ދިވެހިރާއްޖެ
މި މިނިސްޓްރީން 2018 މޭ 06 ވަނަ ދުވަހު ކުރި ނަންބަރު (IUL)138-AS6/1/2018/150 އިޢުލާނާ ޙަވާލާދީ ދަންނަވަމެވެ.
ޙަވާލާދީފައިވާ އިޢުލާނުގައި ޢާންމުކުރެވިފައިވާ ސަރުކާރުގެ "ހިޔާ 2018" ޕްރޮގްރާމްގެ ދަށުން ފޯމު ހުށަހެޅުމަށް ހުޅުވާލެވިފައިވާ 12 ކެޓެގަރީގެ ތެރެއިން ތިރިގައިމިވާ ކެޓެގަރީގެ ފޯމާއި މަޢުލޫމާތު ކަރުދާހަށް އަންނަނިވިގޮތަށް އިޞްލާޙްކޮށް ޢާންމުކޮށް އިޢުލާންކުރީމެވެ.
އިޞްލާޙު 1 |
|
އިޞްލާޙު ގެނެވުނު ކެޓެގަރީތައް |
1) މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްޞަ ކެޓެގަރީ 2) މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްޞަ ކެޓެގަރީގެ ދަށުން ދޫކުރާ 1 ކޮޓަރި ފުލެޓު |
ގެނެވުނު އިޞްލާޙު |
މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްޞަ ކެޓެގަރީ އަދި މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްޞަ ކެޓެގަރީގެ ދަށުން ދޫކުރާ 1 ކޮޓަރި ފުލެޓުގެ ފޯމު ތިރީގައިމިވާގޮތަށް އިޞްލާޙްކޮށް ޢާންމުކޮށް އިޢުލާންކުރީމެވެ.
ގެނެވުނު އިޞްލާޙް: ފޯމަށް ބަދަލުތަކަށް ގެނެވި، ފޯމަށް ޞަފްޙާ 3 އިތުރުކުރެވިފައިވާ ފޯމު މި މިނިސްޓްރީގެ ހިޔާ ވެބްސައިޓުންނާއި، މި މިނިސްޓްރީއިން ލިބިވަޑައިގަންނަވާނެވެ. އަދި އިޞްލާޙްކޮށްފައިވާ 2 ކެޓެގަރީގެ އިޞްލާޙްކުރެވިފައިވާ ފޯމު އދި މަޢުލޫމާތު ކަރުދާހުގެ ކޮންމެ ޞަފްޙާއެއްގެ ތިރީގައި H9/07/18/V2 ނުވަތަ H13/07/18/V2 ލިޔެވިފައިވާނެއެވެ. |
އިޞްލާޙު 2 |
|||||||||||||||||||||||||||||||||||||||||||||||||||||||
އިޞްލާޙު ގެނެވުނު ކެޓެގަރީތައް |
1) މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްޞަ ކެޓެގަރީ |
||||||||||||||||||||||||||||||||||||||||||||||||||||||
ގެނެވުނު އިޞްލާޙު |
މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްޞަ ކެޓެގަރީގެ މަޢުލޫމާތު ކަރުދާހުގެ ޕޮއިންޓް ދިނުމަށް ބެލޭ މިންގަނޑު ތިރީގައިމިވާގޮތަށް އިޞްލާޙްކޮށް ޢާންމުކޮށް އިޢުލާންކުރީމެވެ.
ގެނެވުނު އިޞްލާޙް:
|
އިޞްލާޙު 3 |
|||||||||||||||||||||||||||||||||||||||||||||||||||||
އިޞްލާޙު ގެނެވުނު ކެޓެގަރީތައް |
1) މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްޞަ ކެޓެގަރީގެ ދަށުން ދޫކުރާ 1 ކޮޓަރި ފުލެޓު |
||||||||||||||||||||||||||||||||||||||||||||||||||||
ގެނެވުނު އިޞްލާޙު |
މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްޞަ ކެޓެގަރީގެ ދަށުން ދޫކުރާ 1 ކޮޓަރި ފުލެޓުގެ މަޢުލޫމާތު ކަރުދާހުގެ ޕޮއިންޓް ދިނުމަށް ބެލޭ މިންގަނޑު ތިރީގައިމިވާގޮތަށް އިޞްލާޙްކޮށް ޢާންމުކޮށް އިޢުލާންކުރީމެވެ.
ގެނެވުނު އިޞްލާޙް:
|
އިޞްލާޙު 4 |
|
އިޞްލާޙު ގެނެވުނު ކެޓެގަރީތައް |
1) މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްޞަ ކެޓެގަރީ 2) މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްޞަ ކެޓެގަރީގެ ދަށުން ދޫކުރާ 1 ކޮޓަރި ފުލެޓު |
ގެނެވުނު އިޞްލާޙު |
މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްޞަ ކެޓެގަރީ އަދި މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްޞަ ކެޓެގަރީގެ ދަށުން ދޫކުރާ 1 ކޮޓަރި ފުލެޓުގެ މަޢުލޫމާތު ކަރުދާހުގެ ފޯމާއި އެކު ހުށަހަޅަންޖެހޭ ލިޔުންތައް ތިރީގައިމިވާ ލިޔުން އިތުރުކޮށް ޢާންމުކޮށް އިޢުލާންކުރީމެވެ.
ގެނެވުނު އިޞްލާޙް: ފުލެޓަށްއެދޭ މީހާ މާލޭގައި ދިރިއުޅުނު މުއްދަތަށް ހެކިވާ 2 ހެކިންގެ އައިޑީ ކާޑުގެ ކޮޕީ |
އަދި މި ކެޓެގަރީގެ ދަށުން، ދަފްތަރުގައި ރަޖިސްޓްރީ ވުމާއި، ފުލެޓުތަކަށް އެދި ކުރިމަތިލުމަށް ފޯމު ހުށަހެޅުން ކުރިޔަށް ގެންދަވާނީ އަންނަނިވި ގޮތަށެވެ.
1) މި މިނިސްޓްރީގެ ދަށުން ދަފްތަރުގައި ރަޖިސްޓްރީވުމަށް ހުޅުވާލެވޭ އޮފީހަށް، ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދި ފޯމު ހުށަހެޅޭނެއެވެ.
2) ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ފަހު ހަވާލުކުރެވޭ ސްލިޕް އާއި އެކެ "ހިޔާ 2018"ގެ ދަށުން ހުޅުވާލެވިފައިވާ H9 މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްޞަ ކެޓެގަރީ އަދި H13 މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްޞަ ކެޓެގަރީގެ ދަށުން ދޫކުރާ 1 ކޮޓަރި ފުލެޓަށް އެދި ފޯމު ހުށަހެޅޭނެއެވެ.
3) ދަފްތަރުގައި ރަޖިސްޓްރީކޮށް، ދަފްތަރު އިސްލާޙުކޮށް، އައިޑީ ކާޑު ބަދަލުކުރުމުގެ މަސައްކަތް ކުރިޔަށް ގެންދެވޭނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ފަހުގައެވެ.