މަޤާމް: އޮޑިޓަރ
|
ބޭނުންވާޢަދަދު: 01 (އެކެއް)
|
ކުލެސިފިކޭޝަން: MS2
|
އަސާސީ މުސާރަ: -/6,295ރ
|
ސަރވިސް އެލަވަންސް:-/2,000ރ
|
ނޮންޕްރެކްޓިސިންގ އެލަވަންސް: އަސާސީ މުސާރައިގެ %35
|
އުޖޫރަޔާއިޢިނާޔަތްތައް
|
- ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
- ޕްރޮބޭޝަންގެ މުއްދަތު (3 މަސްދުވަސް) ހަމަވުމުން ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު-/3,000 (ތިން ހާސް) ރުފިޔާ ދެވޭނެއެވެ.
|
މަޤާމުގެ ޝަރުތުތައް
|
މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،
- މަޤާމުގެ މަސްއޫލިއްޔަތާއި ގުޅޭދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު ދަށްވެގެން ސާނަވީ އިމްތިހާނުން "ދިވެހި" މި މާއްދާއިން "ސީ" ނުވަތަ އެއަށްވުރެ މަތީ ގްރޭޑް ލިބިފައިވުން.
ނުވަތަ
- މަޤާމުގެ މަސްއޫލިއްޔަތާއި ގުޅޭދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު ދަށްވެގެން ސާނަވީ އިމްތިހާނުން "ދިވެހި" މި މާއްދާއިން "ސީ" ނުވަތަ އެއަށްވުރެ މަތީ ގްރޭޑް ލިބިފައިވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން 1 އަހަރުގެ ތަޖްރިބާ ލިބިފައިވުން.
ނުވަތަ
- މަޤާމުގެ މަސްއޫލިއްޔަތާއި ގުޅޭދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު ދަށްވެގެން ސާނަވީ އިމްތިހާނުން "ދިވެހި" މި މާއްދާއިން "ސީ" ނުވަތަ އެއަށްވުރެ މަތީ ގްރޭޑް ލިބިފައިވުމާއި އެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން 2 އަހަރުގެ ތަޖްރިބާ ލިބިފައިވުން.
ނޯޓް: މި މަޤާމަށް ކަނޑައެޅިފައިވާ ޝަރުތު ތަކުގައި ހިމެނޭ ސަނަދުތަކަށްވުރެ މަތީސަނަދެއް ހާސިލުކޮށްފައިވާ ފަރާތެއްނަމަ އޯވަރ ކޮލިފައިޑް ކަމަށް ކަނޑައެޅޭނެއެވެ.
|
އެހެނިހެން ޝަރުތު
|
- އުމުރުން 55 އަހަރު ފުރިފައިނުވުން.
- ދައުލަތުގެ އެއްވެސް މަޤާމަކުން މުސްކުޅިކޮށްފައިވާ މީހެއް ކަމުގައި ނުވުން.
- ވަޒީފާއަށް ކުރިމަތިލާ ފަރާތަކީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑުގެ މެންބަރެއް، ސީއީއޯ ނުވަތަ މުވައްޒަފެއްގެ މަންމައަށް، ބައްޕައަށް،ދަރިއަކަށް،އަންބަކަށް،ފިރިއަކަށް،އެއްބަނޑު އެއްބަފާ މީހަކަށް، އެއްބަނޑު މީހަކަށް ނުވުން.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް
|
- ކައުންސިލްތަކުގެ ފައިސާ އާއި ބެހޭ ޕޮލިސީތައް ކަނޑައެޅުމާއި އިންޓަރނަލް ފައިނޭންސް އޮޑިޓް ޕްރިސީޖަރ ތައްޔާރުކުރުމާއި، ކޮންޓްރޯލްސްތައް ގެންގުޅެވޭނެ ނިޒާމެއް ޤާއިމްކުރުން.
- ކައުންސިލްތައް ހިނގާނުހިނގާ ގޮތް ބެލުމަށްޓަކައި ކައުންސިލްތައް އޮޑިޓްކޮށް ބަލަންޖެހޭ ތަފާތު ބެލުންތައް ބަލައި، ކަމާއިގުޅޭ ރިޕޯރޓް ތައްޔާރުކުރުމަށް އެހީތެރިވުން.
- ސަރުކާރުގެ އިދާރާތަކުންނާއި މުއައްސަސާތަކުންނާއި މަދަނީ ޖަމިއްޔާ ޖަމާޢަތްތަކުން އެލް.ޖީ.އޭ މެދުވެރިކޮށް ހިންގަން ހަވާލުކުރާ މަޝްރޫޢުތަކުގެ ފައިނޭންޝަލް އޮޑިޓިންގ ހެދުމަށް އެހީތެރިވެދިނުން.
- އެލް.ޖީ.އޭގެ ފަރާތުން ކައުންސިލްތަކަށް އަމާޒުކޮށްގެން ހިންގާ އެކިއެކި ތަމްރީން ޕްރޮގްރާމްތަކާއި ވޯކްޝޮޕްތަކުގައި ޢަމަލީ ގޮތުން ބައިވެރިވުމާއި، ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
- ކަނޑައަޅާފައިވާ ޝެޑިއުލާއި އެއްގޮތަށް އޮފީސް ހުޅުވާ ލެއްޕުން.
|
މަތީގައިވާ މަޤާމަށް މީހަކު ހޮވުމުގައި ބަލާނޭ ކަންކަން
|
- މަތީގައިވާ މަޤާމަށް މީހަކު ނެގުމުގައި މިދާއިރާގައި މަސައްކަތްކޮށް ތަޖްރިބާ ލިބިފައިވާ ފަރާތަކަށާއި، ދިވެހިބަހާއި އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތްކުރުމުގެ ހުނަރު ލިބިފައިވާ، އަދި ބޭނުންވެއްޖެ ޙާލަތްތަކުގައި ރާއްޖޭގެ ރަށްރަށާއި ރާއްޖެއިން ބޭރަށް ކުރަންޖެހޭ ދަތުރުތައް ކުރެވޭ މީހަކަށް އިސްކަންދެވޭނެއެވެ.
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތައް ނުވަތަ ކޯސް ނިންމިކަމުގެ ލިޔުމުގެ އެޓެސްޓް ކުރެވިފައިވާ ކޮޕީ.
- ހުށަހަޅާ ސެޓްފިކެޓްތަކުގެ ޓްރާންސްކްރިޕްޓުގެ އެޓެސްޓް ކުރެވިފައިވާ ކޮޕީ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
- މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- މަސައްކަތު ތަޖުރިބާގެ ލިޔުންތައް.
ނޯޓް:
- ހުށަހަޅާ ސެޓްފިކެޓްތަކަކީ ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކެއް ކަމުގައިވާނަމަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވެލް ކަނޑައަޅާފައިވާ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމަކަށް ވާންވާނެއެވެ.
- (ވަޒީފާއަށް އެދޭ ފޯމާއިއެކު ހުށަހަޅާ ލިޔުންތަކަކީ އަސްލާއެއްގޮތްކަމަށް ސަރުކާރުގެ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލު /ޤާނޫނީ ވަކީލެއްގެ އޮފީހުން އެޓެސްޓުކޮށްފައިވާ ލިޔުންތަކަކަށް ވާންޖެހޭނެއެވެ. އަދި ޖީސީއޯލެވެލް، އެސް.އެސް.ސީ އަދި ޖީ.ސީ.އީ އޭލެވެލް އާއި އެޗް.އެސް.ސީ ފަދަ ސެޓްފިކެޓްތަކާއި ނަތީޖާ ސްލިޕްތައްވެސް އެޓެސްޓްކުރެވިފައި ހުންނަން ޖެހޭނެއެވެ. އެޓެސްޓު ކޮށްފައިހުންނަ ލިޔުންތަކުގައި އެޓެސްޓު ކުރި ތާރީޚާއި އެޓެސްޓު ކުރި ފަރާތުގެ ނަމާއި މަޤާމު އަދި ސޮޔާއިއެކު، އެޓެސްޓް ކުރީ ކޮން އިދާރާއެއް ނުވަތަ ކޮން ފަރާތެއްކަން އެޓެސްޓްކުރާ ތައްގަނޑުގައި ޖަހާފައި އޮންނަން ވާނެއެވެ.
- މަސައްކަތު ތަޖުރިބާ ލިޔުމުގައި އެތަނެއްގައި ވަޒީފާ އަދާކުރި މުއްދަތާއި މަޤާމުގެ މަސްއޫލިއްޔަތުގެ އިތުރުން ވަޒީފާ އަދާކޮށްފައިވާ ގޮތް އެނގޭނެފަދަ ރަސްމީ ލިޔުމެއްކަމުގައި ވާންވާނެއެވެ. އަދި ސަރުކާރު ނުވަތަ ސަރުކާރު ޙިއްސާވާ ކުންފުންޏެއް ނޫން ތަނެއްގެ ލިޔުމެއް ހުށަހަޅާނަމަ އެތަނެއްގެ މުވައްޒަފުންގެ އަދަދު ލިޔުމުގައި ހިމެނެންވާނެއެވެ.
|
ސުންގަޑި
|
- މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން މަތީގައިވާ ލިޔުންތަކާއިއެކު 2018 ޖުލައި 12 ވާ ބުރާސްފަތި ދުވަހުގެ 14:30 ގެ ކުރިން މި އޮތޯރިޓީއަށް ހުށަހެޅުއްވުން އެދެމެވެ.
|
އިތުރު މަޢުލޫމާތު
|
- ވަޒީފާއަށް އެދޭ ފޯމު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:00 އިން 15:00 އަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެޓޯލް ޕޯސްޓް ބިލްޑިން، ގްރައުންޑު ފްލޯ) އިންލިބެން ހުންނާނެއެވެ. އަދި މި އޮތޯރިޓީގެ ވެބްސައިޓް www.lga.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.
- މި ވަޒީފާތަކަށް އެދި ހުށަހަޅާ ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަކަށްވުރެ ގިނަ ނަމަ އިންޓަވިޔު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ 10 ފަރާތަކާއި އެވެ.
- ފޯމުގައިވާ ހުރިހާ ބައިތައް ފުރިހަމަކުރަންވާނެއެވެ. އަދި ފޯމު ފުރާފައި ހުންނަންވާނީ ދިވެހި ބަހުންނެވެ.
- ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ ފޯމުތަކާއި މައުލޫމާތާއި ލިޔެކިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލުކުރެވޭނެއެވެ.
- އިތުރު މަޢުލޫމާތު މި އޮތޯރިޓީގެ ނަންބަރު 3006724 އިން ސާފުވާނެއެވެ.
|