ވަޒީފާގެ ފުރުޞަތު
ނަންބަރު: 153-FE/2018/8
ޕަބްލިޝްކުރި ތާރީޚް: 09 ޖުލައި 2018
ޕަބްލިޝްކުރި ގަޑި: 15:08
ސުންގަޑި: 11 ޖުލައި 2018 14:00
ފެކަލްޓީ އޮފް އެޑިޔުކޭޝަން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޕާޓްޓައިމް ލެކްޗަރަރ

 

ޕާޓްޓައިމް ވަޒީފާގެ ފުރުޞަތު

ފެކަލްޓީ އޮފް އެޑިޔުކޭޝަނުން އަތޮޅުތަކުގެ ބައެއް ރަށްތަކުގައި ހިންގޭ ކޯސްތަކުގައި 2018ވަނަ އަހަރުގެ ދެވަނަ ސެމެސްޓަރގައި ކިޔަވައިދެއްވުމަށް ތިރީގައި މިދަންނަވާ ދާއިރާތަކަށް ޕާޓްޓައިމް ލެކްޗަރަރއިން ބޭނުންވެއެވެ.

މާއްދާ:

 

މާއްދާ / މަސައްކަތް އޮންނަ ރަށް

  1. ކޮމްބައިންޑް ސައިންސް 1 (SCI309) / ގދ.ތިނަދޫ، ރ.ދުވާފަރު، ފ.ނިލަންދޫ، ޏ.ފުވައްމުލައް
  2. ޅެންވެރިކަން (LIT309) / ސ.ހިތަދޫ
  3. ދިވެހި އަދަބިއްޔާތު (DHI213) / ސ.ހިތަދޫ، ޅ.ނައިފަރު
  4. ދިވެހިބަހުގެ ހުނަރު (CST351) / ގދ.ތިނަދޫ، ހދ.ކުޅުދުއްފުށި
  5. އަދަބިއްޔާތުގެ ތެރެއިން ބަސް ކިޔަވައިދިނުން (LIN223) / ގދ.ތިނަދޫ، ހއ.ދިއްދޫ، ބ.އޭދަފުށި
  6. ފޮނެޓިކްސް އެންޑް ފޮނޮލޮޖީ (LIN225) / ގދ.ތިނަދޫ، ހދ.ކުޅުދުއްފުށި، ރ.ދުވާފަރު، ނ.ކެނދިކުޅުދޫ، ހއ.ދިއްދޫ، ބ.އޭދަފުށި
  7. އަދަބިއްޔާތުގެ ތެރެއިން ބަސް ކިޔަވައިދިނުން (LIN223) / ހދ.ކުޅުދުއްފުށި، ރ.ދުވާފަރު، ނ.ކެނދިކުޅުދޫ
  8. ލޭންގުއެޖް އާރޓްސް ދިވެހި 2 (CST247) / ހދ.ކުޅުދުއްފުށި، ރ.ދުވާފަރު، ނ.ކެނދިކުޅުދޫ، ހއ.ދިއްދޫ، ބ.އޭދަފުށި
  9. ޢާންމު ދިވެހި (DHI127) / ރ.ދުވާފަރު، ޏ.ފުވައްމުލައް
  10. އެސެންޝިއަލް އިންގްލިޝް (ENG213) / ޅ.ނައިފަރު
  11. ފިޒިކަލް އެޑިޔުކޭޝަން (PHE201) / ގދ.ތިނަދޫ
  12. އިންޓްރޮޑަކްޝަން ޓު ސެޕްޝަލް އެޑިޔުކޭޝަން (EST311) / ރ.ދުވާފަރު، ޏ.ފުވައްމުލައް
  13. ސޯޝިއޮލޮޖީ އޮފް އެޑިޔުކޭޝަން (EST301) / ރ.ދުވާފަރު، ޏ.ފުވައްމުލައް
  14. އެސެސްމެންޓް އެންޑް އިވެލުއޭޝަން (EST207) / ޅ.ނައިފަރު
  15. ޕްރެކްޓިކަމް 2 ފޮރ ޕްރައިމަރީ (PRM239) / ރ.ދުވާފަރު، ޏ.ފުވައްމުލައް، ސ.ހިތަދޫ

ޝަރުތު:

މާއްދާއާއި ގުޅޭ ދާއިރާ އިން ދަށްވެގެން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވުމާއެކު ޕޯސްޓް ސެކަންޑަރީ ފެންވަރުގައި 2 އަހަރު ދުވަހުގެ ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުން.

އުޖޫރަ:

400-300 ލެވެލްގައި ތަޤްރީރުކުރާ ކޮންމެ ގަޑިއަކަށް -/275ރ. ،200 ލެވެލް ގައި ތަޤްރީރުކުރާ ކޮންމެ ގަޑިއަކަށް -/225ރ.، 100 ލެވެލްގައި ތަޤްރީރުކުރާ ކޮންމެ ގަޑިއަކަށް -/200ރ. ގެރޭޓުން އުޖޫރަ ދެވޭނެއެވެ. މީގެ އިތުރަށް މާރކްކުރާ ކޮންމެ އެސައިންމަންޓަކަށާއި، އިމްތިޙާނު ކަރުދާހަކަށް ދަރިވަރަކަށް -/35ރ. ގެ ރޭޓުން އުޖޫރަ ދެވޭނެއެވެ.

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  2. ވަޒީފާ އަށް އެދޭ ފަރާތުގެ ވަނަވަރު
  3. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ

ނޯޓް:

- މަތީގައި ދެންނެވިފައިވާ ގިނަ މާއްދާތަކަކީ ބްލޮކް މޯޑުން ހިންގޭ ކޯސްތަކުގައި ކިޔަވައިދެވޭ މާއްދާތަކެކެވެ. ބްލޮކް މޯޑް ކޯސްތައް ކުރިއަށް ދާނީ ބުރާސްފަތި ދުވަހުން ފެށިގެން ހަފްތާ ބަންދު ހިމަނައިގެންނެވެ.

- އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.

- އިޢުލާނުގައި ބަޔާންކުރެވިފައިވާ ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ ފެކަލްޓީން ގުޅުއްވާނެއެވެ.

- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.

ސުންގަޑި: 2018 ޖުލައި 11 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ފެކަލްޓީ އޮފް އެޑިޔުކޭޝަނަށް (އަމީނީ ބިލްޑިންގ) ސިޓީ ފޮނުއްވުން އެދެމެވެ. އީމެއިލް ފޮނުއްވާނީ [email protected]އަށެވެ.

09 ޖުލައި 2018