މަސައްކަތް
ނަންބަރު: S2C-A/2018/12
ޕަބްލިޝްކުރި ތާރީޚް: 15 ޖުލައި 2018
ޕަބްލިޝްކުރި ގަޑި: 08:28
ސުންގަޑި: 29 ޖުލައި 2018 14:00
އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް
ދިވެހިރާއްޖެ
ސ. މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުގައި ކުރަންހުރި ބައެއް މަރާމާތު މަސައްކަތް ކުރުވުން

    އައްޑުއަތޮޅު މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓްގައި ކުރަންހުރި ތިރީގައި މިދަންނަވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

  1. ކޯޓްގެ ކައުންޓަރު ކޯޓުން ދޭ ކުރެހުމަކާ އެއްގޮތަށް ހަދައި ހަރުކޮށް ދިނުން.
  2. ކޯޓަށް ވަދެވޭގޮތަށް އިތުރު ބޮޑުދޮރެއް އެރުވުން.

    ވީމާ، މަތީގައި ދެންނެވިފައިއެވާ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުގުވެރިވާ ފަރާތްތަކުން 22 ޖުލައި 2018 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 ގައި އައްޑުއަތޮޅު މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 29 ޖުލައި 2018 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 14:00 އަށް އައްޑުއަތޮޅު މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. 

    މަޢުލޫމާތު ސާފުކުރުމަށާއި ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެވާހަކަ ދެންނެވީމެވެ.

15 ޖުލައި 2018