ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: MNU-CA-PAMD/2018/54
ޕަބްލިޝްކުރި ތާރީޚް: 08 ޖުލައި 2018
ޕަބްލިޝްކުރި ގަޑި: 15:29
ސުންގަޑި:
16 ޖުލައި 2018 11:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ގަތުމަށް
ބީލަން ހުށަހެޅުމުގެ ދަޢުވަތު
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ގަތުމަށް ކުރެވުނު ނަންބަރު: MNU-CA-PAMD/2018/03 އިޢުލާނުގައިވާ މުއްދަތު ހަމަވިއިރު އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އެކަމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
- އަގު ހުށަހަޅުއްވަންވާނީ މި އިއުލާނާ އެޓޭޗްކުރެވިފައިވާ ފޮތްލިސްޓްތަކަށެވެ. މި ފޮތްތަކަކީ އަވަހަށް ބޭނުންވާ ފޮތްތަކެއްކަމުން އެޓޭޗް ކުރެވިފައިވާ ލިސްޓްތަކުގައިވާ ހުރިހާ ފޮތްތަކަށް އަގު ހުށަހަޅުއްވަންވާނެއެވެ.
- މި މަސައްކަތް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ ހުރިހާ ފޮތްތަކަށް އަގު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޓެކްނިކަލް އިވެލުއޭޝަނެއް ހެދުމަށްފަހު އޭގެތެރެއިން އެންމެ ރަނގަޅު ފަރާތަކަށެވެ.
- ޕްރޮޕޯސަލް ހުށަހަޅުއްވާއިރު މި އިއުލާނާ އެޓޭޗް ކުރެވިފައިވާ ލިސްޓްތަކުގައިވާ ފޮތުގެ ނަން، އޯތަރ، ޕަބްލިޝަރ އަދި އައި.އެސް.ބީ.އެން ފަދަ މައުލޫމާތު ދިމާވާންވާނެއެވެ.
- މި ބީލަމަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާގޮތް ތިރީގައި އެވަނީއެވެ.
ހުށަހަޅާ އަގު: 75%
މުއްދަތު: 20%
ތަޖުރިބާ: 05%
- ބީލަން ހުށަހެޅުން އޮންނާނީ 16 ޖުލައި 2018 ވާ ހޯމަ ދުވަހުގެ 11:00 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގާ ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އިއުލާނު ނަންބަރު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ. ކޮންމެ ފޮތް ލިސްޓަކަށް ވަކިން ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.
- ބީލަން ހުށަހަޅުއްވަންވާނީ މި އިއުލާނާ އެޓޭޗް ކުރެވިފައިވާ އުޞޫލުގައި ބަޔާންކޮށްފައިވާ ހަމަތަކާ އެއްގޮތަށެވެ. އުޞޫލުގައި ހުށަހެޅުމަށް ލާޒިމްކޮށްފައިވާ ތަކެތި ބީލަމާއެކު ހުށަނާޅާ ބީލަންތައް ބާޠިލްކުރެވޭނެއެވެ. އަދި ނަންބަރު 3 ގައި ބަޔާންކޮށްފައިވާ ފަދައިން ޕްރޮޕޯސަލްގައި ބަޔާންކުރާ މައުލޫމާތާއި މި އިއުލާނުގައިވާ ފޮތްތަކުގެ ސްޕެސިފިކޭޝަނާ ދިމާނުވާނަމަ އެފަރާތްތަކުގެ ބީލަން ބާޠިލްކުރެވޭނެއެވެ.
- އިސްވެދެންނެވިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަ ދަންނަވަމެވެ. ބީލަމާ ގުޅޭ އެންމެހައި ކަންކަމުގައި ޢަމަލުކުރެވޭނެ އުޞޫލު މި އިއުލާނާ އެޓޭޗް ކުރެވިފައިވާނެއެވެ. އަދި އެޓޭޗް ކުރެވިފައިވާ ލިޔުންތައް ފުރުމަށްފަހު ބީލަމާ އެކު ހުށަހަޅަންޖެހޭ އެންމެހައި ލިޔުންތައް ހުށަހަޅަންޖެހޭނެއެވެ.
- ފޮތުގެ ސްޕެސިފިކޭޝަނާއި ބީލަމާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، ތިރީގައިވާ އީ-މެއިލް އެޑްރެހަށް އީ-މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ ބަޔާންކޮށްފައިވާ ފޯން ނަންބަރަށް ގުޅުއްވުން އެދެމެވެ.
ފޮތާ ގުޅޭ މައުލޫމާތު ނަމަ؛ މަރުކަޒީ ކުތުބުޚާނާ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ރަށްދެބައިހިނގުން، މާލެ، ދިވެހިރާއްޖެ ފޯން: 3345165 އީ-މެއިލް: [email protected] |
ބީލަމާ ގުޅޭ މައުލޫމާތު ނަމަ؛ ޕްރޮކިޔުމަންޓް އެންޑް އެސެޓް މެނޭޖްމަންޓް ޑިޕާރޓްމަންޓް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ރަށްދެބައިހިނގުން، މާލެ، ދިވެހިރާއްޖެ ފޯން: 3345109، 3345111 އީ-މެއިލް: [email protected] |
24 ޝައްވާލް 1439
8 ޖުލައި 2018
08 ޖުލައި 2018