މަސައްކަތް
ނަންބަރު: (IUL)415/415/2018/46
ޕަބްލިޝްކުރި ތާރީޚް: 08 ޖުލައި 2018
ޕަބްލިޝްކުރި ގަޑި: 08:05
ސުންގަޑި: 19 ޖުލައި 2018 14:00
ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލް އިދާރާގެ ލޯގޯ ތައްޔާރުކުރުން

ނަންބަރ: IUL)415/415/2018/46) 

އިޢުލާން

ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލް އިދާރާގެ ލޯގޯ ތައްޔާރުކުރުން

މި އިދާރާގެ ލޯގޯ ކުރެހުމަށް އާއްމުކޮށް ހުޅުވާލަމެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ލޯގޯ ފަރުމާކޮށް ތިރީގައި މިދަންނަވާ މާޢުލޫމާތާއި ތަކެތި ފުރިހަމަކޮށް 19 ޖުލައި 2018 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މިކަމަށް އެދި ބޭނުންވާ ތަކެއްޗާއި އެކު ފޮނުއްވާ އީމެއިލްވްސް ބަލައިގަނެވޭނެއެވެ. މި އިދާރާގެ މެއިލް އެޑްރެސް އަކީ [email protected] އެވެ.

ހުށަހަޅާ ލޯގޯތަކުގެ ތެރެއިން މިކައުންސިލުން  ބޭނުންކުރުމަށް ފާސްކުރާ ލޯގޯއެއް ހުށަހެޅި ފަރާތަކަށް -/5,000 (ފަސްހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދެވޭނެއެވެ.

ތީމް އަދި ކުލަ

  • ހުށަހަޅާ ލޯގޯގައި އަތޮޅުގެ މަސައްކަތްތެރިކަމާއި ތާރީޚާއި ޡަގާފަތް ރަމްޒުކޮށްދޭންވާނެއެވެ.
  • ކުލަ: ލޮގޯ ފަރުމާކުރެވިފައި ހުންނަންވާނީ ތިރީގައި މިދަންނަވާ ކުލަތަކުގައެވެ.
    • RGB 30 144 255
    • RGB 50 205 50
    • RGB 255 0 0

 

ހުށަހަޅަންޖެހޭ ތަކެތި:

  • ހުށަހަޅާ ފަރާތުގެ ފުރިހަމަ މަޢުލޫމާތާ ގުޅޭނެ ނަންބަރު އަދި ހުށަހަޅާ ލޯގޯ ކޮންސެޕްޓް (ވަކިވަކި ބައިތަކުން ރަމްޒުކޮށްދޭ ކަންކަން އެނގޭ ގޮތަށް) އަދި އެހެނިހެން (ޓެމްޕްލޭޓް) ފައިލްތައް ހިމެނޭ ޕްރޮޕޯޒަލް (PDF)
  • ލޯގޯ (PNG)
  • ލޯގޯގެ ކޮރަލްޑްރޯ ނުވަތަ ފޮޓޯޝޮޕް ފައިލް
  • ލެޓަރހެޑް ޑިޒައިން ލޯގޯ ބޭނުންކޮށްގެން (ވޯރޑް ފައިލް)
  • ބިޒްނަސް ކާޑު ލޯގޯ ބޭނުންކޮށްގެން (ކޮރަލްޑްރޯ ނުވަތަ ފޮޓޯޝޮޕް)
  • އޮފިޝަލް ފާސް ލޯގޯ ބޭނުންކޮށްގެން (ކޮރަލްޑްރޯ ނުވަތަ ފޮޓޯޝޮޕް)

ނޯޓް:

1-      ލެޓަރހެޑް ފިޔަވައި އެހެން ފައިލްތަކުގެ ސޮފްޓްކޮޕީ ހުށަހަޅަންވާނީ ކޮރަލް X15 ނުވަތަ ފޮޓޯޝޮޕް CS5 އަށް ވުރެ ފަހުގެ ވާރޝަންގައި އިމޭޖް ލޭޔަރސް ވަކިވަކިން ހުންނަ ގޮތަށެވެ.

2-      ލެޓަރހެޑް ހުށަހަޅަންވާނީ މައިކްރޯސޮފްޓް ވޯޑް 2010 އަށް ކޮމްޕެޓިބަލް ކޮށެވެ.

24 ޝައްވާލް 1439

08 ޖުލައި 2018

08 ޖުލައި 2018