ވަޒީފާގެ ފުރުޞަތު
ނަންބަރު: GS191/IU/201805
ޕަބްލިޝްކުރި ތާރީޚް: 08 ޖުލައި 2018
ޕަބްލިޝްކުރި ގަޑި: 10:12
ސުންގަޑި: 15 ޖުލައި 2018 14:00
މުކުރިމަގު ސްކޫލް، ލ. ގަން
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

މި އިޢުލާންވަނީ 08 ޖުލައި 2018 12:15 ގައި ބާތިލް ކުރެވިފައެވެ.


މަޤާމް :އެޑްމިނިސްޓަރޭޓިވް އޮފިސަރ
ބޭނުންވާ އަދަދު :1

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމު:

J-288341

މަޤާމު ނަންބަރ

01 (އެކެއް)

ބޭނުންވާ ޢަދަދު

ދާއިމީ

މަޤާމުގެ ގިންތި

ޖީ.އެސް 3

މަޤާމުގެ ރޭންކް

އޮފިސަރ ގްރޭޑް 1

މަޤާމުގެ ކްލެސިފިކޭޝަން

އިދާރީ

ޑިޕާޓްމަންޓް/ ސެކްޝަން

މުކުރިމަގު ސްކޫލު، ލ. ގަން

މަޤާމު އޮތް އޮފީސް

މުކުރިމަގު ސްކޫލު، ލ.ގަން

ވަޒީފާ އަދާކުރަންޖެހޭ ތަން

-/4465

މުސާރަ

-/1500

ސަރވިސް އެލަވަންސް

1. ސަޕޯޓިންގ ކޯ އެލަވަންސް (މަހަކު -/700 )

2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް

3. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ޕެންޝަން ކޮންޓްރިބިއުޝަން

4. ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

އިތުރު އިނާޔަތްތައް:

 

  1. އޮފީސް ހުޅުވާލެއްޕުން
  2. ސްކޫލުގެ ބަޖެޓް ފައިސާއާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް މާލިއްޔަތުގެ ގަވައިދާ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތީން ކުރުން
  3. މުވައްޒަފުންގެ މުސާރައާއި ގުޅިގެން ކުރަންޖެހޭ އެންމެހާ މާލިއްޔަތުގެ ގަވައިދުގައިވާ ގޮތުގެ މަތީން ކުރުން
  4. ފައިސާއާއި ގުޅިގެން ފޮނުވަންޖެހޭ އެންމެހާ ރިޕޯޓްތައް ތައްޔާރުކޮށް ކަނޑައެޅިފައިވާ ތާރީޚްތަކަށް ފޮނުވުމާއި، ސްކޫލުން އެކިފަރާތްތަކަށްފޮނުވާ ފައިސާއާއި، އެކި ފަރާތްތަކަށް ދަށްކަންޖެހޭ ބިލްތައް ދެއްކުމާއި، ސްކޫލަށް އެކިފަރާތްތަކުން ދަށްކާ ފައިސާ ބަލައިގަތުމާއި، ފައިސާއާއި ގުޅުންހުރި ލިޔެކިޔުންތަކުގެ ރެކޯޑް ބަލަހައްޓާ ފައިލްކުރުން
  5. ސްކޫލުގެ ޢިމާރާތްތަކާއި ތަކެތީގެ (ކަބަޑް،މޭޒު،ލޮކަރު،ފައިލިންގކެބިނެޓް) ތަޅުދަނޑިތައް ބެލެހެއްޓުމާއި ތަޅުދަނޑިތަކުގެ ރަޖިސްޓްރީ ބެލެހެއްޓުން
  6. ސްކޫލުގެ ޢިމާރާތްތަކާއި، ހަރުމުދަލަށްލިބޭ ގެއްލުންތައް، ކަމާގުޅޭ މުވައްޒަފުންނާ މަޝްވަރާކޮށްގެން މަރާމާތުކުރެވޭނެ އިންތިޒާމް ހަމަޖެއްސާ އެކަންކަން ބެލެހެއްޓުން
  7. ބެލެނިވެރިންނާއި މުދައްރިސުންގެ ޖަމިއްޔާގެ ފައިސާގެ ކަންތައްތައް ކަމާގުޅޭ މުވައްޒަފުންގެ މަޝްވަރާގެ މަތީން މާލިއްޔަތުގެ ގަވައިދާ، ގާނޫނާ އެއްގޮތްވާ ގޮތުގެމަތީން ކުރުން
  8. މަސައްކަތު މުވައްޒަފުންގެ މަސައްކަތް ބަލަހައްޓާ ވިލަރެސްކުރުމާއި މަސައްކަތު ފެންވަރު ބެލުމުގެ އެންމެހާ މަސައްކަތްކުރުން
  9. ސްކޫލުގެ ފަރާތުން ބާއްވާ މުބާރާތްތަކާއި، ރަސްމިއްޔާތުތައް އިންތިޒާމް ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:    

 

 ފައިނޭންސް، އެކައުންޓިންގ

 

ސާނަވީ ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލި ބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން

 

ދާއިރާ

 

މަޤާމުގެ ޝަރުތުތައް

ތަޢުލީމާ ތަމްރީނު، މަސައްކަތުގެ ތަޖުރިބާ އަދި މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލު ކަމާއި ސިފަތައް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް

ބަލާނެކަންތައްތައް

 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް، މުކުރިމަގު ސްކޫލުގެ އޮފީހުން ލިބެންހުންނާނެއެވެ. އަދި ސިވިލްސަރވިސް ކޮމިޝަނުގެ  www.csc.gov.mv ގެ ވެބްސައިޓުން މި ފޯމް ޑައުންލޯޑްވެސް ކުރެވޭނެއެވެ.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު/ ސީވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ އަދި ލިޔެފައިވާ ލިޔުންތައް ކިޔަންއެނގޭފަދަ ސާފު ކޮޕީއެއް
  4. ސިވިލް ސަރވިސް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ (ރާއްޖޭގައި   ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގުރާމްތަކުގެ ފެންވަރުބަލާފައިވާ ސަނަދުތަކާއި ރާއްޖޭންބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރުބަލާފައިވާ ސަނަދުތައް ނުވަތަ ކޯސްފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސަނަދު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރަށްވާފައިވާ ލިޔުމުގެ ކޮޕީ

    (ށ)  ސިވިލްސަރވިސް ޓެރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސަނަދުތަކުގެ ކޮޕީ

 .6ފުރިހަމަކޮށްފައިވާ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސަނަދުތަކުގެ ކޮޕީ

 .7ސިވިލްސަރވިސް ވަޒީފާއަށްވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެގޮތުން ސިވިލްސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓްފިކެޓްގެ ކޮޕީ

 .8   މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ

 (ހ) ސިވިލްސަރވިސް އިން ބޭރުގެ ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް  ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން

    (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ  ވަޒީފާ އަދާކުރި ކުއްދަތާއި ކުރި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން

މަޤާމަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބަލާނެ ކަންތައްތައް

  • ޙާސިލު ކޯށްފައިވާ ތަޢުލީމާ ތަމްރީނަށް ބަލައިގެން
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން
  • ޤާބިލުކަން ކަށަވަރު ކުރުމަށް އިންޓަރވިއުކޮށްގެން
  • ކޮމްޕިއުޓަރަށް އަހުލުވެރި ވެފައިވާ މިންވަރަށް ބަލައިގެން

މަޤާމަށް އެދެންވީ ގޮތާޢި ސުންގަޑި

  • ވަޒީފާއަށް އެދި ހުށަހަޅާންޖެހޭ ތަކެތި ހުށަހަޅާނީ، ލ. ގަމު މުކުރިމަގު ސްކޫލުގެ އޮފީހަށެވެ.
  • މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2018 ޖުލައި 15 ވާ (އާދީއްތަ) ދުވަހުގެ 14:00ގެ ކުރިން ލ. ގަމު މުކުރިމަގު ސްކޫލުގެ އޮފީހަށެވެ.
  • ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލްމެދުވެރިކޮށް ބަލައިގަނެވޭނެއެވެ.
  • އީމެއިލް އެޑްރެސް: [email protected] (އީމެއިލް މެދުވެރިކޮށް ފޮނުވާ އެޕްލިކޭޝަން ފޯމް އޮފީހަށް ލިބުނުތޯ ޔަޤީންކުރުމަކީ އެޕްލިކޭޝަން ހުށަހަޅާފަރާތުގެ ޒިންމާއެކެވެ.
  • އެޕްލިކޭޝަންފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެ އެޕްލިކޭޝަން ބާތިލުކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު

  • މި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ 2018 ވަނަ އަހަރުގެ ޖުލައި 17-19 އާއި ދެމެދުގެ ތާރީޚެއްގައި ލ. ގަމު މުކުރިމަގު ސްކޫލުގައެވެ.
  • މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން އެ ތާރީޚުތަކުގައި އިންޓަވިއުއަށް ޙާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ، ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

         މި ޢިޢުލާނާގުޅިގެން މަޢުލޫމާތު ސަފުކުރަން ބޭނުންވާ ފަރާތްތަކުން މި ސްކޫލުގެ 7970739 ނަންބަރު ފޯނަށް ގުޅުއްވުންއެދެމެވެ. އީމެއިލް ކުރާނީ [email protected] އަށެވެ.

08 ޖުލައި 2018