މަސައްކަތް
ނަންބަރު: (IUL)231-AH/231/2018/41
ޕަބްލިޝްކުރި ތާރީޚް: 11 ޖުލައި 2018
ޕަބްލިޝްކުރި ގަޑި: 16:48
ސުންގަޑި: 02 އޮގަސްޓް 2018 13:00
ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޅ. އަތޮޅު ކައުންސިލް އިދާރާގެ އިމާރާތް މަރާމާތުކުރުން

ފާދިއްޕޮޅު އަތޮޅު ކައުންސިލް އިދާރާގެ ޢިމާރާތުގެ ބައެއްފާރުތަޅައި، ރޭނުމާއި، ސިމެންތިޖެހުން، އަދި ސީލިންގ މަސައްކަތާއި ތަޅުން އެޅުމާއި  މުށިޖެހުން ހިމެނޭ މަސައްކަތްތަކެއް ކުރަން ބޭނުންވެއެވެ. ވީމާ، މި މަސައްކަތް ކޮންޓްރެކްޓް އުޞޫލުން ކުރަން ޝައުޤުވެރިވާ ފަރާތްތަކުން ޕްރީބިޑްމީޓިންގ އަށް ޙާޟިރުވެ، މަޢުލޫމާތު ސާފުކުރުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި މަސައްކަތަށް ބިޑު ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

 

މަޢުލޫމާތުދިނުމަށް ބާއްވާ ޕްރީބިޑް މީޓިންގ

24 ޖުލައި 2018 ވާ (އަންގާރަ) ދުވަހުގެ 13:00 ގައި ފާދިއްޕޮޅު އަތޮޅު ކައުންސިލް އިދާރާގައި

އަންދާސީހިސާބު ބަލައިގަތުމަށް ބާއްވާ ބިޑް އޯޕަން މީޓިންގ

02 އޯގަސްޓް 2018 ވާ (ބުރާސްފަތި) ދުވަހުގެ 13:00 ގައި ފާދިއްޕޮޅު އަތޮޅު ކައުންސިލް އިދާރާގައި

 

ބިޑް ވިއްކުން ކުރިޔަށްދާނީ، 12 ޖުލައި 2018 އިން 24 ޖުލައި 2018 އަށް (ރަސްމީ ދުވަސް ދުވަހުގެ ހެނދުނު 8:30 އިން މެންދުރު 12:00 އަށް) ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާގައެވެ. ބިޑް ޑޮކިއުމެންޓެއްގެ އަގަކީ -/ 30 ރުފިޔާ އެވެ.

ބިޑް ބައްލަވާނުގަންނަވާ ފަރާތްތަކުން ޕްރީބިޑް މީޓިންގގައި ބައިވެރިއެއް ނުވެވޭނެއެވެ. އަދި ބިޑު ޑޮކިއުމެންޓް ބައްލަވައިގަތް ފަރާތުން ޕްރީބިޑް މީޓިންގ ގައި ބައިވެރިވެ ވަޑައިނުގެންނެވި ކަމުގައިވިޔަސް ބިޑް ހުށަހެޅޭނެ ވާހަކަ ދެންނެވީމެވެ.

11 ޖުލައި 2018