ޢާންމު މަޢުލޫމާތު
ނަންބަރު: 266-B/2013/61
ޕަބްލިޝްކުރި ތާރީޚް: 15 ޑިސެންބަރު 2013
ޕަބްލިޝްކުރި ގަޑި: 14:48
ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރޯހައުސްތަކަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ފޯމުތައް ބާޠިލްކުރުމާބެހޭ

ތިރީގައި ދަންނަވާފައިވާ ސަބަބުތަކަށްޓަކައި، ހދ. ކުޅުދުއްފުށީގައި އިމާރާތްކުރާ ރޯހައުސްތައް ހޯދުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅުއްވާފައިވާ ފޯމުތައް ކެންސަލްކޮށް، ރޯހައުސް ހޯދުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު އަލުން ހުޅުވާލުމަށް ނިންމަވާފައިވާކަމަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުން އަންގަވައިފިއެވެ.

1 – ރޯހައުސް ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމަށް ދޫކޮށްފައިވާ ފޯމާއެކު ދޫކޮށްފައިވާ ލީފްލެޓްގައި 125 ރޯހައުސްއަށް ފުރުޞަތު ހުޅުވާލާފައި ވީނަމަވެސް މިހާރު ކުޅުދުއްފުށީގައި 165 ރޯހައުސް އިމާރާތް ކުރެވެމުން ދިއުން.

2 – ރޯހައުސް ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމަށް ދޫކޮށްފައިވާ ފޯމާއެކު ދޫކޮށްފައިވާ ލީފްލެޓްގައި ރޯހައުސްއަކަށް ދައްކަންޖެހޭ ޑައުންޕޭމަންޓާއި މަހުން މަހަށް ދައްކަންޖެހޭ ފައިސާގެ ޢަދަދަށް ސަރުކާރުން މިހާރު ބަދަލުގެންނަވާފައިވުން.

                  މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުން އެންގެވިހާ އަވަހަކަށް އަލުން ރޯހައުސްތަކަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލެވޭނެ ވާހަކަ ދަންނަވަމެވެ.

                  މިހެންވެ މިކަން ޢާންމުކޮށް އެންގުމުގެ ގޮތުން އިޢުލާން ކުރީމެވެ.

                  12 ޞަފަރު   1435 ހ.

15 ޑިސެންބަރު 2013