ޢާންމު މަޢުލޫމާތު
                	
                ނަންބަރު: (A) EA-2013/797
                    ޕަބްލިޝްކުރި ތާރީޚް: 17 ޑިސެންބަރު 2013
                    ޕަބްލިޝްކުރި ގަޑި:  14:43
                    
                އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ލޯކަލް ކައުންސިލް އިންތިޚާބު 2014 އަށް ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓު ދާއިރާތަކާއެކު އާންމު ކުރުން
                                2014 ޖަނަވަރީ 18 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓު ދާއިރާތަކާއެކު އާންމުކޮށްފީމެވެ. މި ލިސްޓު ކޮމިޝަނުގެ ވެބްސައިޓް (www.elections.gov.mv) ގައްޔާއި އަތޮޅުތަކުގައްޔާއި އައްޑޫ ސިޓީގައި ޤާއިމްކުރެވިފައިވާ އިލެކްޝަންސް ކޮމިޝަނުގެ އަތޮޅު ޔުނިޓުތަކުގައްޔާއި އައްޑޫ ސިޓީގެ އަވަށު އޮފީސްތަކުގައްޔާއި މާލެ ފިޔަވައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ކައުންސިލްގެ އިދާރާތަކުގައި ޢާއްމުކޮށް ފެންނަންހުންނާނެއެވެ.
މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.
14 ޞަފަރު 1435
                17 ޑިސެންބަރު 2013