުން ކުރާ އިޢުލާނުގައި ތިރީގައިވާ ކަންކަން ހިމަނަންވާނެއެވެ.

 

 

 

 

 

 

 

(ހ)

 

ވިއްކުމަށް ހަމަޖެހިފައިވާ ބިމުގެ މައުލޫމާތު

 

 

 

 

 

 

 

(ށ)

 

ބިން ވިއްކުމަށް ހަމަޖެހިފައިވާ އަގު

 

 

 

 

 

 

 

(ނ)

 

ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިއުންތައް

 

 

 

 

 

 

 

(ރ)

 

ބިން ގަންނަ ފަރާތުގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތައް

 

 

 

(ބ)

 

މީގެ އިތުރުންވެސް މިނިސްޓްރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް ފެންނަ އެހެނިހެން ކަންތައް އިޢުލާނުގައި ހިމެނިދާނެއެވެ.

 

 

 

 

 

ފޯމު ހުށަހެޅުން

6.

 

 

ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ދަޢުލަތަށް މިލްކުވެފައިވާ ބިންތަކުގެ ތެރެއިން މިއުސޫލުގެ ދަށުން ވިއްކާ ބިން ގަތުމަށް އެދި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް ހުށަހަޅާނީ މިއުސޫލުގެ ޖަދުވަލު 1 ގައިވާ ފޯމުންނެވެ.

 

 

 

 

 

ގަނެފައިވާ ބިން ރަޖިސްޓްރީކޮށް ދިނުން

7.

 

 

 

 

(ހ)

 

 

ޤާނޫނު ނަންބަރު 2002/1 "ދިވެހިރާއްޖޭގެ ބިމާއި ބެހޭ ޤާނޫނު" ގައިވާ ގޮތުގެ މަތިން ޝަރުއީ ކޯޓު މެދުވެރިކޮށް ބިމުގެ މުއާމަލާތް ފުރިހަމަކޮށް ޝަރުއީ ކޯޓުގެ ލިޔުން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް ހުށަހެޅުމުން، މިއުސޫލުގެ ދަށުން ބިން ގަންނަ ފަރާތްތަކަށް ބިމުގެ ރަޖިސްޓްރީ ހަދައިދޭންވާނެއެވެ.

 

 

(ށ)

 

ވިއްކާ ބިން، ގަންނަ ފަރާތުގެ ބިމާއި އިންވެގެން އޮތް ނަމަ ގަންނަ ފަރާތުގެ ބިމަށް، ވިއްކާ ބިން އިތުރުކޮށް އެއް ރަޖިސްޓްރީއެއް ހެދިދާނެއެވެ. 

 

 

 

 

 

 

ވިއްކުމުގައި އިސްކަންދޭނެ ތަރުތީބު

8.

 

 

މިއުސޫލުގެ ދަށުން ބިން ވިއްކުމުގައި އިސްކަންދޭންވާނީ ތިރީގައި ބަޔާންކޮށްފައިވާ ތަރުތީބުންނެވެ.

 

 

(ހ)

 

ވިއްކުމަށް އިޢުލާންކޮށްފައިވާ ބިން ހިމެނޭ ގޯތީގެ ބެހެނިވެރިންނާއި، ގޯތީގެ އެންމެހާ ވާރިސުންގެ ދިރިއުޅުމުގެ ހާލަތު ވަޒަންކުރުމަށްފަހު، ގަންނަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ ޙައްޤު ފަރާތް ނުވަތަ ފަރާތްތައް 

 

 

 

 

 

 

 

(ށ)

 

ވިއްކުމަށް އިޢުލާންކޮށްފައިވާ ބިމާއި އިންވެގެން އޮތް ބިމުގެ ބެހެނިވެރިޔާ ނުވަތަ ބެހެނިވެރިން

 

 

 

 

 

 

 

(ނ)

 

މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަރާތް ފިޔަވައި، ވިއްކުމަށް އިޢުލާންކޮށްފައިވާ ބިން ހިމެނޭ ގޯތީގައި ތިބި އެނޫން ބެހެނިވެރިން

 

 

 

 

 

 

 

(ރ)

 

ވިއްކުމަށް އިޢުލާންކޮށްފައިވާ ބިން ހިމެނޭ ގޯތީގެ ބެހެނިވެރިން ނޫން ވިއްކާ ބިމާ އިންވެގެން ހުރި ބިންތަކުގެ ވެރި ފަރާތްތައް

 

 

 

 

 

އެއްފަރާތަށް ވުރެ ގިނަ ފަރާތުން ބިން ގަތުމަށް ހުށަހެޅުން

9.

(ހ)

 

މިއުސޫލުގެ ދަށުން ބިން ގަތުމަށް ހުޅުވާލާ ފުރުސަތުގައި މިމާއްދާގެ (ހ) އާއި (ށ) އާއި (ނ) އަދި (ރ) ގައިވާ ފަރާތަކުން ކުރެ ފަރާތަކުން ބިން ގަތުމަށް ހުށައަޅާފައި ނުވާނަމަ، މި އުސޫލުގެ 10 ވަނަ މާއްދާގެ ދަށުން ބީލަމުގެ އުސޫލުން އެންމެ ބޮޑު އަގެއް ހުށަހަޅާ ފަރާތް

 

 

 

 

1.

ވިއްކުމަށް އިޢުލާންކޮށްފައިވާ ބިމުގެ އިމަށް އެންމެ ބޮޑަށް ގުޅިފައިވާ ބިން

 

 

 

 

 

 

 

 

2.

ވިއްކުމަށް އިޢުލާންކޮށްފައިވާ ބިމުގެ އިމާ ގުޅިފައިވުމުގެ ގޮތުންވެސް އެއްވަރުވެއްޖެނަމަ އެންމެ ބޮޑު އަގެއް ހުށަހެޅުމަށް އެއްވަރުވާ ފަރާތްތަކަށް ފުރުޞަތުދީ އެންމެ ބޮޑު އަގެއް ހުށަހަޅާ ފަރާތަށް ބިން ވިއްކަންވާނެއެވެ.

 

 

 

 

 

 

 

(ށ)

 

މިއުސޫލުގެ 8 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ފަރާތުން ކުރެ ފަރާތަކުން ބިން ގަތުމަށް ހުށަހަޅާފައިނުވާނަމަ، އަދި މިއުސޫލުގެ 8 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ ފަރާތްތަކުން ކުރެ އެއްފަރާތަށްވުރެ ގިނަ ފަރާތުން ވިއްކުމަށް އިޢުލާންކޮށްފައިވާ ބިން ގަތުމަށް ހުށަހަޅައިފިނަމަ ބިން ގަތުމަށް ހުށަހެޅި ފަރާތްތަކަށް  އަގު ހުށަހެޅުމަށް ފުރުޞަތުދީ އެންމެ ބޮޑު އަގެއް ހުށަހަޅާ ފަރާތަށް ބިން ވިއްކިދާނެއެވެ.

 

 

 

 

 

 

 

(ނ)

 

މިއުސޫލުގެ 8 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކުރާ ފަރާތްތަކުން ބިން ގަތުމަށް ހުށަހަޅާފައި ނުވާނަމަ، އަދި މިއުސޫލުގެ 8 ވަނަ މާއްދާގެ (ނ) ގައި ބުނެފައިވާ ފަރާތްތަކުން ކުރެ އެއްފަރާތަށްވުރެ ގިނަ ފަރާތުން ވިއްކުމަށް އިޢުލާންކޮށްފައިވާ ބިން ގަތުމަށް ހުށަހަޅައިފިނަމަ ބިން ގަތުމަށް ހުށަހެޅި ފަރާތްތަކަށް  އަގުހުށަހެޅުމަށް ފުރުޞަތުދީ އެންމެ ބޮޑު އަގެއް ހުށަހަޅާ ފަރާތަށް ބިން ވިއްކިދާނެއެވެ.

 

 

 

 

 

ބީލަމުގެ އުސޫލުން ބިން ގަތުމުގެ ފުރުޞަތު ހުޅުވާލުން

10.

 

 

މިއުސޫލުގެ ދަށުން ބިން ގަތުމަށް ހުޅުވާލާ ފުރުސަތުގައި މިއުސޫލުގެ 8 ވަނަ މާއްދާގެ (ހ) އާއި (ށ) އަދި (ނ) ގައިވާ ފަރާތަކުން ކުރެ ފަރާތަކުން ބިން ގަތުމަށް ހުށައަޅާފައި ނުވާނަމަ، ބީލަމުގެ އުސޫލުން ބިން ގަތުމުގެ ފުރުސަތު ހުޅުވާލާ  އިޢުލާން ކުރަންވާނެއެވެ. 

 

 

 

 

 

އުސޫލަށް އަމަލުކުރަން ފެށުން

11.

 

 

މިއުސޫލަށް ޢަމަލުކުރަން ފަށާނީ "މި އުސޫލު "ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.

 

 

 

 

 

މާނަ

12.

 

 

"ބެހެނިވެރިން" މިއުސޫލުގެ ބޭނުމަށް ބެހެނިވެރިން ކަމަށް ބުނެފައިވަނީ ވިއްކުމަށް އިޢުލާންކޮށްފައިވާ ބިން ދައުލަތަށް ދޫކޮށްލި ވެރިފަރާތަށް އެބިން ލިބުނުކަމަށް ކަނޑައަޅާފައިވާ ޤަޟިއްޔާގައި ވާރުތަވެރިންގެ ކަމަށް ނުވަތަ ބެހެނިވެރިން ކަމަށް ކަނޑައަޅާފައިވާ ފަރާތްތަކާއި އެވާރިސަކަށް ނުވަތަ ބެހެނިވެރިއަކަށް އެޤަޟިއްޔާއިން ލިބުނު ބައި އިތުރު ފަރާތަކަށް ހިބައަކުން ނުވަތަ ވަސިއްޔަތަކުން ދީފައިވާނަމަ އެބިން ލިބުނު ފަރާތެކެވެ. 

 

 

 

 

"ވިއްކުމަށް އިޢުލާންކޮށްފައިވާ ބިން ހިމެނޭ ގޯތި" ކަމަށް ބުނެފައިވަނީ ވެށިފަހި ޕްރޮގްރާމްގެ ދަށުން ދައުލަތަށް ދޫކޮށްލާފައިވާ ބިންތަކުގެ ތެރެއިން މިނިސްޓްރީއިން ވިއްކުމަށް ނިންމާ އިޢުލާން ކުރާ ބިން ހިމެނޭ ގޯއްޗަށެވެ.

 

 

 

 

 

 

 

 

 

 

 

ވީމާ، މިކަން އަންގާ އިޢުލާނުކުރީމެވެ.

 

                                    

25  ޛުލްޤަޢިދާ    1439

15    ޖުލައި    2018

 

15 ޖުލައި 2018