ދިވެހިރާއްޖެ
އިޢުލާން
ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ފަރާތުން ކުރިއަށް ގެންދާ ވޯރކްޝޮޕް، ސެމިނަރ އަދި ބައްދަލުވުން ތަކަށް ހޯލް ކުއްޔަށް ހިފުމާއި ކޭޓަރިންގ ޚިދުމަތްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ފުރަތަމަ ނަމްބަރ: (IUL)23-AP/23/2018/139 24 ޖޫން 2018 އިއުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހަޅުއްވަން އެއްވެސް ފަރާތެއް ވަޑައިގެންފައިނުވާތީ ވާދަކުރާނެ ތިން ފަރާތެއް ނެތުމުން އެ އިއުލާން ބާތިލްކޮށް އަލުން ފުރުސަތު ހުޅުވާލަމެވެ. ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 16 ޖުލައި 2018 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 23 ޖުލައި 2018 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީ ހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
25 ޝައްވާލް 1439