ދިވެހިރާއްޖެ
އަންދާސީ ހިސާބު
މި މިނިސްޓްރީގެ ފަރާތުން ބޭއްވުމަށް ހަމަޖެހިފައިވާ ޓްރެއިނިންގ ޕްރޮގްރާމަކަށް ތިރީގައި ތަފްސީލު ދެވިފައިވާ ގޮތަށް ކޮންފަރެންސް ހޯލެއް ހޯދުމަށް ބޭނުންވެއެވެ.
- ކޮންފަރެންސް ހޯލް ބޭނުންވާ ތާރީހް: އޯގަސްޓް 8 އަދި 9 ވަނަ ދުވަހު ( ހެނދުނު 8 ކުން ހަވީރު 4 ކަށް)
- ބައިވެރިންގެ އަދަދު: 50
- އިތުރަށް ބޭނުންވާ ތަކެއްޗާއި ޚިދުމަތް:
- 1 މަލްޓިމީޑިއާ ޕްރޮޖެކްޓަރ
- ސައުންޑް ސިސްޓަމް
- 1 ލެޕްޓޮޕް
- 1 ވައިޓް ބޯޑާއި މާރކަރ
- 50 ބައިވެރިންނަށް ހެނދުނު ސައި، މެންދުރު ކެއުން އަދި ހަވީރު ސައި
- ސައި / ކޮފީ
- މިނެރަލް ވޯޓަރ
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2018 ޖުލައި 18 ވާ ބުދަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މި މިނިސްޓްރީއަށް (ވެލާނާގެ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެންދެއްވުން އެދެމެވެ.
އިވެލުއޭޓް ކުރުމުގައި ޕޮއިންޓްދޭނެ ގޮތް
- އަގަށް 100 ޕޮއިންޓް (ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު × 100 )
އަންދާސީ ހިސާބާއެކީ ހުށަހަޅަންޖެހޭ ލިޔުންތައް
ހ. ކުންފުންޏެއް، ޕަރޓްނަރޝިޕެއް ނުވަތަ ލޯކަލް އިންވެސްޓްމަންޓެއްގެ ނަމުގައި މަސައްކަތަށް ކުރިމަތިލާނަމަ، ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. އަމިއްލަ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހަޅާނަމަ ހުށަހަޅާ ފަރާތުގެ މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީއެއް ހުށަހަޅަން ވާނެއެވެ.
ށ. ހުށަހަޅާ ފަރާތާ ބެހޭ ޕްރޮފައިލް.
ނ. ޖީ.އެސް.ޓީއަށް ރަޖިސްޓްރީ ކުރަންޖެހޭ ފަރާތްތަކުން އެފަރާތަށް މީރާއިން ދޫކޮށްފައިވާ ޖީއެސްޓީ ރެޖިސްޓްރޭޝަން ކޮޕީ ހުށަހަޅަން ވާނެވެ. (މަސައްކަތް އެވޯޑް ކުރެވޭ ފަރާތުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ޓެކުހެއްވާނަމަ، އެ ފައިސާއެއް ދައްކައި ހަލާސްކޮށްފައިވާކަން މިނިސްޓްރީން ކަށަވަރު ކުރާނެއެވެ)
ރ. އިމާރާތްކުރުން ނުވަތަ މަރާމާތު ކުރުން ފަދަ މަސައްކަތެއް ކުރުމަށް ބިޑު ހުށަހަޅާނަމަ، މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގައި ރަޖިސްޓްރީ ކުރިކަމުގެ ލިޔުން.
ބ. އަންދާސީ ހިސާބު ހުށައަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ބޭރުގައި ހުށައެޅި ފަރާތާއި އަންދާސީ ހިސާބު ހުށައެޅިފައިވާ މަސައްކަތް އިނގޭނޭ ގޮތަށެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3339226، 3339209 އަދި 3339239 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.