މަސައްކަތް
ނަންބަރު: (IUL)438-GCF/438/2018/192
ޕަބްލިޝްކުރި ތާރީޚް: 15 ޖުލައި 2018
ޕަބްލިޝްކުރި ގަޑި: 10:39
ސުންގަޑި: 22 ޖުލައި 2018 12:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
އަލުން އިޢުލާންކުރުން - ކެޕޭސިޓީ ބިލްޑިންގ ކޮންސަލްޓަންޓް

ގްރީން ކްލައިމެޓް ފަންޑް (ޖީ.ސީ.އެފް) އާއި ދިވެހި ސަރުކާރާއި ގުޅިގެން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ (އެމް.އީ.އީ.) އިން ހިންގާ ފެނުގެ މަޝްރޫގެ ދަށުން ފެނާއި ނަރުދަމާގެ ދާއިރާ ތަރައްޤީ ކުރުމަށް " "ކެޕޭސިޓީ ބިލްޑިންގ ކޮންސަލްޓަންޓް" ހޯދުމާއި ބެހޭ

 

ޕްރޮޕޯސަލް ހުށައެޅުމުގެ ދަޢުވަތު

އަލުން އިޢުލާންކުރުން - ކެޕޭސިޓީ ބިލްޑިންގ ކޮންސަލްޓަންޓް

 

މި މިނިސްޓްރީއިން26  ޖޫން 2018ގައި ނެރުނު ނަންބަރު (IUL)438-GCF/438/2018/181  އިޢުލާނުގައިވާ މުއްދަތުގެ ތެރޭގައިއެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.

 

ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ(އެމް.އީ.އީ) އިން " ސަޕޯޓިންގ ވަލްނަރަބްލް ކޮމިއުނިޓީސް އިން މޯލްޑިވްސް ޓު މެނޭޖް ކްލައިމެޓް ޗޭންޖް އިންޑިއުސްޑް ވޯޓަރ ޝޯޓޭޖް" ގެ ނަމުގައި ކުރިއަށް ގެންދާ ފެނުގެ މަޝްރޫޢުގެ ދަށުން 04 ރަށުގެ ފެނުގެ ނިޒާމާއި 45 ރަށުގެ ވާރޭފެން ނަގާ ރައްކާކުރާ ނިޒާމް ޤާއިމްކުރުމުގެ އިތުރުން ފެނުގެ ޚިދުމަތުގެ ދާއިރާ ހަރުދަނާކޮށް ތަރައްޤީކުރުމަށް ގިނަ ކަންތައްތަކެއް ކުރެވޭނެއެވެ. މިގޮތުން ފެނުގެ ޚިދުމަތުގެ ދާއިރާ ޚަރުދަނާ ކުރުމަށްޓަކައި ބޭނުންވާ ކެޕޭސިޓީ ޑިވޮލޮޕްމަންޓް ޕްލޭން އެކުލަވާލުމަށްޓަކައި 'ލޯކަލް ކޮންސަލްޓަންޓް' އެއްއައްޔަންކުރުމަށް ބޭނުންވެއެވެ. މިމަޝްރޫއަށް ޚަރަދު ކުރުމަށް ހަމަޖެހިފައިވަނީ ގްރީން ކުލައިމެޓް ފަންޑް ހިލޭ އެހީގެ ދަށުންނެވެ.

 

'ކެޕޭސިޓީ ބިލްޑިންގ ކޮންސަލްޓަންޓް' މަޤާމަށް ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަންވާ ޝަރުތުތަކުގެ ތެރޭގައި:

 

(ހ) ތިރީގައި ބަޔާންކުރެވިފައިވާ ދާއިރާއަކުން ނުވަތަ މަސައްކަތާ ގުޅުންހުރި ދާއިރާކުން މާސްޓަރސް ޑިގްރީ ހާސިލްކޮށްފައިވުން. އަދި ޙާސިލްކޮށްފައިވާ މާސްޓާރސް ޑިގްރީ ޙާއްސަ ކުރެވިފައިވާންވާނީ އިންސްޓިޓިއުޝަނަލް ކެޕޭސިޓީ ބިލްޑިންގ ނުވަތަ ސަސްޓެއިނަބަލް ޑިވޮލޮޕްމަންޓުގެ ރޮނގުން.

1. ހިއުމަން ރިސޯސް ޑިވަލޮޕްމެންޓް

2. ޓީޗިންގ

3. އިންޓަރނޭޝަނަލް ޑިވެލޮޕްމެންޓު

 

 (ށ) މީހުން ބިނާކުރުމުގެ ދާއިރާއިން ނުވަތަ ޕްރޮޖެކްޓް މެނޭޖްމަންޓް ދާއިރާގައި މީހުން ތަމްރީނު ކުރުމުގައި މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

(ނ) މީހުން ތަމްރީނުކުރުމުގައި އަދި ވޯކްޝޮޕްސްތައް ތައްޔާރުކޮށް ހިންގުމުގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

(ރ) 'ކެޕޭސިޓީ ބިލްޑިންގް ޕްލޭންސް ނުވަތަ ޕްރޮގްރާމް' ތައްޔާރުކުރުމުގައި އަމަލީގޮތުން ބައިވެރިވެފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެ.

 

(ބ) 'އިންސްޓިޓިއުޝަނަލް ކެޕޭސިޓީ އެސެސްމެންޓް' ހެދުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެ.

 

(ޅ) މައިކްރޯސޮފްޓް އޮފީސް (މައިކްރޯސޮފްޓް ވޯޑް، އެކްސެލް، ޕަވަރ ޕޮއިންޓް، އައުޓްލުކް އަދި އެކްސެސް) ބޭނުންކުރަން އެނގޭ ފަރާތަކަށް ވުން

 

 (ކ) ފަރިތަކަމާއިއެކު އިންގިރޭސި ބަހުން ލިޔަން އަދި ވާހަކަ ދެއްކަން އެންގުން

 

ވީމާ މި މަޤާމަށް ޝަޢުޤުވެރިވާ ފަރާތްތައް "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ އިން ހުޅުވައިލަމެވެ. މިގޮތުން މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތުކުން ތިރީގައިވާ މަޢުލޫމާތުތައް ހުށަހެޅުއްމަށް އެދި ދަންނަވަމެވެ.

 

އުޖޫރަ

މި މަޤާމަށް ހޮވޭ ފަރާތަށް ކޮންސަލްޓަންސީ ފީއެއްގެ ގޮތުގައި އެފަރާތަކުން ހުށަހަޅުއްވާ ފައިނޭންޝަލް ޕްރޮޕޯސަލް އަދި ޝެޑިއުލްއާ އެއްގޮތަށް ރުފިޔާގެ އުޖޫރައެއް ދިނުމަށް ވަނީ ކަނޑައެޅިފައެވެ.

 

މަސައްކަތުގެ މުއްދަތު:

- މި މަސައްކަތުގެ މުއްދަތު ކަނޑައެޅިފައިވަނީ 5 މަސް ދުވަހުގެ މައްޗަށް ބަހާލެވިގެންނެވެ. މިކަމާބެހޭ އިތުރު މައުލޫމާތު ޓަރމްސް އޮފް ރިފަރެންސްގައި ބަޔާންކުރެވިފައި ވާނެއެވެ.

 

ހުށަހަޅަށްޖެހޭ ލިޔުންތައް

  • މަސައްކަތަށް އެދި ހުށަހަޅާ ސިޓީ (އެކްސްޕްރެޝަން އޮފް އިންޓްރެސްޓް)
  • މަސައްކަތަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު (ދެވިފައިވާ ފޯމެޓާ އެއްގޮތަށް)
  • މަސައްކަތަށް އެދި ހުށަހަޅާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނުވަތަ ޕާސްޕޯޓުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ އެޓެސްކުރެވިފައިވާ ކޮޕީ
  • "ޓަރމްސް އޮފް ރިފެރެންސް" ގައި ވާގޮތަށް ފުރިހަމަކޮށްފައިވާ 'ފައިނޭންޝަލް ޕްރްޕޯސަލް" ފޯމް
  • އެންމެ ފަހުން ވަޒީފާ އަދާކޮށްފައިވާ 02 ތަނެއްގެ ރިފެރެންސް ސިޓީ ނުވަތަ  އަދާކޮށްފައިވާ ވަޒީފާ ބެހޭ މައުލޫމާތު ދެވޭނެ ތިން ފަރާތެއްގެ ނަމާއި، ފޯނު ނަންބަރާއި، އީ.މެއިލް އެޑްރެސް

 

ރަޖިސްޓަރީ ކުރެއްވުމާއި މައުލޫމާތު ސާފު ކުރެއްވުން

މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން [email protected] އަށް އީ-މެއިލް ކުރައްވައިގެން ރަޖިސްޓަރީ ކުރެއްވުން އެދެމެވެ. ރަޖިސްޓަރީ ނުކުރައްވާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވަޑައިގަތުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓަރީ ކުރެއްވޭނެ އެންމެފަހު ތާރީޚަކީ 18 ޖުލައި 2018 ވަނަ ދުވަހުގެ 12:00 ގެ ކުރިން އެވެ.

 

މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރައްވާނީ 18 ޖުލައި 2018 ވަނަ ދުވަހުގެ 14:00 ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ ([email protected]).

 

ސުންގަޑި

ޝައުޤުވެރިވާ ފަރާތްތަކުން 22 ޖުލައި 2018 ވަނަ ދުވަހުގެ 12:00 ގެ ކުރިން، ޕްރޮޕޯސަލް ތިރީގައިވާ އެޑްރެހަށް  ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ހުށައެޅުއްވުން އެދެމެވެ. އަދި ޕްރޮޕޯސަލްތައް ހުޅުވާނީ  22 ޖުލައި 2018 ވަނަ ދުވަހުގެ 12:00 ޖަހާ އިރު އެ މީޓިންގައި ބައިވެރިވާން ބޭނުންވާ ބޭފުޅުންގެ ކުރިމަތީގައެވެ.

ޅުއްވާަކުން ހުށަހ ގުޅުން ހުރިިނލުކް އަދި އެކްސެސް)  ހިންގމީހުން ތperience and the financidder regarding this.

 

އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ފޮނުވަންޖެހޭ އެޑްރެސް:

 

ޕްރޮޖެކްޓް މެނޭޖަރ

ޖީ.ސީ.އެފް ޕްރޮގްރާމް މެނޭޖްމަންޓް ޔުނިޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ހަނދުވަރީ ހިނގުން،މާފަންނު، މާލެ، 20392، ދިވެހިރާއްޖެ

މާފަންނު، ހަނދުވަރީ ހިނގުން

ފޯނު ނަންބަރު: 3018446

އެކްސްޕްރެޝަން އޮފް އިންޓަރަސްޓް ހުށަހަޅަންވާނީ ބަންދު ކުރެވިފައިވާ ސީޓީ އުރައެއްގައެވެ.

 

އިތުރު މައުލޫމާތު:

މި މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ވެސް ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް  , 3018446 އަށް ގުޅުއްވުން  ނުވަތަ  [email protected]

އައް އީމެއިލް ކޮއްދެއްވުމަށް އެދެމެވެ.

15 ޖުލައި 2018