ދިވެހިރާއްޖެ
`
މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
އުނގޫފާރު، ދިވެހިރާއްޖެ
(IUL)303-AS/303/2018/29 :ނަންބަރު
އިޢުލާން
މިކައުންސިލުން ހިންގަމުން ގެންދާ އުނގޫފާރު ރައްޔިތުންގެ ވިޔަފާރިއަށް ޑިސަލް އަދި ޕެޓްރޯލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން
އުނގޫފާރު ރައްޔިތުންގެ ވިޔަފާރިއަށް ބޭނުންވާ ޑީސަލް އަދި ޕެޓްރޯލް އެއްއަހަރުގެ މުއްދަތަށް ވިއްކުމަށް އެދޭ ފަރާތްތަކުން 15 ޖުލައި 2018 ވާ އާދިއްތަ ދުވަހުގެ 11.00 އަށް މިއިދާރާއަށް ވަޑައިގެން މައުލޫމާތު ސާފްކުރުމަށްފަހު، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި ޚިދްމަތް ދިނުމަށް އެދި ހުށަހަޅާ ޕްރޮޕޯސަލް 18 ޖުލައި 2018 ވާ ބުދަ ދުވަހުގެ 11.00 އަށް މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މިގޮތުން ހުށަހަޅާ ޕްރޮޕޯސަލްގައި ތިރީގައި މިދަންނަވާ ކަންތައްތައް ފުރިހަމަވެފައި ހުންނަން ވާނެއެވެ.
1- ޑީސަލް ލިޓަރެއް ވިއްކާނެ އަގު
2- ޕެޓްރޯލް ލިޓަރެއް ވިއްކާނެ އަގު
3- ތެލުގެ އަގަށް އަންނަ ބަދަލުތަކާއި ގުޅިގެން ޚިދްމަތް ދިނުމުގައި އަމަލުކުރާނެގޮތް
4- ފައިސާ ދެއްކުމަށް އެދޭގޮތް: ( ފައިސާ ދެއްކުމުގައި ދެވިދާނެ ލުއިފަސޭހަތައް )
5- މެދުނުކެނޑި ސަޕްލައި ލިބެންހުންނާނެ ކަމުގެ ގެރެންޓީ ( ހުށަހަޅާ ފަރާތުން ޚިދްމަތް ދިނުމުގައި ސްޓޮކް ހުސްވެއްޖެނަމަ ސަޕްލައި ކޮށްދިނުމަށް ހަމަޖައްސާގޮތް )
6- ތެޔޮ ވިއްކާ ފަރާތުގެ ރަޖިސްޓްރީ އާއި ލިބިފައިވާ ހުއްދަތަކުގެ ކޮޕީ
7- ތެޔޮ އަޅައިދިނުމުގައި ދޭނެލުއިފަސޭހަތައް
8- ޓެކްސް ކްލިއަރެންސް ރިޕޯޓް
ތިރީގައި އެވަނީ ތެޔޮ ސަޕްލައި ކޮށްދިނުމަށް އެދޭފަރާތްތަކަށް މާކުސް ދިނުމަށް ހަމަޖެހިފައިވާގޮތެވެ.
ހުށަހަޅާ އަގަށް: % 70
ތެޔޮ ހުސްވިޔަނުދީ ތެޔޮ ސަޕްލައި ކޮށްދެވޭނެކަމުގެ ގެރެންޓީ: % 20
ފައިސާ ދެއްކުމަށް ދޭ ލުއިފަސޭހަޔަށް: % 10
ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.
27 ސައްވާލު 1439
11 ޖުލައި 2018
އަބްދުއްނާޞިރު ޢަލީ
( ކައުންސިލްގެ ރައީސް )