ތަމްރީނު
ނަންބަރު: (IUL)WDC(2)/2018/07
ޕަބްލިޝްކުރި ތާރީޚް: 12 ޖުލައި 2018
ޕަބްލިޝްކުރި ގަޑި: 14:49
ސުންގަޑި: 22 ޖުލައި 2018 14:00
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައްޑޫ ސިޓީގައި ހިންގާ ދަބަސް ފަހަން ދަސްކޮށްދޭ ކޯހަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން

އިޢުލާން

އައްޑޫސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ، އައްޑޫސިޓީގެ އަންހެން ބޭފުޅުންނަށް އަމާޒުކޮށްގެން ދަބަސް ފަހަން ދަސްކޮށްދޭ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު އާއްމުކޮށް ހުޅުވާލަމެވެ. އެގޮތުން އައްޑޫސިޓީގައި ހިންގާ މިކޯހަށް ކޮންމެ ދާއިރާއަކަށް 10 ފުރުޞަތު ދިނުމަށްވަނީ ހަމަޖެހިފައެވެ. ކޯހުގައި ބައިވެރިވުމުގެ ފީއެއްގެ ގޮތުގައި -/500ރުފިޔާގެ ފީއެއް ނެގޭނެއެވެ.

ފޯމް ދޫކުރާނީ، 15 ޖުލައި 2018 ވާ އާދީއްތަ ދުވަހު ހެނދުނު 11:30 އިން ފެށިގެން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އޮފީހުންނެވެ. ހުޅުދޫ އަދި މީދޫ ދާއިރާގެ ފޯމްތައް ދޫކުރުމާއި ބަލައިގަންނާނީ މިދާއިރާ ތަކުގެ އަވަށު އޮފީހުންނެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 22 ޖުލައި 2018 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދު ވުމުގެ ކުރިން އައި،ޑީ،ކާޑްގެ ކޮޕީއާއިއެކު، ފޯމް ހުށަހެޅުއްވުން އެދެމެވެ.

28 ޝައްވާލް 1439

 

12 ޖުލައި 2018