ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)138-AS6/1/2018/260
ޕަބްލިޝްކުރި ތާރީޚް: 13 ޖުލައި 2018
ޕަބްލިޝްކުރި ގަޑި: 00:36
ސުންގަޑި: 17 ޖުލައި 2018 10:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މި މިނިސްޓްރީގައި ބޭނުންކުރާ އެކި ވެހިކަލްތަކުގެ ސްޕެއަރ ގަތުމާއި ގުޅޭ

މި މިނިސްޓްރީގައި ބޭނުންކަރާ އެކި ވެހިކަލްތަކަށް ސްޕެއަރ ގަންނަން ބޭނުންވެއެވެ.

ވީމާ، މި ތަކެތި ވިއްކުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2018 ޖުލައި 17 ވާ އަންގާރަ ދުވަހުގެ 10:00 އަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ / އަމީނީމަގަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.   

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއިއެކު ގެޒެޓުގައި އެއްކަރުދާސް ކުރެވިފައިވާކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި، މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް 2018 ޖުލައި 15 ވާ އާދީއްތަ ދުވަހުގެ ހެނދުނު 08:00 އިން ފެށިގެން 2018 ޖުލައި 17 ވާ އަންގާރަ ދުވަހުގެ 09:30 ގެ ނިޔަލަށް މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

އަދި ދަންނަވަމެވެ. ބިޑް ހުށަހަޅުއްވާއިރު މި އިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާ ބިޑް ސެކިއުރިޓީ ފޯމް ފުރިހަމަ ކުރެއްވުމަށް ސަމާލުކަން ދެއްވުމަށް އެދެމެވެ.

މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 3004281 އާއި 3004378 އަށް ގުޅުއްވުން އެދެމެވެ. އަދި، އިޢުލާނާއި ގުޅިގެން އުފެދޭ ސުވާލުތައް 2018 ޖުލައި 16 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް މެއިލް ކޮށްދެއްވުންއެދެމެވެ.

13 ޖުލައި 2018