ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)303-AS/303/2018/30
ޕަބްލިޝްކުރި ތާރީޚް: 11 ޖުލައި 2018
ޕަބްލިޝްކުރި ގަޑި: 12:39
ސުންގަޑި: 17 ޖުލައި 2018 12:00
މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ ޕިކަޕަށް ޑްރައިވަރުން ހޯދުމާއި ގުޅޭ

 

`

މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ

އުނގޫފާރު، ދިވެހިރާއްޖެ                    

އިޢުލާން

ނަންބަރު:  30/IUL)303-AS/303/2018)

ރައްޔިތުންގެ ޕިކަޕަށް ޑްރައިވަރުން ހޯދުމާއި ގުޅޭ

 

ބޭނުންވާ          އަދަދު: 02

މަޤާމް:           ޕިކަޕް ޑްރައިވަރ

މުސާރަ:         -/3500 ( ތިންހާސް ފައްސަތޭކަ ރުފިޔާ )          

ސާރވިސް އެލަވަންސް -/1050 ( އެއްހާސް ފަންސާސްރުފިޔާ )

ހާޒިރީ އެލަވަންސް   -/700 ( ހަތްސަތޭކަ ރުފިޔާ )

ސަރުތު:       ގްރޭޑް 07 ގެ ފެންވަރަށް ތަކެތި ދަތުން، ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހަކު ކަމުގައިވުމާއި ހަތަރު ފޮރޮޅުލީ އުޅަނދު ފަހަރު ( ކާރު/ޕިކަޕް/ލޮރީ )ދުއްވުމުގެ އެއްގަމު ލައިސެންސް އޮތް ފަރާތެއް ކަމުގައިވުން.

ހުށަހަޅުއްވަންޖެހޭ ލިޔެކިއުންތައް: ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ، އައި ޑީ ކާޑުގެ ކޮޕީ އާއި ވަޒީފާއަށް އެދި ހުށަހަޅުއްވާ ސިޓީގެ އިތުރުން އެއްގަމު ލައިސެންސްގެ ކޮޕީ ހުށަހަޅަންވާނެއެވެ

މީގެއިތުރުން އެއްވެސް ޓްރެނިންގ ޕްރޮގްރާމް ފުރިހަމަކޮށްފައިވާނަމަ އެކަމުގެ ލިއުން ހުށަހަޅަން ވާނެއެވެ.

އެހެނިހެން އިނާޔަތްތައް: އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ( މުސާރާގެ %50 ) އާއި ހަމަޖެހިފައިވާ އުޞޫލުން ރަމަޟާންމަހުގެ އިނާޔަތު ފައިސާ ލިބޭނެއެވެ.

ސިޓީ ހުށަހަޅުއްވަންޖެހޭ އެންމެ ފަހުގެ ތާރީޙް: 17 ޖުލައި 2018 ވާ އަންގާރަ ދުވަހުގެ 12:00 ގެކުރިން އުނގޫފާރު ކައުންސިލްގެ އިދާރާއަށް

             ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

             27  ޝައްވާލް   1439    

             11   ޖުލައި    2018 

                                             

                                ޢަބުދުއްނާޞިރު ޢަލީ

                                                           (ރައީސް) 

 

11 ޖުލައި 2018