ވަޒީފާގެ ފުރުޞަތު
ނަންބަރު: FFC/I/2018/72
ޕަބްލިޝްކުރި ތާރީޚް: 08 ޖުލައި 2018
ޕަބްލިޝްކުރި ގަޑި: 14:25
ސުންގަޑި: 18 ޖުލައި 2018 16:30
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ސީނިއަރ ސްކީޕަރ

ވަޒީފާގެ ފުރުޞަތު


މި ކުންފުނީގެ ތިރީގައިމިވާ މަޤާމްތަކަށް މީހުން ހޯދަން ބޭނުންވެއެވެ.

މަޤާމު:

 ސީނިއަރ ސްކީޕަރ

ބޭނުންވާ ޢަދަދު

 1

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ފްލީޓް އޮޕަރޭޝަންސް ޑިޕާރޓްމެންޓް / ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް

އުޖޫރަޔާ އިނާޔަތްތައް:

 ބޭސިކް މުސާރަ ކަނޑައަޅާނީ ލިބިފައިވާ ސެޓްފިކެޓްތަކާއި މަސައްކަތުގެ ތަޖްރިބާއަށް ބަލައި (ކުންފުނީގެ މުސާރައިގެ އޮނިގަނޑުން) ދެފަރާތް އެއްބަސްވާ މުސާރައެކެވެ.

މީގެއިތުރުން ކަނޑުމަތީގައި މަސައްކަތްކުރާ މުވައްޒަފުންނަށް ލިބިދެވޭ އެލަވަންސްތައް ކުންފުނީގެ ޕޮލިސީގެ ދަށުން ލިބިދެވޭނެއެވެ. އަދި ކެއުމާއި ހުރުން ކުންފުނިން ހަމަޖައްސައިދެވޭނެއެވެ.

ޝަރުޠު:

ކަނޑުއުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް އޮތުމާއިއެކު ، ދާއިރާގައި މަދުވެގެން 20 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވާ ފަރާތެއްކަމުގައިވުން.

ވަޒީފާއަށްއެންމެޤާބިލުފަރާތެއްހޯދުމަށްބަލާނެކަންތައްތައް:

1.  ގުޅޭދާއިރާއެއްގައި އުޅެ ލިބިފައިވާ ތަޖްރިބާ %40

2.  އިންޓަވިއު މާރކްސް %35

3.  ތަޢުލީމީ ފެންވަރު %25

މަޤާމުގެ މަސްޢޫލިއްޔަތު:

މަސްގަތުމުގައި ހަރަކާތްތެރިވާ ބޯޓުފަހަރު ދުއްވުން، ބޯޓުގެ އެންމެ އިސްފަރާތެއްގެ ހައިސިއްޔަތުން ކުރަންޖެހޭ އެންމެހައި ކަންތައްތައްކުރުމާއި ޒިއްމާއާއި މަސްޢޫލިއްޔަތު އަދާކުރުން.

 

ނޯޓް: - މަތީގައިވާ މަޤާމުގެެ އިންޓަރވިއުއަށް ދައުވަތު ދެވޭނީ ޝަރުތުހަމަވާ ފަރާތްތަކަށެވެ.   

މަތީގައި ދެންނެވިފައިވާ މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 18 ޖުލައި 2018 ވާ ބުދަ ދުވަހުގެ 16:30 ގެ ކުރިން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ  ސާފް ކޮޕީ(އަސްލާއެއްގޮތް ކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީން ތައްގަނޑު ޖަހާފައިވާ އަސްލު) އަދި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއެކު) އާއި ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭގޮތުގެ ލިޔުމެއް. އަދި ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓް ތަކުގެ ކޮޕީ ( އެކްރެޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލާއެކު)  ވަޒީފާއަށް އެދި ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްގެ ހިއުމަން ރިސޯސް މެނޭޖްމަންޓަށް ސިޓީއަކުން ހުށަހެޅުއްވުމަށް ދެންނެވީމެވެ. އީމެއިލް ކުރައްވާނަމަ [email protected] އަށް އީމެއިލް ކުރެވުމަށް ދެންނެވީމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް  3023399 އަށް ގުޅުއްވުން އެދެމެވެ.

                             08 ޖުލައި 2018 

08 ޖުލައި 2018