ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)22-D/1/2018/60
ޕަބްލިޝްކުރި ތާރީޚް: 10 ޖުލައި 2018
ޕަބްލިޝްކުރި ގަޑި: 14:30
ސުންގަޑި: 22 ޖުލައި 2018 13:30
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
އެޑިއުކޭޝަން އޮފިސަރ

އިއުލާން

 

މަޤާމް:              އެޑިއުކޭޝަން އޮފިސަރ

މަޤާމުގެ ނަންބަރު:      J-288735

ބޭނުންވާ އަދަދު:        01

މަޤާމުގެ ގިންތި:        ދާއިމީ

މަޤާމުގެ ރޭންކް:        (އެމް.އެސް 3 – އީ.އެކްސް 6)

މަޤާމުގެ ކްލެސިފިކޭޝަން:  (އެޑިއުކޭޝަން އޮފިސަރ 4 – އެޑިއުކޭޝަން އޮފިސަރ 11)

ވަޒީފާ އަދާކުރަން ޖެހޭ ތަން:      މިނިސްޓްރީ އޮފް އެޑިއުކޭޝަން

މުސާރަ:             7035.00 – 15560.00

ސަރވިސް އެލެވަންސް:    3500.00

އެހެނިހެން އެލަވަންސް:      1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

                     2. ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

                     3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ހިދުމަތް.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1. ސްކޫލް ހެލްތް އެންޑް ސޭފްޓީ ސެކްޝަނުގެ އިސްވެރިޔާގެ ލަފަޔާއި އިރުޝާދުގެ ދަށުން ސެކްޝަނުން ސްކޫލްތަކުގައި ހިންގާ "ޑިސާސްޓަރ އެންޑް އެމަޖެންސީ" ޕްރޮގްރާމް ހިންގުމުގެ އެންމެހާ މަސައްކަތްތައް ރާވައި ބެލެހެއްޓުމާއި މަސައްކަތް ގުޅޭގޮތުން އިސްވެރިޔާއަށް ބޭނުންވާ މަޢުލޫމާތުދިނުން.

2. ސްކޫލް ހެލްތް އެންޑް ސޭފްޓީ ސެކްޝަނުން ރާވާގޮތެއްގެ މަތިން އަތޮޅުތަކުގެ ސްކޫލް، މަދުރަސާތަކަށް "ޑިސާސްޓަރ އެންޑް އެމަޖެންސީ" ޕްރޮގްރާމް ތަޢާރަފުކުރެވޭނެ އިންތިޒާމް ހަމަޖައްސައި މިޕްރޮގްރާމް ރާވައި ހިންގައި ބެލެހެއްޓުން.

3. ސްކޫލުގައި ޤާއިމުކުރާ ޑިޒާސްޓަރ އެންޑް އެމަޖެންސީ ފޯކަލް ޕޮއިންޓާއި ކައުންސެލަރާއި ސްކޫލް ހެލްތް އޮފިސަރާއި ލީޑިންގ ޓީޗަރުންނާއި ޓީޗަރުން އަދި ސްކޫލް މެނޭޖްމަންޓުން "ޑިޒާސްޓަރ އެންޑް އެމަޖެންސީ" ގެ މަޢުލޫމާތާއި ޓްރެއިނިންގ ދެވޭނެ ވަޞީލަތްތައް ޑިވިޜަނުގެ ވެރިންނާއި މަޝްވަރާކޮށްގެން ހޯދައި ޓްރޭނިންގ ޕްރޮގްރާމްތައް ރާވައި ހިންގުން.

4. ބޭރުގެ އެހީގައި ސްކޫލް ހެލްތް އެންޑް ސޭފްޓީ ސެކްޝަނުން "ޑިސާސްޓަރ އެންޑް އެމަޖެންސީ" ޕްރޮގްރާމްގެ ރެކޯޑުތަކާއި ލިޔުންތައް ބެލެހެއްޓުމާއި ޕްރޮގްރާމް ރިޕޯޓްތަކާއި ފައިނޭންޝަލް އެކްސްޕެންޑިޗަރ ރިޕޯޓްތައް ހަމަޖެހިފައި އޮންނަ އުޞޫލާ އެއްގޮތަށް ތައްޔާރުކޮށް ސެކްޝަންގެ އިސްވެރިޔާއަށް ހުށަހެޅުން. 

5. މޯލްޑިވްސް ހެލްތް ޕްރޮމޯޓިންގ ސްކޫލްސް އިނީޝިއޭޓިވްސް ތަޢާރަފުކުރާ ސްކޫލްތަކުގައިވެސް "ޑިސާސްޓަރ އެންޑް އެމަޖެންސީ" ޕްރޮގްރާމް ހިމެނުމަށް ސެކްޝަނުން ކުރާ މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވުން.

 6. "ޑިސާސްޓަރ އެންޑް އެމަޖެންސީ" ޕްރޮގްރާމް ތަޢާރަފުކުރުމާއެކު މިޕްރޮގްރާމް މަސައްކަތް މޮނިޓަރކުރެވޭނެ ނިޒާމެއް ސެކްޝަންގެ ވެރިންނާއި މަޝްވަރާކޮށްގެން ރާވައި މިޕްރޮގްރާމް މޮނިޓަރކުރުން.

 7. މޯލްޑިވްސް ހެލްތް ޕްރޮމޯޓިންގ ސްކޫލްސް އިނީޝިއޭޓިވްސްގެ ދަށުން ބައިނަލްއަޤުވާމީ މުއައްސަސާތަކާއެކު ކުރާ މަސައްކަތުގައި ބައިވެރިވެ، އެމަސައްކަތްކުރުން.

 8. ސެކްޝަނުން ތައްޔާރުކުރާ އަހަރީ ރިޕޯޓަށް ބޭނުންވާ "ޑިސާސްޓަރ އެންޑް އެމަޖެންސީ" ގެ މަޢުލޫމާތު ކޮންމެ އަހަރެއްގެ 31 އޮކްޓޯބަރުގެ ކުރިން ސެކްޝަންގެ އެޑްމިނިސްޓްރޭޓިވް އޮފިސަރާ ޙަވާލުކުރުން.

 9. މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ރަސްމީ ލަނޑުދަނޑިތައް ހާޞިލުކުރުމަށް ޙަވާލުކުރާ އޮފީހުގެ ރަސްމީ މަސައްކަތްތައް ކުރުން

މަޤާމުގެ ޝަރުތުތައް:

މަޤާމް

 ރޭންކް

ކްލެސިފިކޭޝަން

ޝަރުތު

މަޤާމުގެ އަސާސީ މުސާރަ

ސަރވިސް އެލަވަންސް

 

އެޑިޔުކޭޝަން އޮފިސަރ

MS3

 

 

 

އެޑިޔުކޭޝަން އޮފިސަރ 4

-  ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ  އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް  ހާސިލްކޮށްފައިވުން؛ ނުވަތަ

-   ކިޔަވައިދޭ މާއްދާއަށް ހާއްސަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައި އޮތުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ނުވަތަ އެއްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން އަދި ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ

-   އެޑިއުކޭޝަން އޮފިސަރ 3ގެ މަޤާމުގެ ޝަރުތު ފުރިހަމަވެ، އެމަޤާމުގައި މަދުވެގެން 3 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން

-/7035

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

3500/-

MS4

އެޑިޔުކޭޝަން އޮފިސަރ 5

-   ކިޔަވައިދޭ މާއްދާއަށް ހާއްސަ ކުރެވިފައިވާ ދާއިރާއަކުން ނުވަތަ ކިޔަވައިދިމުނުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައި އޮތުމާއި އެކު ތައުލީމީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ އިތުރު ސަނަދެއް ހާސިލްކޮށްފައިވުން އަދި ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު އުޅެ ތަޖުރަބީ ލިބިފައިވުން ނުވަތަ

-   ކިޔަވައިދިނުމުގެ ރޮގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން ނުވަތަ

-    ކިޔަވައިދޭ މާއްދާއަށް ހާއްސަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައި އޮތުމާއި އެކު (ލެވެލް 7 ގެ ސަނަދެއް ނެތި) ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ނުވަތަ  އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން އަދި ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު އުޅެ ތަޖްރިބާ ލިބިފައިވުން ނުވަތަ

-    އެޑިޔުކޭޝަން އޮފިޝަރ 4 ގެ މަޤާމުގެ ޝަރުތު ފުރިހަމަވެ، އެމަޤާމުގައި މަދުވެގެން 3 އަހރު އެޅެ ތަޖުރިވާ ލިބިފައިވުން

-/7875

EX1

އެޑިޔުކޭޝަން އޮފިސަރ 6

-   ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ  އޮނިގަނޑު ލެވެލް 7 ނުވަތަ ލެވެލް 8ގެ ސަނަދެއް ހާސިލްކޮށްފައި އޮތުމާއި އެކު ތައުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ހާއްސަ ކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9ގެ ސަނަދެއް ހާސިލްކޮށްފައިވުން އަދި ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން: ނުވަތަ

-  ކިޔަވައިދޭ މާއްދާއަށް ހާއްސަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8ގެ ސަނަދެއް އަދި ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ  ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ތައުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ހާއްސަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9ގެ ސަނަދެއް ހާސިލްކޮށްފައިވުން އަދި ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ

-  އެޑިއުކޭޝަން އޮފިސަރ 5ގެ މަޤާމުގައި ޝަރުތު ފުރިހަމަވެ، އެމަޤާމުގައި މަދުވެގެން 3 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން

-/8835

EX2

އެޑިޔުކޭޝަން އޮފިސަރ 7

-   ކިޔަވައިދޭ މާއްދާއަށް ހާއްސަކުރެވިފައިވާ ދާއިރާއަކުން ނުވަތަ ތައުލީމީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 10ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު ކިޔަވައިދިނުމުގެ ރޮނގުން   

-   ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްކޮށްފައިވުން އަދި ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ

-   އެޑިއުކޭޝަން އޮފިސަރ 6ގެ މަޤާމުގެ ޝަރުތު ފުރިހަމަވެ، އެމަޤާމުގައި މަދުވެގެން 3 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން

-/9890

EX3

އެޑިޔުކޭޝަން އޮފިސަރ 8

-   އެޑިއުކޭޝަން އޮފިސަރ 7ގެ މަޤާމު ޝަރުތު ފުރިހަމަވެ، އެމަޤާމުގައި މަދުވެގެން 3 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން

-/11065

EX4

އެޑިޔުކޭޝަން އޮފިސަރ 9

-  އެޑިއުކޭޝަން އޮފިސަރ 8ގެ މަޤާމު ޝަރުތު ފުރިހަމަވެ، އެމަޤާމުގައި މަދުވެގެން 3 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން

-/12400

EX5

އެޑިޔުކޭޝަން އޮފިސަރ 10

-  އެޑިއުކޭޝަން އޮފިސަރ 9ގެ މަޤާމު ޝަރުތު ފުރިހަމަވެ، އެމަޤާމުގައި މަދުވެގެން 3 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން

-/13890

EX6

އެޑިޔުކޭޝަން އޮފިސަރ 11

-  އެޑިއުކޭޝަން އޮފިސަރ 10ގެ މަޤާމު ޝަރުތު ފުރިހަމަވެ، އެމަޤާމުގައި މަދުވެގެން 3 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން

-/15560

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ހ. ޙާޞިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 22 ޖުލައި 2018 ގެ 1:30 ގެ ކުރިން، މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގެ 8 ވަނަ ފަންގިފިލާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު

ހ. މި މަގާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އަދި އިންޓަވިޔުއޮންނާނެ ތަން އިޢުލާނަށް މުއްދަތު ހަމަވާތާ ރަސްމީ 7 ދުވަސްތެރޭގައި އެންގޭނެއެވެ.މި މަގާމަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި އިންޓަވިޔުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ށ. އިންޓަވިއުގައި ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވަން ޖެހޭނެއެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށް ވުރެ ގިނަނަމަ ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މި ޢިއުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކާއި އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ގާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައި ދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި މިނިސްޓްރީގެ ނަންބަރު 3341298ފޯނަށް ގުޅުއްވުން އެދެމެވެ.

10 ޖުލައި 2018