ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)298/298/2018/34
ޕަބްލިޝްކުރި ތާރީޚް: 05 ޖުލައި 2018
ޕަބްލިޝްކުރި ގަޑި: 15:08
ސުންގަޑި: 17 ޖުލައި 2018 14:00
މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާ ގެ ފުރުސަތު (އެޑްމިނިސްޓްރޭޓިވް އޮފިސަރ)

އިޢުލާން

 

މަޤާމް:                    އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު:            J-229356

ބޭނުންވާ ޢަދަދު:              01 (އެކެއް)

މަޤާމުގެ ގިންތި:              ދާއިމީ  

މަޤާމުގެރޭންކް:               ޖީ. އެސް. 4   

މަޤާމުގެކްލެސިފިކޭޝަން:         އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަންޖެހޭ އޮފީސް/އިދާރާ:  އަލިފުށީ ކައުންސިލްގެ އިދާރާ

މުސާރަ:                   5020.00 ރުފިޔާ

ސަރވިސް އެލަވަންސް:          1500.00 ރުފިޔާ

އެހެނިހެން އެލަވަންސް: ސަޕޯޓިންގ ކޯއެލަވަންސް: 700.00 ރުފިޔާ 

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް:  

  1. އިދާރާއާއި އިދާރާގެ ދަށުގައިވާ ޢިމާރާތްތަކާއި ތަންތަނުގެ އިންވެންޓްރީ ފުރިހަމަކޮށް ބެލެހެއްޓުން.

  2. ހަރުމުދަލުގެ ރަޖިސްޓްރީ ބެލެހެއްޓުން.

  3. މުވައްޒަފުންގެ މުސާރަޝީޓް ތައްޔާރުކުރުން.

  4. ފައިސާ ބަލައިގަތުން

  5. ބިލްތަކަށް ފައިސާ ދެއްކުން

  6. ކައުންސިލްގެ ސެކްރެޓޭރިއެޓް ބެލެހެއްޓުން

  7. އިދާރާއިން ބަލަހައްޓަމުންގެންދާ ސްޓޮކްތައް ފުރިހަމަކޮށް ބެލެހެއްޓުން.

  8. އިދާރާއަށް ހޯދަން ބޭނުންވާ ތަކެތި ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.

  9. ދީނީގޮތުންނާއި ޤައުމީގޮތުން ފާހަގަކުރަންޖެހޭ ދުވަސްތަކާއި މުނާސަބަތުތައް ފާހަގަކުރުމާއި،  ދީނީ އަދި ޤައުމީ އިޙްތިފާލުތައް ބޭއްވުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.

  10. ފިހާރަ، ހޮޓާ، ކެންޓީން، ރެސްޓޯރަންޓް، ކެފޭ ފަދަ ތަންތަނުގެ ހުއްދަދޫކުރުމާއި ބާތިލްކުރުމުގެ ކަންކަންކުރުން.

  11. ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ މަސައްކަތް ކުރުން.

  12. ވޯކްވިސާއާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައްކުރުން.

  13. އުފަންވާ ކުދިންނާއި މަރުވާމީހުންގެ ރެކޯޑްބެލެހެއްޓުމާގުޅޭ އެންމަހައި މަސައްކަތްތައް ކުރުން.

  14. ރަށްވެހިންގެ ރަޖިސްޓްރީއާ ގުޅޭ އެންމެހައި މަސައްކަތްތައް ކުރުން.

  15. އުފަންދުވަހުގެ ރަޖިސްޓްރީ އާއި އުފަންދުވަހުގެ ސެޓްފިކެޓްހެދުމާބެހޭ މަސައްކަތްތައް ކުރުން.

  16. ރަށްވެހިނުވެ ރަށުގައި ދިރިއުޅެމުންގެންދާ މީހުންނާބެހޭ ރަޖިސްޓްރީއެއް އެކުލަވާލައި ބެލެހެއްޓުން.

  17. ރަށުގައި އުޅޭ ބިދޭސީންގެ ދަފްތަރު އެކުލަވާލައި އަޕްޑޭޓްކޮށް ބެލެހެއްޓުން.

  18. ވޯޓުޙައްޤުވާ މީހުންގެ ރަޖިސްޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން.

  19. އިންތިޚާބުތައް ބޭއްވުމަށްޓަކައި ކުރަންޖެހޭ އިދާރީ އިންތިޒާމްތައް ހަމަޖެއްސުން.

  20. ގޭބަންދުގައި ވާ މީހުނާއި، އަރުވާލާ މީހުންނާ ބެހޭ އެންމެހައި ކަންތައްތައް ކުރުން.

މަޤާމުގެ ޝަރުތުތައް

  1. ''ސާނަވީ" ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން '' ޑީ " ގްރޭޑް ލިބިފައިވުމާއިއެކު، އޭގެ އިތުރުން '' ސެކަންޑަރީ ސްކޫލް' ނުވަތަ "ހަޔަރ ސެކަންޑްރީ ސްކޫލް" ސެޓްފިކެޓް  އިމްތިޙާނުގައި ''ދިވެހި'' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން އަދި މަޤާމުގެ މަސައްކަތުގެ ދާއިރާއިން މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާލިބިފައިވުން.

ނުވަތަ

  1. 'މަތީ ސާނަވީ ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ؛ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި ' ދިވެހި ' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ނުވަތަ

  1. ބިޒުނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ބިޒުނަސް މެނޭޖްމަންޓް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަން ގެ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:  

1 ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (މިފޯމް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުންނާއި ، މިކައުންސިލްގެ ކައުންޓަރުން) ލިބެންހުންނާނެއެވެ.

2 ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު: (ގުޅޭނެ ފޯން ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3 ވަޒީފާއަށް އެދޭފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތުހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

4 ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒިފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5 ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކަކުން ދޫކޮއްފައިވާ   ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސްފުރިހަމަ ކުރިކަމުގެ ލިޔުމާއިއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި   ފެންވަރެއްގައި ޤަބޫލްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮއްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސްފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީ،  

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީން ސެޓްފިކެޓުތަކުގެ ކޮޕީ،                       

7. ސިވިލް ސާވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓުގެ ކޮޕީ        

8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ :                                                        

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރުގެ ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮއްފައިވާ ލިޔުން.                                                                                  

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ  ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.                                                                                                                           

ވަޒީފާއަށް އެންމެ ޤާބިލުފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ވަޒީފާއަށް އެންމެ ޤާބިލުފަރާތެއް ހޮވުމަށް ތައުލީމީފެންވަރު، މަސައްކަތުގެ ތަޖުރިބާ އަދި އިންޓަރވިއުއަށް ބެލޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި: މިމަޤާމަށް އެދި ހުށަހަޅަންޖެހޭ އެންމެހާތަކެތި ހުށައަޅާނީ 17 ޖުލައި 2018 ވަނަ ދުވަހުގެ 14:00 ގެކުރިން އަލިފުށީކައުންސިލްގެއިދާރާއަށެވެ. ވަޒީފާއަށް އެދޭފޯމާއި ލިޔުންތައް [email protected] ށް ފޮނުވުމުންވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދުދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭފޯމް ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 26 ޖުލައި 2018 ވަނަ ދުވަހުގެރޭ 8:30 ގައި އަލިފުށި ކައުންސިލްގެ އިދާރާގައެވެ.

ޝޯޓް ލިސްޓްކުރުން: މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ޝަރުޠުފުރިހަމަވާ ހުރިހާފަރާތްތަކަށް އިންޓަވިއުއަށް ދެންނެވޭނެއެވެ.

        މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފްކުރުމަށް ގުޅުއްވާނީ މިއިދާރާގެ ފޯނު ނަންބަރު 6580021 އަށެވެ.

            21 ޝައްވާލު      1439

            05  ޖުލައި       2018

05 ޖުލައި 2018